ހައްދުފަހަނައެޅި ފިކުރަށް އެކަނި އަމާޒުނުކޮށް އަޑި ހޯދަން ހުރިހާ ދިމާލެއް ބަލަން އެދިއްޖެ

ނަޝީދަށް ހަމަލާ ދިން ރޭ ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: މަހެއްވި އިރު ފަންޑް ކުރި ބަޔަކު ނުހޯދުމުގެ ކަންބޮޑުވުން އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ފާޅުކުރަމުން. -- ފޮޓޯ/ އަދަދު

ނަޝީދަށް ހަމަލާ ދިން ރޭ ފުލުހުންނާއި ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަނީ: މަހެއްވި އިރު ފަންޑް ކުރި ބަޔަކު ނުހޯދުމުގެ ކަންބޮޑުވުން އެމްޑީޕީގެ ބައެއް މެމްބަރުން ދަނީ ފާޅުކުރަމުން. -- ފޮޓޯ/ އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާ، ހައްދުފަހަނައެޅި މީހުންނަށް އެކަނި އަމާޒުނުކޮށް، ފަންޑުކުރި މީހުންނާއި އެކި ގޮތްގޮތުން އެހީވި މީހުން ހޯދޭނެ ގޮތްތަކަކަށް ބަލަން މޭ ހައެއް ކޮމިޓީން މިއަދު އެދިއްޖެ އެވެ.

ނަޝީދަށް އަމާޒުކުރި ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭ ކަމުގެ ކަންބޮޑުވުމާ އެކު ތަހުގީގަށް ފާރަވެރިވާން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރުހުމާ އެކު އުފެއްދި "މޭ ހައެއް" ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވީ ވަކި ބަޔަކާ ހިސާބުން މިހަމަލާ ނިންމާލެވެން ނެތް ކަމަށެވެ. މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ދީނުގެ ނަމުގައި ހައްދުފަހަނައެޅި ފިކުރަށް ތަބާވާ ހަތަރު މީހެއް ކަން ފުލުހުން އާއްމުކުރި މައުލޫމާތުތަކުން އެނގޭ ކަން ފާހަގަކުރައްވައި، އެއަށް ވުރެން އިތުރަށް ބަލަން ޖެހޭ ކަމަށް އަފީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވަކި ބައަކަށް އެކަނި ނެރޯ ޑައުންކޮށްގެން މި ކަންތައް ކުރިއަށް ގެންދެވޭކަށް ނެތް. އަޅުގަނޑުމެން ބަލަން ޖެހޭ މީގެތެރޭގައި ދެން މިއުޅެނީ، ކޮން ބައެއްގެ އިންޓްރެސްޓެއްތޯ މިކަންތައް މި ކުރެވުނީ،" ކުރިން ހޯމް މިނިސްޓަރުކަން ވެސް ކުރެއްވި އަފީފް ވިދާޅުވި އެވެ.

މޭ ހައެއް ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ހަމަލާގެ އެންމެ އަޑިއަށް ފީނަން ހުރިހާ ދިމާލެއް ބަލަން ކޮމިޓީން އެދިވަޑައިގަތް. -- ފޮޓޯ/އެމްޑީޕީ

އޭނާ ވިދާޅުވި ގޮތުގައި ހުރިހާ ދިމާލަކުން ބަލައިގެން ނޫނީ ހަމަލާގެ އެންމެ އަޑިއެއް ނުހޯދޭނެ އެވެ. މިކަންތަކަށް ފަންޑުކުރި މީހުންނާއި އެހީވި މީހުން ހޯދަން މަސައްކަތްތަކެއްކޮށް، ހޯދިގެން ނޫނީ މިފަދަ އަމަލުތައް ނުހުއްޓުވޭނެ ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލީ ދިރިއުޅުއްވާ ކެނެރީގެއިން ހިންގަވާފައި ވަޑައިގެން، މަޖީދީމަގުގައި ކާރުކޮޅާ އަރާ ހަމަވިތަނުންނެވެ.

އަފީފް ވިދާޅުވީ މަޖީދީ މަގުގެ މެދުގައި ބޮމެއް ގޮއްވާލުމަކީ އެމްޑީޕީއަށް ފަސޭހައިން މަޑުން ތިބެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކީ ރާއްޖޭގެ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެންމެ ހަލަބޮލި، ކާރޫބާރުބޮޑު މަޖީދީ މަގުގައި ގޮއްވާލާފައިވާ އިރު، އަފީފް ވިދާޅުވި ގޮތުގައި، ދެން ގޮއްވާލާނީ ކޮން ތަނެއްގައި ކަމެއް ނޭނގެ އެވެ. ދވެހިންނަކީ ވަރަށް ސުލްހަވެރިކޮށް އެއްބަނޑު އެއްބަފާކޮށް އުޅުނު ބައަކަށް ވާ އިރު އެފަދަ ކަންކަން ހިނގަން މެދުވެރިވި ސަބަބާ މެދު ފުންކޮށް ވިސްނައި ބަލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

މޭ ހައެއް ކޮމިޓީން ވަނީ ހަމަލާއާ ގުޅޭ ޓައިމްލައިނެއް އެކުލަވާލައިފަ އެވެ. ދެން އޮތީ، ކަމާބެހޭ އެކި ފަރާތްތަކާ ބައްދަލުކުރުމެވެ.

އަފީފް ވިދާޅުވީ ހަމަލާގެ އިންކުއަރީ ކުރިއަށް ގެންދާ 241 ކޮމިޓީ އާއި ފުލުހުންނާއި ސިފައިންނާއި އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްއާ ވެސް ކޮމިޓީން ބައްދަލުކުރާން އެދޭނެ ކަމަށެވެ.

އެ ކޮމިޓީއަށް ނަޝީދުގެ ފަރާތްޕުޅުން މަންދޫބެއް ހަމަޖައްސަވަން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. އެމަނިކުފާނު ބޭނުންފުޅު ވަނީ ކޮމަންވެލްތުގެ ގައުމެއްގެ މިފަދަ ތަހުގީގެއްގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރަކު ހިމެނުއްވުމަށެވެ.

ފުލުހުން ފާރަލަމުންދާ ކަމަށް 2019 ގައި ނަޝީދު ވިދާޅުވެފައި އޮތް ވާހަކައާ ގުޅުވައި ނޫސްވެރިއަކު ސުވާލުކުރުމުން އަފީފް ވިދާޅުވީ ސަރުކާރުގެ އެއްވެސް ބައެއްގެ ޝާމިލްވުން މިކަމުގައި އޮވެދާނެ ކަމަށް ޝައްކުކުރާނެ ޖާގައެއް ކޮމިޓީއަށް އަދި ނެތް ކަމަށެވެ. ހަމަލާއަށް ފަހު ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި، ހަރުކަށި ފިކުރުގެ ބޮޑެއް ކަމަށްވާ އަލިމަނިކު މި ވެރިކަމުގައި ދޫކޮށްލުމަކީ ވަކި ބަޔަކަށް ތުހުމަތު ކުރަންވީ ސަބަބެއް ނޫން ކަމަށް އަފީފް ވިދާޅުވި އެވެ.

"ދެހާސްނަވާރައިގައި ރައީސް ނަޝީދު ވިދާޅުވެފައި ވޭ ފުލުހުންގެ ތެރެއިން ފާރަލަމުންދާ ކަމަށް. ރަނގަޅު، ފުލުހުންގެ ތެރޭގައި ކުރީގައި އުޅުނު މީހަކު މިހާރު އެބަހުރި ހައްޔަރުކުރެވިފައި، މި ދެންނެވި ގޮތަށް މިހާ ހިސާބުން ވަކި ގޮތަކަށް އަޅުގަނޑުމެންގެ އޮޕީނިއަން ގެންދަން ޖާގައެއް ނެތް،" އަފީފް ވިދާޅުވި އެވެ.

މި މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އަދުހަމް އަހުމަދުގެ އިތުރުން، މއ. ފޭރުގެ މުޖާޒް އަހްމަދު 21، އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، 32ގެ އިތުރުން ލ. ގަން، ދުންފިނިއުފާ، އަހްމަދު ފާތިހެވެ.

މީގެތެރެއިން ފާތިހު ޕޮލިސް އިންޓެލިޖެންސްގައި އުޅެފައި ވަކިވީ މި އަހަރުގެ ކުރީކޮޅެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި މިހާތަނަށް ހޯދުނު ގޮތުގައި އިސްލާމްދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ އަމަލުތަކަށް އަރައިގަންނަ ފިކުރާ އެ މީހުންނާ ގުޅުން އެބައޮތެވެ. މި ހަތަރު މީހުންނާ ގުޅޭ ގޮތުން މިހާތަނަށް އާއްމުވި މައުލޫމާތަށް ބަލާއިރު ވެސް މި މީހުންނަކީ ހަނގުރާމައަށް ސީރިއާއަށް ދިއުމާއި ވަކިން ޖަމާއަތް ހަދައިގެން ނަމާދުކުރުން ފަދަ ކަންކަމަށް ތަބާވެ ތިބި ބައެކެވެ.

މޭ ހައެއް ކޮމިޓީ އެކުލަވާލީ ނަޝީދަށް ދިން ހަމަލާއަށް މަހެއްވި އިރު އެކަމުގެ އަޑީގައި ތިބި މީހުންނާއި ފަންޑްކުރި މީހުން ނުހޯދުމުގެ ކަންބޮޑުވުންތަކާ އެކުގަ އެވެ. މި ކޮމިޓީ އެކުލަވާލަން ހުށަހެޅި ގަރާރަށް ވާހަކަ ދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންގެ ކަންބޮޑުވުމަކަށް ވީ ތަހުގީގު ދިގުލައިގެން ދިއުމެވެ. އެކަމުގައި ދައުލަތުން ސީރިއަސްތޯ ވެސް ބައެއް މެމްބަރުން ސުވާލު އުފެއްދެވި އެވެ.

ތަހުގީގުގައި ހުރިހާ ދިމާލެއް ބަލާނެ ކަމުގެ ޔަގީންކަން ފުލުހުން ދީފައިވާ އިރު މަޖިލީހުގެ 241 ކޮމިޓީން އަންނަނީ އެކި ފަރާތްތަކާ ބައްދަލުކޮށް މައުލޫމާތު އެއްކުރަމުންނެވެ. އެ ކޮމިޓީން މިއަދު ވަނީ ސިފައިންގެ މައި މަރުކަޒަށް ގޮސް އެކި ފަރާތްތަކާ ބައްދަލުކުރައްވައިފަ އެވެ. އަދި މި ތަހުގީގަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތް ކަން 241 ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox