ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު އަހްމަދު މުހައްމަދު ސޯލިހް، 55، މިއަދު އަވަހާރަވެއްޖެ އެވެ.
އާއިލާގެ ބޭފުޅަކު "އަދަދު"އަށް ވިދާޅުވީ ދުބާއީގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އަހްމަދު އަވަހާރަވީ ހާޓްއެޓޭކެއްގައި ކަމަށް ބެލެވޭ ކަމަށެވެ. މިދިޔަ އެޕްރީލްމަހުން ފެށިގެން އޭނާ ގެންދަވަނީ ސީރިއަސް ބައްޔަކަށް ފަރުވާ ހޯއްދަވަމުންނެވެ.
"ހޮސްޕިޓަލުން ދޫކޮށްލުމުން އިއްޔެ ރަނގަޅަށް ހުރީ، އެކަމަކު ފަހުން ހާލު ގޯސްވީ،" އޭނާ ވިދާޅުވި އެވެ.

އެއްބަނޑު އެއްބަފާ ދެ ހާފިޒުންނާ އެކު އަހްމަދު (ވ) ހިންނަވަރުގައި.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާއިލާގެ 12 ބޭފުޅުން ތިއްބަވަ އެވެ. އޭގެތެރޭގައި ލޯފަން ތިން ހާފިޒުން ތިއްބަވާއިރު ލޯފަން އަހްމަދު ވެސް ހާފިޒުކަމުގެ ކޯސް ކުރިއަށް ގެންދެވި އެވެ. އެކަމަކު ދިމާވި ސިއްހީ މައްސަލައަކާ ހެދި ވަކި ހިސާބަކުން މެދުކަނޑާލައްވަން ޖެހިވަޑައިގަތީ އެވެ.
އާއިލާގެ ބައެއް ބޭފުޅުން އަހްމަދުގެ ޖަނާޒާއަށް މިއަދު ދުބާއީއަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.












