ޑި ބްރޭނާ އުފާފާޅުނުކުރީ ޑެންމާކަށް އިހުތިރާމް ކުރުމުގެ ގޮތުން

Jun 17, 2021, 7:32 PM
ޑި ބްރޭނާ އުފާފާޅުނުކުރީ ޑެންމާކަށް އިހުތިރާމް ކުރުމުގެ ގޮތުން

ކޯޕެންހާގެން، ޑެންމާކް (ޖޫން 17) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ފަހަތުން އަރައި ޑެންމާކް އަތުން 2-1 އިން ބެލްޖިއަމް މޮޅުވި ގޯލު ޖެހުމަށް ފަހު އުފާފާޅުނުކުރީ ޑެންމާކްގެ ސަޕޯޓަރުންނަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ބުނެފި އެވެ.

ޑެންމާކުން މި ފަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަަމަ މެޗުގައި ފިންލެންޑާ ދެކޮޅަށް މެޗުގެ 43 ވަަނަ މިނިޓްގައި ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނު ކްރިސްޓިއަން އެރިކްސަން ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން އަންނައިރު، މިރޭގެ މެޗުގައި އޭނާގެ ހަނދާނުގައި ގިނަ ކަންތައްތަކެއް ވަނީ ކޮށްފަ އެވެ. އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނައިރު، އޭނާ އަށް ތަރުހީބު ދޭން މިރޭގެ މެޗުގެ 10 ވަނަ މިނިޓް ވަނީ އެއް މިނިޓަށް ކުޅުން މެދުކަނޑާލައިފަ އެވެ.

މިރޭގެ މެޗު ބަލަން 23,395 ސަޕޯޓަރުން ޑެންމާކްގެ ޕާކެން ސްޓޭޑިއަމް އަށް ވަންއިރު، ގިނައީ ޑެންމާކުގެ ސަޕޯޓަރުންނެވެ. ޑި ބްރޭނާ ދެ ވަނަ ހާފްގައި ކުޅެންއެރިއިރު، ޑެންމާކް އޮތީ 1-0 އިން ކުރީގަ އެވެ. ޑި ބްރޭނާ ކުޅެން އަރައި 10 މިނިޓް ތެރޭ ބެލްޖިއަމް އިން އެއްވަރުކުރި ގޯލަށް ފުރުސަތު ތަަނަވަސްކޮށްދިނެވެ. އޭގެ 15 މިނިޓް ފަހުން ބެލްޖިއަމް މޮޅުކޮށްދިން ގޯލު ޖެހީ ޑިބްރޭނާ އެވެ. އެ ގޯލު ޖެހުމަށް ފަހު އޭނާ އުފާފާޅެއްނުކުރެ އެވެ.

"ކޯޗު (ރޮބާޓޯ މާޓިނޭޒް) އަހަރެން އެރުވި އެޓޭކިން ހާފުގައި ޖާގަ ހޯދަން. އަހަރެންނަށް އެކަން ކުރެވުނު. އަދި ގޯލެއް ވެސް ޖެހިއްޖެ. އެކަމަކު އަހަންނެއް އެ ގޯލު ޖަހާފައި އުފާފާޅުކުރަން ބޭނުމެއް ނުވި. އަހަރެން ވަރަށް އިހުތިރާމް ކުރަން ޑެންމާކް ސަޕޯޓަރުންނަށް،" މެޗަށް ފަހު ޑި ބްރޭނާ ބުންޏެވެ.

"ހިނގާދިޔަ ކަންތައްތަކަށް ފަހު އަހަރެމެންނަށް އެނގޭ މި ދަނޑުގައި މި ސަޕޯޓަރުން ކުރިމަތީގައި އުނދަގޫ ކަންތައްތަކެއް ހުންނާނެކަން،"

މިރޭގެ މެޗަކީ މި ފަހަރު ޔޫރޯގައި ޑި ބްރޭނާގެ ފުރަތަމަ މެޗެވެ. މިދިޔަ މަހު ފަހުކޮޅު ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލޯ ކައިރީ ކަށިގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޮޕަރޭޝަނެއް ކުރި ޑި ބްރޭނާ އަށް މި ފަހަރުގެ ޔޫރޯގައި ބެލްޖިއަމް ކުޅުނު ފުރަތަަމަ މެޗު ގެއްލުނެވެ. އޭނާ މިރޭ ވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރީ މުޅިން އެއްކޮށް ފިޓްނުވާތީ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް ބެލްޖިއަމް އަކީ ފުރަތަމަ ދެ މެޗުން މޮޅުވެގެން މި ފަހަރުގެ ޔޫރޯގެ ދެ ވަނަ ބުރުން ފުރުސަތު ހޯދި ދެ ވަނަ ޓީމެވެ. ބެލްޖިއަމްގެ ކުރިން ދެ ވަނަ ބުރުގެ ޖާގަ ކަށަވަރުކުރި ހަމައެކަނި ޓީމަކީ ބެލްޖިއަމް އެވެ. ބެލްޖިއަމާއި އިޓަލީ އަކީ ކޮލިފައިންގައި ކުޅުނު 10 މެޗުން މޮޅުވެގެން މުބާރާތަށް އައި ހަމައެކަނި ދެ ޓީމެވެ.

ޑި ބްރޭނާ ބުނީ މިރޭ ލަނޑު ޖެހުމަށް ފަހު އެހާ ބޮޑަށް އުފާފާޅު ނުކުރި ނަމަވެސް މެޗުން މޮޅުވެެގެން އަނެއް ބުރުގެ ޖާގަ ކަށަވަރުވުމުން އެ ހިތްހަމަ ޖެހުން އެބައޮތް ކަމަށެވެ.

ޔޫރަޕްގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ޑި ބްރޭނާ އަކީ އެންމެ ފަހުންް ހަތަރު ބޮޑު މުބާރާތުގައި ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިން ޔޫރަޕްގެ ހަމައެކަނި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް، 2016 ވަނަ އަހަރުގެ ޔޫރޯ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި މި ފަހަރުގެ ޔޫރޯގައި ލަނޑެއް ޖަހަން އެސިސްޓްކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox