ކުޅުދުއްފުއްޓަށް ރަށެއް ހާއްސަކުރަން އަތޮޅުގެ އެހެން ރަށްތަކުން ދެކޮޅު

ހދ. ކޭލަކުނު: އެ ރަށް ނުވަތަ ކުނބުރުދޫ ކުޅުދުއްފުށީގެ އިހްތިސާސްގެ ތެރޭގައި ހިމަނައިދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ސަރުކާރަށް ވަނީ ހުށަހަޅައިފަ-- ފޮޓޯ: އަމިއްލަ އާސިމް

ހދ. ކޭލަކުނު: އެ ރަށް ނުވަތަ ކުނބުރުދޫ ކުޅުދުއްފުށީގެ އިހްތިސާސްގެ ތެރޭގައި ހިމަނައިދިނުމަށް ކުޅުދުއްފުށި ސިޓީ ކައުންސިލުން ސަރުކާރަށް ވަނީ ހުށަހަޅައިފަ-- ފޮޓޯ: އަމިއްލަ އާސިމް

ހދ. ކުޅުދުއްފުށި ސީޓިގެ އިހްތިސާސްގެ ތެރޭގައި ފަޅު ރަށެއް ހިމެނުމަށް އެ އަތޮޅުގެ އެހެން ރަށްތަކުން ދެކޮޅުހަދައި ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންމެ ފަހުން ކުޅުދުއްފުއްޓަށް ކުރެއްވި ދަތުރުފުޅުގައި ކައުންސިލުން އެދުނީ ހދ. ކޭލަކުނު ނުވަތަ ކުނބުރުދޫ އެ ސިޓީގެ އިހްތިސޯސްގެ ތެރޭގައި ހިމަނައި ދެއްވުމަށެވެ.

މި ހުށަހެޅުމުގައި އެދުނު ދެ ރަށް ދޫކޮށްލަން އަތޮޅުގެ އެހެން ރަށްތަކުން ބޭނުމެއް ނުވެ އެވެ.

ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރަށެއް ހިމެނުމަށް ސަރުކާރަށް ހުށަހެޅީ ކުޅުދުއްފުށްޓަށް ބިމުގެ ދަތިކަން ވަރަށް ބޮޑުވެފައިވާތީ ކަމަށެވެ.

ނޭކުރެންދޫ ކައުންސިލުން ދެކޭ ގޮތުގައި ކުޅުދުއްފުށިން ހުށަހެޅި ދެ ރަށް ވެސް އެ ސިޓީގެ އިހްތިސޯސްގެ ތެރޭގައި ނުހިމެނެ އެވެ. އަދި އެ ދެ ރަށަކީ ވެސް ކުޅުދުއްފުއްޓާ ދުރު, އެހެން ރަށްތަކާ ކައިރި ދެ ރަށް ކަމަށް ކައުންސިލްތަކުން ބުނެ އެވެ.

ނޭކުރެންދޫ ކައުންސިލްގެ ރައީސް އަލީ ސިރާޖު ވިދާޅުވީ އެ ރަށް ދިނުމާ މެދު އަމަލު ކުރަން ޖެހޭނީ ގާނޫނުގައި ބުނާ ގޮތަށް ކަމަށެވެ.

"އެ މީހުންގެ އިހުތިސޯސްގެ ދަށުގައި ނުހިމެނޭ ރަށެއް ލިބިގެން ނުވާނެ. އަޅުގަނޑުމެން ތާއީދު ކުރާނީ ގާނޫނުގައި ބުނާ ގޮތަށް," ސިރާޖު ވިދާޅުވި އެވެ.

ހދ. ކުރިނބީ ކައުންސިލްގެ ރައީސް އަބްދުﷲ އަސްލަމް ވިދާޅުވީ ކުނބުރުދޫ ބާއްވަން ޖެހޭނީ އަތޮޅުގެ ހުރިހާ ރަށްތަކެއްގެ އިހްތިސޯސްގެ ތެރޭގައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެ ނޫން ބަދަލެއް ގެނެސްފި ނަމަ އެއީ ބޭއިންސާފަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.

"އަތޮޅުގެ 13 ރަށަށް ވެސް އެ ފުރުސަތު ލިބެން ޖެހޭނެ. ވަކި ރަށަކަށް ވަކި ފަޅު ރަށެއް ދެވިގެން ނުވާނެ." ކަމަށް އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުނބުރުދޫ ވަކި ރަށެއްގެ ބާރުގެ ދަށަށް ދޫކޮށްލަން ކުރިނބީ ރައްޔިތުން ވެސް ދެކޮޅެވެ. ސަބަބަކީ އެއީ އަތޮޅުގެ މެދުގައި އޮންނަ ރަށަކަށް ވެފައި އަދި އެ ރަށް އެންމެ ކައިރީ ވެސް ކުނބުރުދުއާ ކަމަށް ވާތީ އެވެ.

ހދ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު "އަދަދު" އަށް ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިތުރުން ސަރުކާރުން ވެސް އެކަމާ ގުޅޭ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށެވެ.

އެހެންކަމުން އަތޮޅު ކައުންސިލުން ވެސް މިކަމުގައި އެއްވެސް ރަށަކާ މިހާތަނަށް ވާހަކަ ދައްކައިފައެއް ނުވެ އެވެ. އެއީ ސަރުކާރުގެ ނިންމުން މިހާތަނަށް ހާމަކޮށްފައި ނެތުމުން ކަމަށް ވެސް އަތޮޅު ކައުންސިލުން ބުންޏެވެ.

ސިރާޖު ވިދާޅުވީ ކުޅުދުއްފުށިން ހުށަހަޅާފައިވާ ދެ ރަށާ މެދު ސަރުކާރުން ނިންމާ ނިންމުމަކަށް އަތޮޅު ކައުންސިލުން ތާއީދުކުރާނެ ކަމަށެވެ.

"ރައީސްގެ އިހުތިޔާރުގައި އޮންނަ ކަމެއް, އެއީ ދިނުމާއި ނުދިނުން. އެކަމަކު ހދ އަތޮޅުގައި ހުންނާނީ ހދ. އަތޮޅު ރައްޔިތުންގެ ފަޅުރަށްތައް. މިހާރު ގާނޫނު އޮތް ގޮތުން މަޝްވަރާ ކުރެވެން ޖެހޭނެ. މިހާތަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވޭ," ކަމަށް ސިރާޖު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެފަދަ ނިންމުމެއް ނިންމަން ވާނީ ކައުންސިލްތަކާ އެކު މަޝްވަރާކުރުމަށް ފަހު އެވެ.

ކުޅުދުއްފުއްޓަށް ރަށެއް ދިނުމާ މެދު އަތޮޅުގެ އެހެން ރަށްތަކުން ހިތްހަމަނުޖެހުންފާޅުކުރާ މައްސަލައިގައި އެ ސިޓީގެ މޭޔަރު އާތިފް ކުރިން ވިދާޅުވެފައި ވަނީ ކުޅުދުއްފުށީގެ ބައެއްގެ ގޮތުގައި ކޮންމެ ރަށެއް ހަމަޖައްސައިދިން ނަމަވެސް އެ ރަށެއް ބޭނުންކުރާނީ ހދ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ވެސް މަންފާ ލިބޭ ގޮތަކަށް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox