ޕޫޓިން އާއި ބައިޑެން އެކުވެރިއެއް ނުވާނެ، އެކަމަކު އެކުގައި ކުރިއަށް ދެވިދާނެ

އިއްޔެ ޖެނީވާގައި ބައްދަލުވުން ފެށުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއާ ސަލާން ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ/ ޕީޓާ ކްލޯންޒާ

އިއްޔެ ޖެނީވާގައި ބައްދަލުވުން ފެށުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑެން (ކ) ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިންއާ ސަލާން ކުރައްވަނީ.-- ފޮޓޯ: އޭއެފްޕީ/ ޕީޓާ ކްލޯންޒާ

ޖެނީވާ، ސްވިޓްޒަލޭންޑު (ޖޫން 17) - އިއްޔެ ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފުރަތަމަ ބައްދަލުވުން ޖެނީވާގައި ކުރިއަށް ދިޔައިރު ފެނުނީ ހަތުރުންގެ ގޮތުގައިވާ ދެ ގައުމެއްގެ ލީޑަރުން އިހްތިރާމާއި މަޝްވަރާގެ ރިވެތި ސިފަ ކުރިއަށް ނެރުއްވި މަންޒަރެވެ.

އެމެރިކާގެ ކުރީގެ ރައީސުންނާ ހިލާފަށް، ރަޝިއާއާ އޮތް ގުޅުން "ރީސެޓް" ކުރަން ވިސްނަވާ ކަމަށް ބައިޑެން ވިދާޅުވެފައެއް ނުވެ އެވެ. ނަމަވެސް ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ކަންބޮޑުވާ މައްސަލަތަކުގެ ވާހަކަ އެތައް ފަހަރަކު ދެއްކެވި އެވެ.

ޕޫޓިންއަކީ "މީހުން މަރާ މީހެއް" ކަމަށް މީގެ ކުރިން ސިފަކުރެއްވި ބައިޑެން އިއްޔެގެ ބައްދަލުވުމަށް ފަހު ވިދާޅުވީ ޕޫޓިންއަކީ "ނަމޫނާ ވާދަވެރިއެއް" ކަމަށެވެ. އަދި ދެ ގައުމުގެ އެއް ގޮތް ކަންކަން ދެނެގަންނާނެ ކަމަށް ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި އެވެ.

ބައިޑެންއާ ގުޅޭ ގޮތުން ޕޫޓިން ވިދާޅުވީ އެއީ "ވަރަށް ތަޖުރިބާ ހުރި ސިޔާސީ ބޭފުޅެއް" ކަމަށެވެ. އަދި މަޝްވަރާގައި އިއްޔެ ހޭދަވި ހަތަރު ގަޑިއިރެއް ހާއިރު ފާހަގަވީ "ކުރިއެރުންތައް ހޯދޭ ފަދަ ވާހަކަ ދެކެވުނު" އަދި ތަފްސީލަށް ދާން ބައިޑެން ބޭނުންވެ ވަޑައިގަންނެވި ވަގުތުތަކެއްގެ ގޮތުގައި ކަމަށެވެ.

"ބައިޑެންއަކީ އާއްމު ގޮތެއްގައި ކޮންސްޓްރަކްޓިވް ގުޅުން ބާއްވަން ބޭނުންވެ ވަޑައިގަންނަވާ ލީޑަރެއް. ނަމަވެސް ޕޫޓިންއަކީ އެކުވެރިއެއް ކަމަކަށް ދެކިވަޑައިނުގަންނަވާ،" ޔޫރޭޝިއާ ގްރޫޕުގެ ރައީސް އިއަން ބްރެމާ ވިދާޅުވި އެވެ.

"ބައިޑެން [ޕޫޓިން] އަށް އިތުބާރެއް ނުކުރައްވާ. އެކަމަކު ބައިޑެން ގަބޫލުކުރައްވާ ގޮތުގައި ރަޝިއާއިން އަމަލު ކުރާނީ އެ ގައުމުގެ މަސްލަހަތަށް އެންމެ ރަނގަޅަށް. ދެ ގައުމަށް ވެސް އެއްބަސްވެވޭ ކަންކަން ހުރުމުން އެ ކަންކަމުގައި އެކުގައި މަސައްކަތް ކުރައްވަން ބައިޑެން ބޭނުންވެ ވަޑައިގަންނަވާނެ،" ބްރެމާ ވިދާޅުވި އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޫޓިން ވަނީ ރަޝިއާއިން ސައިބަ ހަމަލާ ދޭ ކަމަށް ކުރާ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ. ނަމަވެސް އެކަމުގައި އިންޒާރެއް ދެއްވާފައިވާކަން ސިގްނަލް ކުރައްވަމުން ބައިޑެން ވިދާޅުވީ "އޭގެ ނަތީޖާއާ ކުރިމަތިލާންޖެހޭނެކަން" ޕޫޓިންއަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.

ރަޝިއާ އާއި އެމެރިކާގެ ގުޅުން އެންމެ ހީނަރުވި ދަނޑިވަޅުގައި ދެ ގައުމުގެ ސަފީރުން ވެސް ވަނީ އަނބުރަ ގައުމަށް ގެންގޮސްފަ އެވެ. އިއްޔެ ނިންމާފައިވަނީ އަލުން ސަފީރުންނާއި ޑިޕްލޮމެޓުން ބޭތިއްބުމަށާއި ބަންދުކޮށްފައި ތިބި މީހުން ދޫށްލުމަށެވެ.

ތަޖުރިބާކާރުން ދެކޭ ގޮތުގައި އިއްޔެގެ ބައްދަލުވުމަކީ މާ ބައިވަރު ކަންކަން ހާސިލްވާނެ ބައްދަލުވުމެއްގެ ގޮތުގައި ދެ ލީޑަރުން ވެސް ގަބޫލު ކުރައްވާފައެއް ނުވެ އެވެ. އެއާ ހިލާފަށް އެ ބައްދަލުވުމުގެ ލަނޑުދަނޑިއަކަށްވީ އެކުގައި ދެ ލީޑަރުންނަށް މަސައްކަތް ކުރެވިދާނެތޯ ބެލުމެވެ.

ނަމަވެސް މިއީ އެމެރިކާގެ އިދިކޮޅު ޕާޓީން މާ ހިތްހަމަޖެހުނު ކަމެއް ނޫނެވެ. ރިޕަބްލިކަނުން ބައިޑެންއަށް ފާޑުކިޔަމުން ބުނެފައި ވަނީ ބައްދަލުވުމުގައި ޕޫޓިންއާ މެދު ހަރުކަށިކޮށް ވާހަކަދައްކާފައި ނުވާ ކަމަށާއި ނަތީޖާއެއް ވެސް ނެރެވިފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox