ރަޝިއާގެ ސަފީރު އަލުން އަނބުރާ އެމެރިކާއަށް

ރަޝިއާ ސަފީރު އެނެޓޮލީ އެންޓޮނޯވް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބޭރުގައި.-- ފޮޓޯ: ޓަސް/ ސާގީ ސަވޮސްތްޔަނޮވް

ރަޝިއާ ސަފީރު އެނެޓޮލީ އެންޓޮނޯވް އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ބޭރުގައި.-- ފޮޓޯ: ޓަސް/ ސާގީ ސަވޮސްތްޔަނޮވް

މޮސްކޯ، ރަޝިއާ (ޖޫން 20) - އެމެރިކާ އާއި ރަޝިއާގެ ރައީސުން މިދިޔަ ހަފްތާގައި ބޭއްވި ބައްދަލުވުމުގައި އެއްބަސްވި ގޮތަށް ރަޝިއާގެ ސަފީރު އަނބުރާ އެމެރިކާއަށް ވަޑައިގެންފި އެވެ.

އެމެރިކާއާ އޮތް ގުޅުން ގޯސްވެ ސަފީރު އެނެޓޮލީ އެންޓޮނޮވް މިދިޔަ މާޗް މަހު ވަނީ މޮސްކޯއަށް ވަޑައިގެންފަ އެވެ. ނަމަވެސް މިއަދު ހެނދުނު އޭނާ ވަނީ އަލުން ވޮޝިންޓަނަށް ވަޑައިގެންފަ އެވެ.

"ދެ ރައީސުންގެ މެދުގައި ދެކެވުނު ވާހަކަތަކުން ނުކުމެފައިވާ ނަތީޖާއަށް ބަލާއިރު، އަޅުގަނޑަށް ފެންނަނީ ހަމަހަމަ އަދި އެއްބާރުލުންދެވޭ ގުޅުމެއް ދެ ގައުމުގެ މެދުގައި ބޭއްވިދާނެ ކަމަށް،" އާރްއައިއޭ ނޮވޮސްތީ ނިއުސް އޭޖެންސީއަށް އެންޓޮނޮވް ވިދާޅުވި އެވެ.

މިދިޔަ ބުދަ ދުވަހު ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންއާ ދެމެދު ބޭއްވި ބައްދަލުވުމަށް ފަހު އެއްބަސްވީ އަލުން ސަފީރުން ބޭތިއްބުމަށެވެ.

އެމެރިކާގެ އިންތިހާބަށް ނުފޫޒު ފޯރުވި ކަމަށާއި ސައިބަ ހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިއާ ކަމަށް ބައިޑެން ތުހުމަތު ކުރައްވާފައި ވާތީ، އޭގެ ކުރިން ދެ ގައުމުގެ ގުޅުން އޮތީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

ޕޫޓިންއަކީ "މީހުން މަރާ މީހެއްގެ" ގޮތުގައި ސިފަކުރެއްވުމުން އެންމެ ފަހުން ވޮޝިންޓަނުގައި ހުރި ސަފީރު އެންޓޮނޮވް އަނބުރާ މޮސްކޯއަށް ގެންދަން ނިންމި އެވެ. އަދި މޮސްކޯގައި ހުންނަ އެމެރިކާގެ ސަފީރު ޖޯން ސަލިވަން ވެސް އެމެރިކާއަށް ފޮނުވާލި އެވެ.

އެމެރިކާގެ އެމްބަސީގެ ތަރުޖަ،ާނު ޖޭސަން ރެބޯލްޒް ސަފީރު ސަލިވަންއާ ހަވާލަދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަރަށް އަވަހަށް މޮސްކޯއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox