ނަތީޖާ ނެރެވޭ ގާނޫނު ހަދައިދޭން އެދިވަޑައިގެންފި

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސެއިން ޝަމީމް މައުލޫމާތު ދެއްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ގާނޫނުތައް ހަދާއިރު، ދައުވާކުރެވި ޝަރީއަތުގެ މަރުހަލާތަކުގެ ތެރެއިން ނަތީޖާ ނެރެވޭނެ ގާނޫނުތައް ހެދުމުގެ މުހިއްމު ކަމަށް ޕްރޮސެކިޔުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އާއްމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭގޮތުން ބައެއް ސުވާލުތައް ޝަމީމަށް އަމާޒުވި އެވެ.

ދީނީ އިލްމުވެރިންނާއި އާއްމުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާ ބިލާ ގުޅޭގޮތުން ހިޔާލު ހުރި ގޮތެއް މިވަގުތު އާއްމުކޮށް ހާމަކުރެއްވުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވާނެ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އެ ބިލު މިހާރު ދިރާސާ ކުރަމުންދާ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ޕީޖީ އޮފީހުގެ ހިޔާލު ވެސް ހޯދަން އެދިފައިވާއިރު، އެ ބިލާ މެދު ސީދާ ދެކެވަޑައިގަންނަވާ ގޮތް އެ ސިޓީގައި ބަޔާންކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނެއް ދެންޏާ އެއަށް އަމަލު ކުރެވޭނެ، ނަތީޖާ ނެރެވޭނެ ޕްރެކްޓިކަލް ގާނޫނެއް ދޭށޭ،" އެ ބިލާ ގުޅޭގޮތުން ޝަމީމް ވިދާޅުވީ އެ މިންވަރަށެވެ.

ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނު މިސާލެއްގެ ގޮތުގައި ނަންގަވަމުން ޝަމީމް ވިދާޅުވި ގޮތުގައި ގާނޫނަކަށް ބަދަލު ގެންނަންޖެހޭނީ، ދައުލަތުގެ ވަކީލުން ކޯޓު މަރުހަލާގައި އެ ގާނޫނު ޓެސްޓުކޮށް، ނަތީޖާ ހާސިނުވަނީ ގާނޫނު އޮތް ގޮތުން ކަމަށްވާނަމަ އެވެ.

އެހެންކަމުން އެކަމާމެދު ވިސްނައި ގާނޫނުތައް ހަދާއިރު ނޫނީ ބަދަލު ގެންނައިރު، އަވަސް އަރުވާލުމުގެ ބަދަލުގައި ހުރިހާ ކޮޅަކުން ވިސްނަންޖެހޭ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ނަސްލީ ގޮތުން ކުރާ ކުށްތަކުގެ އަދަބު ބޮޑުވާންޖެހޭ

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެ މާއްދާގެ ދަށުން ވަކި ގައުމަކަށް ނިސްބަތްވާ މީހުންނަށް ފިޔަވަޅު އެޅުމަށް ހުރަސްއެޅިދާނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ ބައެއް ނަސްލުތަކުގެ މީހުންނަށް އަމާޒުކޮށް ރާއްޖޭގައި ވެސް އެކި ޒާތުގެ އަނިޔާތައް ދެވޭއިރު، އެ މާއްދާ އެގޮތަށް އޮތުން މުހިއްމު ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"ހަމައެކަނި ބަންގްލަދޭޝް މީހެއްގެ އަތުން ވައްކަން ކުރަނީ. މާރާމާރީ ހިންގަނީ. ސްރީލަންކާ މީހުން ގަޔަކު ނުޖަހައި. ދިވެހިން ގަޔަކު ނުޖަހައި. ބަންގްލަދޭޝް މީހަކު ފެންނައިރަށް ގޮސް ތަޅައިގަންނަނީ. އެހެންވީމާ އޭނާގެ ނުރައްކާތެރިކަން އެހެރީ ވަކި ގައުމަކަށް ވީތީ ވަކި ނަސްލަކަށް ވީތީ ނަފުރަތެއް އުފެދިގެން ނޫން ބާއޭ. އެހެންވީރު އޭނާއަށް ލިބޭ އަދަބު ބޮޑުވާންޖެހޭ ނޫންހޭ،" ޝަމީމް ވިދާޅުވި އެވެ.

ބޭރުގެ ބައެއް ގައުމުތަކުގައި ވެސް އެކަން އެގޮތަށް އޮންނަ ކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ އެބައި ގާނޫނުލްއުގޫބާތުގައި ވަކިން ނުހިމަނައި ވެސް މަގުސަދު ހާސިލު ކުރެވޭނެ މަގު އެބަ އޮތް ކަމަށެވެ.

އެގޮތުން، ވަކި ކުށަކަށް ދެވޭ އަދަބެއްގެ ބަދަލުގައި، ނަސްލީ ތަފާތު ކުރުމެއްގެ ތެރެއިން ކުރެވޭ ކޮންމެ ކުށެއްގެ އަދަބު ވެސް ބޮޑުވާ ގޮތަށް ހިމެނިދާނެ ކަމަށް ޕީޖީ ހުށަހެޅުއްވި އެވެ.

"އަޅުގަނޑުމެން ސާބިތުކޮށްދޭންވީ ދައުވާ ކުރާ މީހާ ކުށް ކުރީ ވަކި ނަސްލަކަށް ވީތީއޭ. އެކަން އަޅުގަނޑުމެންނަށް ސާބިތުކޮށްދެވެންޏާ އަދަބު ބޮޑުވާންވީއޭ. އޭރުން އެކަން ފެތޭނެ ހުރިހާ ބާވަތެއްގެ ކުށަކަށް،" ޝަމީމް ވިދާޅުވި އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާ އެ ބިލު އަނބުރާ ގެންދިޔުމަށް ސަތޭކައަށް ވުރެ ގިނަ ދީނީ އިލްމުވެރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިފައިވާއިރު، އެ ބިލު ފާސްކޮށް ދިނުމަށް އެދި ވެސް ޕެޓިޝަނެއް ތައްޔާރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ޕީޖީގެ އިތުރުން، ހިއުމަން ރައިޓްސް ކޮމިޝަނާއި އިސްލާމިކް މިނިސްޓްރީގެ ހިޔާލު ހޯދަން ކޮމިޓީން ނިންމާފައިވާއިރު، އާއްމުންގެ ހިޔާލަށް ވެސް އެ ބިލު ވަނީ މަޖިލީހުން ހުޅުވާލައިފަ އެވެ.

ކޮމިޓީން މިހާރު ނިންމާފައިއޮތީ، މި ހަފްތާ ތެރޭގައި ބިލު ދިރާސާކޮށް ނިންމައި އަނބުރާ ތަޅުމަށް ފޮނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox