އިރާނުގެ އާ ރައީސަކަށް ރައިސީ އިންތިހާބުވެ ވަޑައިގެންފި

އިރާނުގެ އާ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމީ ރައިސީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

އިރާނުގެ އާ ރައީސްގެ މަގާމަށް އިންތިހާބުވެ ވަޑައިގެންނެވި އިބްރާހިމީ ރައިސީ.-- ފޮޓޯ: އޭއެފްޕީ/ އަތާ ކެނާރޭ

ތެހްރާން، އިރާން (ޖޫން 19) - އިރާނުގައި އިއްޔެ ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުން އަލްޓްރާ ކޮންޒަވޭޓިވް ކެންޑިޑޭޓް އިބްރާހިމް ރައިސީ ކުރި ހޯއްދަވައިފި އެވެ.

ރަސްމީ ނަތީޖާ އިއުލާނު ކުރުމުގެ ކުރިން ވެސް ރައިސީ ކުރި ހޯއްދަވާނެ ކަމަށް ބެލެވި އިރާނުގެ ސިޔާސީ އެކި ފަރާތްތަކުން ގެންދެވީ މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ.

އެގޮތުން މިހާރުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ ރައްޔިތުން ވޯޓުލީ ކޮން ކެންޑިޑޭޓަކަށް ކަން ސާފުވާ ކަމަށާއި އެ ފަރާތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ.

"ރައްޔިތުންގެ ނިންމުމަށް އަޅުގަނޑު މަރުހަބާ ކިޔަން. ރަސްމީކޮށް އަޅުގަނޑު މަރުހަބާ ކިޔުން އޮންނާނީ ފަހުން، އެކަމަކު އަޅުގަނޑުމެންނަށް ވަރަށް ސާފު ބޭނުންވާ ވަރަށް ވޯޓު ލިބުނީ ކޮން ބޭފުޅަކަށް ކަން އަދި ރައްޔިތުންގެ ވޯޓުން އިންތިހާބުވީ ކޮން ބޭފުޅެއް ކަން،" ރައިސީގެ ނަން ފާހަގަނުކުރައްވާ ރޫހާނީ ވިދާޅުވި އެވެ.

އަލްޓްރާ ކޮންޒަވޭޓިވުންގެ ތެރެއިން ދެން އިންތިހާބުގައޮ ވާދަކުރެއްވި މުހްސިން ރިޒާއީ އާއި އާމިރު ހުސެއިން ގާޒީޒާދޭ ހާޝެމީ ވަނީ ރައިސީ ވަކިން މަރުހަބާގެ މެސެޖުތައް ފޮނުއްވާފަ އެވެ.

އިންތިހާބުގައި ވާދަކުރެއްވި ހަމައެކަނި ރިފޯމިސްޓް ކެންޑިޑޭޓު އަދި ކުރީގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު އަބްދުލް ނާސިރު ހިއްމަތީ ވެސް ޓްވިޓާ މެދުވެރިކޮށް ރައިސީއަށް މަރުހަބާ ދެންނެވި އެވެ.

އިންތިހާބުގައި ވާދަކުރެއްވި އެހެން ކެންޑިޑޭޓުން ރައިސީއަށް މަރުހަބާ ދެންނެވި ފަހުން އިލެކްޝަން އޮފީހުން ބުނީ މިހާތަނަށް ގުނި ވޯޓުގެ 62 ޕަސެންޓު ލިބިވަޑައިގެންނެވި ރައިސީއަށް ކަމަށެވެ.

އެގޮތުން މިހާތަނަށް ގުނާފައިވާ 28.6 މިލިއަން ވޯޓުގެ ތެރެއިން 17.8 މިލިއަން ވޯޓު ލާފައިވަނީ ރައިސީ އަށެވެ. ދެ ވަނައަށް އުޅުއްވާ މުހްސިން ރިޒާއީއަށް ލިބިވަޑައިގެންފައި ވަނީ 3.3 މިލިއަން ވޯޓު ކަމަށް އިލެކްޝަން އޮފީހުގެ ޗެއާމަން ޖަމާލް އުރްފް ޓީވީ މެދުވެރިކޮށް ވިދާޅުވި އެވެ.

އިރާނުގައި 59 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ. ނަމަވެސް ވޯޓުލާން ނުކުތް މީހުންގެ އަދަދު އަދި ސާފެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތު

2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ އުފުލި 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭއިރު، މި މައްސަލާގައި ދައުވާކުރި އިތުރު 9 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

ސީއެންއެން އާއި ޕޮލިޓިކޯ ފަދަ މީޑިއާތައް ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕްގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، އެ މުއައްސަސާތަކުން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް މި ފިޔަވަޅު އެޅި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ދޮގު ޚަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ބުނެ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ދެކުނު ކޮރެއާގަ 5 އަހަރުން ދަށުގެ ކުދިން ވިޔަފާރި މަންދޫބުންނަށް

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނެއް ވިޔަފާރިތަކުގެ މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ބޮޑެތި އާމްދަނީތައް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންވެސް ހިމެނޭއިރު، ބައެއް ކުދިންނަށް އަހަރަކު 100 މިލިއަން ވޮންއަށްވުރެ ގިނައިން އާމްދަނީ ލިބޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމަކީ އެ ގައުމުގެ މުޖުތަމައުގައި އޮތް އިގްތިސާދީ ނުހަމަހަމަކަން ހާމަކޮށްދޭ ކަމެއް ކަމަށް މަސްއޫލުވެރިން ފާހަގަކުރައްވައެވެ.

410 މިލިއަން ޑޮލަރުގެ ޑީލްތަކުގައި 25000 މީހުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 410 މިލިއަން ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، 25،000 އަށްވުރެ ގިނަ ހިޖުރަވެރިން އެމީހުންނާ ގުޅުމެއް ނެތް ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި އެއްބަސްވުންތަކަށް އެއްބަސްވުމަށް ބައެއް ގައުމުތަކަށް މަޖުބޫރުކުރުވާފައިވާއިރު، ގާނޫނީ އެއްވެސް ހިމާޔަތެއް ނެތި މި މީހުން ފޮނުވާލަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ވަކީލުން ބުނެއެވެ.

ދެކުނު އެފްރިކާގައި ނުވަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ނުވަ އަންހެނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގެ ތަހުގީގަށް ފިރިހެނަކާއި ދެ އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއްކަން އަދި ކަށަވަރުނުވި ނަމަވެސް، މިއީ އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އިންތިހާއަށް އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ.

އޮސްޓްރޭލިއާގައި އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވަނީ

އޮސްޓްރޭލިއާގައި އުފަންވާ މީހުންނަށް ވުރެ މަރުވާ މީހުންގެ އަދަދު 2060 ގެ އަހަރުތަކުގައި އިތުރުވެ، އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވާނެ ކަމަށް އެ ގައުމުން ލަފާކޮށްފިއެވެ. މިއީ އުފަންވާ މިންވަރު ދަށްވުމާއި ހިޖުރަކުރާ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.

Newsletter

Get the latest news delivered straight to your inbox