އިރާނުގައި ހުންނަ ޔޫކޭގެ ސަފީރު ހާޒިރުކޮށްފި

ހުކުރު ދުވަހު ބޭއްވި އިރާނުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

ހުކުރު ދުވަހު ބޭއްވި އިރާނުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުން ކުރިއަށް ދަނީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

ތެހްރާން، އިރާން (ޖޫން 19) - މިދިޔަ ހުކުރު ދުވަހު ކުރިއަށް ދިޔަ އިރާނުގެ ރިޔާސީ އިންތިހާބުގައި އިނގިރޭސި ވިލާތުގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނަށް ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުމާ ކުރިމަތިވި ކަމަށް ބުނެ، އިނގިރޭސި ސަފީރު ހާޒިރުކޮށްފި އެވެ.

އިރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ދިމާވި ހަމަނުޖެހުންތަކުގެ ތެރޭގައި ވޯޓުލާން ދިޔަ އަންހެން މީހަކަށް "އަނިޔާކުރުން" ހިމެނޭ ކަމަށެވެ.

ހަމަނުޖެހުން އުފެއްދީ "އިންގިލާބާ ދެކޮޅު، ޑިމޮކްރެސީއާ ދެކޮޅު އަދި ވޯޓުލާ މީހުންނާއި މަރުކަޒުތަކުގެ މުވައްޒަފުންނަށް ފުރައްސާރަ ކުރި ޓެރަރިސްޓުން" ކަމަށް ތަރުޖަމާނު ސައީދު ހާތިބްޒާދޭ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގެ އިތުރުން، އެމެރިކާ، އޮސްޓްރޭލިއާ އަދި ބައެއް އެހެން ގައުމުތަކުގައި ވެސް އިރާނުގެ ރައްޔިތުން ވޯޓުލާން ގޮސް ތިބި ވަގުތު ހަމަނުޖެހުމާ ކުރިމަތިވި ކަމަށް އިރާނުގެ މީޑިއާއިން ރިޕޯޓުކުރެ އެވެ.

އިންތިހާބުން ކުރި ހޯއްދެވީ އަލްޓްރާ ކޮންޒަވޭޓިވް އިބްރާހިމް ރައިސީ ކަމަށް ވަނީ އިއުލާނުކޮށްފަ އެވެ. އިންތިހާބުގައި ވޯޓުލެވޭ އާބާދީގެ 48.8 ޕަސެންޓު މީހުން ވޯޓުލާން ނުކުތެވެ. މިއީ އިރާނުގެ ރިޔާސީ އިންތިހާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނުކުތް ފަހަރެވެ.

އިރާނުން އަރުވާލެވިގެން އުޅޭ އިދިކޮޅު ފަރާތްތަކުން ވަނީ އިންތިހާބު ބޮއިކޮޓް ކުރަން ސަޕޯޓަރުންނަށް ބާރު އަޅާފަ އެވެ.

ލަންޑަނާއި، ބާމިންހަމްގައި ވޯޓުލާ މަރުކަޒުތަކުގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ، އިނގިރޭސި ސަފީރު ރޮބް މެކެއާ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށްފައި ވާއިރު، ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ.

އިނގިރޭސި ވިލާތުގައި ހުންނަ އިސް ޑިޕްލޮމެޓަކު އިއްޔެ ޓްވިޓާގައި ބުނީ ބާމިންހަމްގެ ވޯޓުލާ މަރުކަޒެއްގެ ބޭރުގައި ހުރި އަންހެނަކަށް ގްރޫޕަކުން އައިސް ހަމަލާދީ، އަނިޔާކުރި ކަމަށެވެ.

ޓްވީޓާއެކު ޕޯސްޓުކުރި ވީޑިއޯއިން ފެންނަނީ ފިރިހެނުންތަކެއް ދިދަ ދަނޑިތަކެއް ހިފައިގެން އައިސް އަންހެނެއްގެ ގައިގައި ތަޅާ މަންޒަރެވެ.

އޭގެ އިތުރުން އިނގިރޭސި ވިލާތުގައި ހިންގާ ބީބީސީ ފާރިސީ އަދި އިރާން އިންޓަނޭޝަނަލް ނޫހުން އިންތިހާބް ބޮއިކޮޓް ކުރުމަށާއި ހަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމަށް ބުނެ ވެސް އިނގިރޭސި ސަފީރަށް އިރާނުން ޝަކުވާ ހުށަހެޅި އެވެ.

އެމެރިކާގައި ވޯޓުލާން ދިޔަ އިރާނު މީހުންނަކީ "ގައްދާރުން" ގެ ގޮތުގައި އެ ގައުމުގައި އުޅޭ އިރާނުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ. އެމެރިކާ އާއި އިރާނާ ދެމެދު ޑިޕްލޮމެޓިކް ގުޅުމެއް ނޯވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox