ބައްޕައިންނަކީ އާންމުކޮށް ވަކި އެއްޗަކަށް ބޭނުން ވެގެން، އެ އެއްޗެއް ހޯދައިދޭން ބުނާނެ ބައެއް ނޫނެވެ. އެއީ އެމީހުންނަށް ލޯތްބާއި ހަދިޔާ އާއި ތައުރީފު މުހިއްމު ނުވާތީ ނުވަތަ ބޭނުން ނުވާތީ އެއް ނޫނެވެ. އެއީ ހަމަ ގިނަ ބައްޕައިންގެ މިޒާޖެވެ. އެހެންވީމަ، ކުރިއަށް މި އޮތް ބައްޕައިންގެ ދުވަހު ނުވަތަ "ފާދާޒް ޑޭ" ގައި ބައްޕަ ކޮށްދޭ ކަންކަން ފާހަގަކޮށް ޝުކުރު އަދާކޮށްލައި ހަދިޔާއެއް ދިނުމަކީ މި ލޮކްޑައުން ގައި ކުރެވޭނެ އެންމެ ލޯބި އެއް ކަންތަކެވެ.
ބައްޕައިންގެ ދުވަހަކީ ޖޫން ވިއްސެވެ. އެއީ މާދަމާ އެވެ. މިހެން ބުނުމުން ބައްޕަ އަށް ދޭނެ ހަދިޔާ އަކާ މެދު ފިކުރު ބޮޑުވުމުގެ ކުރިން، އަހަރެމެން މިދެނީ އެކި ކަހަލަ މިޒާޖާއި ޝައުގު ހުންނަ ބައްޕައިންނަށް ހަދިޔާ ޗޫޒް ކުރާ އިރު ގަނެލެވޭނެ ބައެއް އެއްޗިއްސެވެ. ގަމީހާއި ފަޓުލޫނު ނުހިމަނައި މި އާޓިކަލް ގައި މި ހިމަނާލަނީ ބައްޕައިންނަށް ރީތި، މުހިއްމު އަދި ބޭނުންތެރި ތަފާތު ހަދިޔާގެ ލިސްޓެކެވެ.
ސަން ބަމް ސިގްނޭޗާ ފޭސް ސްޓިކް އެސްޕީއެފް 30، 13ގ، 275.60ރ

އުރީދޫގެ އޮންލައިން ޝޮޕިންގް ޕެލްޓްފޯމް، މޫލީގެ ސެލްފް-ކެއާ ކެޓަގަރީ އިން ހޮވައިލި މި ސަން ބަމް ސްޓިކަކީ ގިނަ އިރު އަވީގައި ހޭދަކުރާ ބައްޕައިންނާއި ގަދައަށް ދާހިއްލާ ކަހަލަ މަސައްކަތުގައި ބުރަކޮށް އުޅޭ ބައްޕައިންނަށް ދޭން ރަނގަޅު ސެލްފް-ކެއާ ޕްރޮޑަކްޓަކަށް ވާނެ އެވެ. މީގައި ވިޓަމިން އީ އާއި އެލޮވެރާ ޖެލް ހުންނާތީ، ހޫނުން ހަންގަނޑަށް އަރާމެއް ހޯދައިދޭނެ އެވެ. އާންމުކޮށް މޫދަށް ދާއިރު ނުވަތަ ކަނޑުމައްޗަށް ދާ ބައްޕައިންނަށް ވެސް މީތި ސަޅިވާނެ އެވެ.
މި ސްޓިކަކީ މިވަގުތަށް ބައްޕަ އަށް ދެވިދާނެ ސަޅި ހަދިޔާ އެކެވެ. އެކަމަކު ހަގީގަތުގައި ވެސް މި ސެލްފް ކެއާ އެއްގެ ތެރެއަށް ވެސް ބައްޕަ މެން މިހާރު ވައްދަންވެއްޖެ އެވެ. މިއީ ފެށުމަކަށް ވެސް ހެދިދާނެ އެވެ.
ފިލިޕްސް ބިއަޑް ޓްރިމާ، ސީރީޒް 3000، 748ރ

ބައްޕަ އަކަށް ދެވޭނެ އެންމެ ބޭނުންތެރި އެއް ހަދިޔާ އަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. ކަރަންޓު ސާމާނު ގަންނަ އިރު ބައްޕައިން ފުދޭވަރަކަށް "ޕިކީ" ވާނެ އެވެ. އެހެންވީމަ އެ ގޮތަށް ބަލާނަމަ ވެސް "ފިލިޕްސް" އަކީ އެންމެ މޮޅު އެއް ބްރޭންޑެވެ. މިއީ ރެޑްވޭވް އިލެކްޓްރޯނިކްސް އިން އަހަރެެމްންނަށް ފެނުނު އެންމެ ކޮލިޓީ ރަނގަޅު ޓްރިމަރެވެ.

ލިންޓް ސްވިސް ލަގްޒަރީ ސެލެކްޝަން ބޮކްސް، 158ރ

ނަވާރަ އެސޯޓެޑް ބޮކްލެޓް ނުވަތަ އެކި ރަހަ ލާ 19 ޗޮކްލެޓް ބައިޓް ހިމެނޭ މި ފޮއްޓަކީ ލިންޓް ގެ ޗޮކްލެޓް ތަކަށް ލޯބިކުރާ މީހުންގެ އެންމެ ފޭވަރިޓް އެވެ. މިއީ ޔޫރޯ ސްޓޯރުގެ ވެސް އެއް ފަހުރެވެ. އެތަނުން މި ނޫނަސް ލިންޑޯ ބޯލްސް އާއި ލޯކާ ފަދަ މީރު ޗޮކްލެޓް ޕެކް ގަނެލެވޭނެ އެވެ. އެކަމަކު ލިންޓްގެ ގިނަ ރަހަތަކާއި ޕެކޭޖިން އަށް ގެނެސްފައި ހުރި "ޝާހީ ލޫކް" ގެ ސަބަބުން މިއީ ބައްޕައިންގެ ދުވަހުގެ ހަދިޔާ އަށް ދޭން އަހަރެމެންގެ ޕާސަނަލް ޕޭވަރިޓެވެ.
ބިގިނާ ޕެކް ބައި ކަނޑުފަޅު 420ރ

މިއީ މަސްވެރިކަމަށް ލޯބިކުރާ ބައްޕައިންނާއި ދޭތެރެއަކުން ލިބޭ ހުސް ވަގުތު ތަކުގައި މަސް ބާނަން ތޮށިމައްޗަށް ދާ ބައްޕައިންނަށް ދޭން އަހަރެމެންނަށް ފެނުނު އެންމެ ރަނގަޅު އެއް ހަދިޔާ އެވެ. ކަނޑުފަޅު އިން ތައްޔާރުކޮށް ވިއްކާ މި ޕެކް ގައި، 1-2 ކިލޯގެ ދޮއްޓަކާ އެކު ރީލާއި 16# ގެ ފަސް ބުޅި އާއި ޓެކްލް ބޮކްސް އަކާއި ފިށިން ފްލޯޓް އަކާއި ސިންކާ އެއްގެ އިތުރުން އެންގްލާސް ޕޭލް އެއް ހިމެނެ އެވެ.
މި ޕެކް، އުރީދޫގެ މޫލީ އިން އޮންލައިންކޮށް އޯޑަރުކޮށްލެވޭނެ އެވެ.
ހޯމް އެންޑް ކެއާ ހޭންޑް ހެލްޑް ވެކިއުމް ކްލީނާ، 300ރ

މިއީ އަހަރެމެންގެ މި ލިސްޓެއްގެ އެންމެ "ކޫލް" އަދި ތަފާތު އެއް ހަދިޔާ އައިޑިއާ އެވެ.
ގޭތެރެ ސާފުކުރުމުގައި ބައްޕަ އާންމުކޮށް އެހީތެރިވެ އުޅޭނަމަ މީގެ ވެކިއުމް އެއް ގިފްޓަކަށް ޔަގީނުން ވެސް ކަމުދާނެ އެވެ. މިއީ ގޭތެރެ ސާފުކުރަން ބައްޕަ މޯޓިވޭޓްކުރަން ވެސް ދެވިދާނެ ގިފްޓެކެވެ. ހާއްސަކޮށް ޑިއުޓީ ބަހާލައިގެން ކުދިންގެ ކަންކަން ބެލެހެއްޓުމުގައި ފިރިމީހާ އުޅޭނަމަ ވެސް މީގެ ވެކިއުމެއް ގިފްޓު ކޮށްލަން ސަޅިވާނެ އެވެ.
މީގެ ވެކިއުމް ރެޑްވޭވް އިލެކްޓްރޯނިކްސް އިން ލިބޭނެ އެވެ.
ޓިރްމާ ޝުގަ ފްރީ ޑާކް ޗޮކްލެޓް، 50 ޕަސެންޓް ޝުގަ ފްރީ މިލްކް ޗޮކްލެޓް، 45-55ރ

މިއީ ޗޮކްލެޓް ކެއުމަށް ފޯރިހުންނަ ބައްޕައިންގެ ތެރެއިން ހަކުރު ކޮންޓްރޯލްކުރަންޖެހޭ މީހުންނާއި މަދުން ހަކުރު ހުންނަ އެއްޗެހި ކެއުމަށް އިސްކަންދޭ ބައްޕައިންނަށް ހަދިޔާ އަކަށް ޗޮކްލެޓެއް ދޭން ބޭނުން ނަމަ އެންމެ ރަނގަޅު ހަދިޔާ އެވެ.
ސަނީ އެންޓަޕްރައިޒް އިން އެތެރެކުރާ މި ޗޮކްލެޓްގެ ޝުގަ-ފްރީ ޑާކް ޗޮކްލެޓަކީ ހަކުރާއި ގްލޫޓެން-ފްރީ ޗޮކްލެޓެކެވެ. މިލްކް ޗޮކްލެޓްގައި އާންމުކޮށް ހުންނަ ޗޮކްލެޓް ތަކަށްވުރެ 30 ޕަސެންޓް ހަކުރު މަދުވާނެ އެވެ.
އެހެންވީމަ ސްވީޓް ކްރޭވިން ހުންނަ ޑައިބެޓިކް ބައްޕައަކަށް ވެސް ދޭތެރެއަކުން ގަނެލާފައި މީގެ ޗޮކްލެޓަކުން ލޯބި އިތުރުކޮށްލެވިދާނެ އެވެ.
އެންޓި-ރިންކަލް ބެޑިން ސެޓް، 1100-1700ރ

ހުރިހާ ބައްޕައިން ވެސް ރޫމް ރީތިކުރަން ބޭނުންވާނެ އެވެ. މިއީ ވަކި ސްޓައިލެއް ހުރެގެން ގަޔާވާ ކަމެއް ނޫނެވެ. އެހެންވީމަ މި ގިފްޓެއް މި ހާއްސަކޮށްލަނީ ތަންމަތި ސަފުކޮށް، ރީތިކޮށް ބަހައްޓަން ވަރަށް ބޮޑަށް ބޭނުންވާ ބައްޕައިންނަށް ދޭ ހަދިޔާއެއްގެ ގޮތުގަ އެވެ.
ހައި އެންޑް ފަރުނީޗާގެ މި ބެޑިން ސެޓެއް އަހަރެމެންގެ ލިސްޓަށް ހޮވައިލީ މީގެ ކުލައާއި ސިމްޕަލް ޑިޒައިނާއި މަޑު މެޓީރިއަލްގެ ސަބަބުންނެވެ. މިއީ އެންޓި-ރިންކަލް ސެޓަކަށް ވާތީ ރޫ ޖެހޭލެއް މަދުވާނެ އެވެ. އެކަނި އުޅޭ ބައްޕަ އަކަށް ވެސް މީގެ ސެޓެއް ދޭން ސަޅިވާނެ އެވެ. ހާއްސަކޮށް އާންމުކޮށް ބެޑިން އަޅައި އުޅޭ ބައްޕަ އަކަށް ނުވަތަ އިސްތިރިކުރަން އުދަގޫވާ ބައްޕައަކަށް ވެސް ދޭން މި ސެޓް ސަޅިވާނެ އެވެ.
މި ސެޓް ހައިއެންޑްގެ އިންސްޓަގްރާމް އެކައުންޓުން އޯޑަރު ކޮށްލެވެން ވެސް އެބަހުއްޓެވެ.
ސެމްސަންގް ގެލެކްސީ ފިޓް 2 ބްލެކް، 740ރ

ސްމާޓް އަތުކުރީ ގަޑި އަށް ލޯބި ކުރާ "ސްޓައިލިޝް" ބައްޕަ އަކަށް މީގެ ގަޑިއެއް ހަދިޔާ އަކަށް ދޭން ސަޅިވާނެ އެވެ. މިއީ ޑިސްޕްލޭ ފޮންޓާއި ލޫކް ކަސްޓަމައިޒް ކުރެވޭ ކަހަލަ ގަޑިއަކަށް ވާތީ ކޮންމެ އުމުރެއްގެ ބައްޕައަކަށް ވެސް މި ގަޑި ކަމުދާނެ އެވެ. މި ވެސް އުރީދޫގެ އޮންލައިން ޝޮޕިންގް އެޕް، މޫލީ އިން ހޯދާލި ގަޑިއެކެވެ.
މިނީ ކޮފީ ޓޭބަލް، 821.50ރ

މިއީ ފޮތް ކިޔުމާއި ކޮފީ ބުއިމަށް ޝައުގުވެރިކަން ހުންނަ ބައްޕަ އަކަށް ހާއްސަވާނެ ހަދިޔާ އެކެވެ. ހާއްސަކޮށް ގޭގައި ބެލްކަނީ އެއް ނުވަތަ ޓެރެސް އެއް ހުންނަ ނަމަ މި މޭޒެއްގެ ބޭނުން ނުލާހިކު ބޮޑުވާނެ އެވެ. މިީގެ ޑިޒައިނާއި ސައިޒްގެ ގޮތުން ސިޓިން ރޫމުގައި ބަހައްޓައިފި ނަމަ ގޭތެރެއަށް ޒަމާނީ ލޫކް އެއް ގެނެސްދޭނެ އެވެ.
މިއީ ރެއިންބޯ ލިވިން އިން ހޮވައިލި މޭޒެކެވެ.
މެންސް ސްޕޯޓްސް ޓީޝާޓް، 395ރ

މިއީ ކަސްރަތަށް ދާ ބައްޕަޔަކަށް ޔަގީނުން ވެސް ކަމުދާނެ ހަދިޔާ އަކަށް ވާނެ އެވެ. އޮބިއޮން ގެ އިންސްޓަގްރާމް ޕޭޖުން ފެނުނު މި ޓީޝާޓް މި ލިސްޓުގައި ހިމަނައިލީ މީގެ މެޓީރިއަލް ގަޔަށް ފަސޭހަ ވެފައި ޑިޒައިން ވެސް ރީތިވީމަ އެވެ. އޯޑަރުކުރާއިރު މީގެ ކުލަތަކާއި ސައިޒް ވެސް ސެލެކްޓް ކޮށްލެވޭނެ އެވެ.
ދެން އޮތް ކަމަކީ ބައްޕަ އަށް މީގެ ޝާޓް އެއް ހަދިޔާކޮށްލައި ކަސްރަތަށް ނުވަތަ ހިނގަން ދާން ހިއްވަރު ވެސް ދެވިދާނެ އެވެ. އޭރުން ފަދާސް ޑޭގެ ހަދިޔާ ލޯބި، "މީނިންގްފުލް" ހަދިޔާ އަކަށް ބަދަލުވީ އެވެ.







