ހެކި ހޯދާފައި ހުރީ ގާނޫނާ ހިލާފަށް، ދައުވާ ފުރިހަމަނުކުރެވޭނެ: މަހްލޫފް

މަހްލޫފް: އޭނާ އެދިވަޑައިގަންނަވަނީ އަވަހަށް މައްސަލަ ނިންމަން. -- ފޮޓޯ/އަދަދު

މަހްލޫފް: އޭނާ އެދިވަޑައިގަންނަވަނީ އަވަހަށް މައްސަލަ ނިންމަން. -- ފޮޓޯ/އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ހެކި ހޯދާފައި ވަނީ ގާނޫނާ ހިލާފަށް ކަމަށާއި އެހެންވެ ދައުވާ ފުރިހަމަ ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިއަދު ވިދާޅުވެއްޖެ އެވެ.

މަހްލޫފްގެ މައްޗަށް ހިޔާނާތާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އުފުލީ ފުލުހުންނާއި އޭސީސީ އާއި އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން ޕީޖީ އޮފީސް ގުޅިގެން ހިންގާ ތަހުގީގަށް ފަހު އެވެ. މަހްލޫފަށް ދައުވާކޮށްދޭން އެދުނު މައްސަލައިގައި ބައެއް ކަންކަން ފުރިހަމަކުރަން ޕީޖީ އޮފީހުން އޭސީސީގައި ވަނީ އެދިފަ އެވެ.

އެ ކަންކަން ފުރިހަމަވުމުން ދައުވާކުރުމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވަނީ ވިދާޅުވެފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވައި މަހްލޫފް ފޭސްބުކްގައި ލިއުއްވި ގޮތުގައި، ދައުވާ އުފުލީ ތަހުގީގު ފުރިހަމަނުވަނީހެވެ. އެކަން ޔަގީންވަނީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އޭސީސީއަށް މިދިޔަ ބުރާސްފަތިދުވަހު ފޮނުވި ސިޓީން ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޑިއުޓީ ޕްރޮސެކިއުޝަން ޕޯޓަލް މެދުވެރިކޮށް ފުލުހުން އޭނާގެ މައްސަލަ ޕީޖީއަށް ހުށަހެޅި ކަމަށާއި އޭރު ވެސް އެންގީ ތަހުގީގު ފުރިހަމަކުރަން ކަމަށެވެ.

"އޭގެ ފަސް މަސް ފަހުން އޭސީސީން ހަމަ މައްސަލަ އޮތް ގޮތަށް އެއްވެސް އިސްލާހެއް ނުގެނެސް ފޮނުވީމާ އަނެއްކާވެސް ޕީޖީ އެންގެވީ ފުރިހަމަކުރަން،" މަހްލޫފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މައްސަލައިގައި ހެކި ހޯދާފައި ހުރީ ގާނޫނާ ހިލާފަށެވެ. އެހެންކަމުން ޕީޖީ ވިދާޅުވި ގޮތަށް ތަހުގީގު ފުރިހަމައެއް ނުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އަވަހަށް ގޮތެއް ނިންމަވާ ދެއްވުން،"

ޕީޖީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ދައުވާކުރަން މައްސަލައެއް ފޮނުވާ ހިސާބުން ޕީޖީ އޮފީހަށް މުހިއްމުވަނީ ކޯޓުގައި އެ މައްސަލަ ސާބިތުކުރެވޭވަރުގެ ހެކި ހުރިތޯ ބެލުން ކަމަށެވެ. އެއީ ކޯޓުން އަންނާނެ ސުވާލުތައް ތަސައްވަރު ކުރެއްވޭތީ ކަަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަހްލޫފަށް ދައުވާކުރަން އެދުނު މައްސަލައިގައި ވެސް ކަންތައްތަކެއް ފުރިހަމަކުރަން އެދުނީ އެހެންވެ އެވެ.

"އެ ކަހަލަ އިދާރީ ކަމެއް މިއުޅެނީ. ތަފްސީލަކަށް ދާކަށް ނެތިން," ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކުރަން ބޭނުންވޭ އަޅުގަނޑުމެންގެ މިސްޓޭކަކުން ވަކި އެއްޗެއް ހޯދިފައި ނެތިގެން ނުވަތަ ނުހޯދިގެން އެ ކަހަލަ އިދާރީ ކަމަކާ ގުޅިގެން މި ނިންމުމަށް ނުވަތަ ދައުވާކުރުމަށް, ނުވަތަ ކޯޓުން ސާބިތުނުވެ ހިނގައިދާނެތީ."

ބައެއް ކަންކަން ފުރިހަމަކުރަން އެންގީ ވަކި މީހެއްގެ މައްސަލައަކަށްވީތީތޯ ނޫސްވެރިންގެ ތަކުރާރުކޮށް ސުވާލުކުރުމުން ޝަމީމް ވިދާޅުވީ ވަކި މީހަކަށް ވީތީ ދައުވާކުރަން ނުވަތަ ނުކުރަން ނިންމައިފައެއް ނޯންނާނެ ކަމަށެވެ.

"ބައެއް ބޭފުޅުން ވިދާޅުވަނީ އަޅުގަނޑު ބިރުގަންނަނީއޭ. ކޮން ކަމަކާތޯ ބިރުގަންނަނީ،" އޭނާ ވިދާޅުވި އެވެ.

މަހްލޫފްގެ މައްޗަށް ދައުވާކޮށްދޭން އެދި ޕީޖީއަށް ފޮނުވުމަށް ފަހު އޭސީސީން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕްޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

މި ތުހުމަތު މަހްލޫފް ދޮގު ކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމްއެމްޕީއާރުސީ މައްސަލައިގައި ފެށުނީއްސުރެން އޭނާއާ މެދު އަމަލުކުރަމުން އައީ ޒާތީކޮށް ސިޔާސީ ގޮތުން ކަތިލާ ކަންބަޅިއެއްގެ ގޮތަށެވެ. އެކަން އެގޮތަށް ކުރަނީ ވެސް ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް ވިދާޅުވި އެވެ.

ދައުވާ އުފުލަން ފޮނުވުމާ އެކު މަހްލޫފް ވަނީ މަސައްކަތްތަކުން އެކަހެރިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox