ނަފްރަތުގެ ބިލުގެ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ނަފްރަތުގެ ބިބާ ގުޅިގެން ބޭއްވި ބައްދަލުވުން: އަދާލަތުގެ ޕާޓީއަށް ރައީސްގެ ޔަގީންކަން-- ފޮޓޯ: ރައީސް އޮފީސް

ނަފްރަތުގެ ބިބާ ގުޅިގެން ބޭއްވި ބައްދަލުވުން: އަދާލަތުގެ ޕާޓީއަށް ރައީސްގެ ޔަގީންކަން-- ފޮޓޯ: ރައީސް އޮފީސް

އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހެދުމާ ގުޅިގެން ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

ނަފްރަތުގެ ބިލާ މެދު އަދާލަތުގެ ޕާޓީގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެ ޕާޓީގެ އިސް ބޭފުޅުން މިއަދު ވަނީ ރައީސާ ބައްދަލުކުރައްވާފަ އެވެ.

އެ ބައްދަލުވުމަށްފަހު އަދާލަތު ޕާޓީން ބުނީ ނަފްރަތުގެ އަމަލެއް ހިންގުން ކުށަކަށް ހެދުމަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ބެހޭ ގޮތުން ރައީސާ މަޝްވަރާ ކުރެވުނު ކަމަށާއި، އެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

"މި ބިލު ގާނޫނަކަށް ވެގެން އަންނައިރު، ރައްޔިތުންނާއި ދީނީ އިލްމުވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވި،" އަދާލަތުން ބުންޏެވެ.

އިލްމުވެރިން ރައީސާ ބައްދަލު ކޮށްފައިވާއިރު، މަޖިލީހަށް ހުށަހެޅި އެ ބިލް އަނބުރާ ގެންދަން 101 އިލްވެރިޔަކު ސޮއި ކުރައްވައި ރައީސަށް ވަނީ ޕެޓިޝަނެއް ފޮނުވާފަ އެވެ.

ޕެޓިޝަނުގައި އިލްމްވެރިން ބުނެފައިވާ ގޮތުގައި، ބިލްގެ ސަބަބުން އިސްލާމްދީނާ ދެކޮޅަށް ހިންގާ ބޮޑެތި މުންކަރާތްތަކާއި ނުރަނގަޅު ގޯސް ކަންތައްތައް ނުކުރުމަށް އިލްތިމާސްކޮށް، އާންމުން ހޭލުންތެރިކުރުމަށް އިލްމްވެރިންނަށް އަދި އެހެން ފަރާތްތަކަށް ވެސް ހުރަސް އެޅިގެންދާނެ އެވެ.

ބިލްގެ ސަބަބުން ނުރަނގަޅު ނަތީޖާއެއް ނުނުކުންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި ނަަމަވެސް، އެހެން ބަޔަކަށް ސަރުކާރުގެ ބާރުތައް ލިބުމުން ބިލްގެ ޒަރިއްޔާއިން ނުރަނގަޅު ނަތީޖާތަކެއް ނުނެރޭނެ ކަމުގެ ޔަގީންކަން ހުދު ރައީސްއަށް ވެސް ނުދެއްވޭނެ ކަމަށް ޕެޓިޝަންގައިވެ އެވެ.

އެހެންވެ އެއްވެސް ބަޔަކަށް އެފަދަ ކަމެއް ކުރުމަށް މަގު ތަނަވަސްކޮށް ނުދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox