ފޭވަރިޓުންގެ ޓެގް އެޅުވިޔަސް މަންޗިނީގެ މައްސަލައެއް ނެތް

Jun 16, 2021, 8:43 AM
ފޭވަރިޓުންގެ ޓެގް އެޅުވިޔަސް މަންޗިނީގެ މައްސަލައެއް ނެތް

ރޯމް، އިޓަލީ (ޖޫން 16) - އިޓަލީ އަކީ މި ފަހަރުގެ ޔޫރޯގެ ފޭވަރިޓެއްގެ (މުބާރާތް ކާމިޔާބުކުރާނެ ޓީމެއްގެ) ގޮތުގައި މީޑިއާ އިންނާއި ފުޓްބޯޅަ ސަޕޯޓަރުން ދެކުމަކީ އޭނާ އެހާ ބޮޑަށް ސަމާލުކަން ދޭނެ ކަމެއް ނޫން ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

މި ފަަހަރުގެ ޔޫރޯ އަށް ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ކުރިމަތިލި އިޓަލީ ވަނީ މުބާރާތުގެ ފުރަތަމަ މެޗުގައި 3-0 އިން ތުރުކީ ބަލިކޮށްފަ އެވެ. އިޓަލީ އެންމެ ފަހުން ކުޅުނު 28 މެޗުން ވެސް ބަލިވެފައިނުވެ އެވެ. މި ކަންކަމަށް ބަލައި އިޓަލީ އަކީ ގިނަ ބަޔެއްގެ ނަޒަރުގައި މި ފަހަރު ޔޫރޯގެ ތަށި ހޯދާނެ ޓީމެވެ.

"އަހަރެން މި ހުރީ ވަރަށް ކޮންފިޑެންޓްކޮށް. އިޓަލީ އަށް އަދިވެސް ކުރިއެރުން ހޯދޭނެ. އިނގިރޭސި ބުކްމޭކަރުން އިޓަލީ އަކީ ފޭވަރިޓުން ކަމަށް ބުނުމުން އަހަރެމެން އެކަމާ ދެކޮޅު ހަދަން ނެތިން. މިއީ އަދި ވަރަށް ގިނަ ކަންތައްތަކެއް ހިނގާނެ ދިގު ދެމިގެންދާ މުބާރާތެއް. އަހަރެމެން ކުރަން ހުރި މަސައްކަތް ވަރަށް ގިނަ،" ޔޫރޯގެ ދެ ވަނަ މެޗުގައި މިރޭ ސްވިޒަލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މަންޗިނީ ބުންޏެވެ.

މުބާރާތް ކާމިޔާބު ކުރެވޭނެ ފެންވަރުގެ ގިނަ ޓީމުތަކެއް އެބަހުރި ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ. އަދި މަންޗިނީ ވަނީ މި ވަގުތަށް ބަލާއިރު އިޓަލީ އަށް ވުރެ ވަރުގަދަ ދެ ޓީމެއްގެ ނަން ބުނެފަ އެވެ.

"މިސާލަކަށް ބަލަމާ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އެބައޮތް. ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އެބައޮތް. އެ ދެ ޓީމު މި ވަގުތު އޮތީ އެ އުސޫލުން ބަލާއިރު އަހަރެމެންނަށް ވުރެ ކުރީގައި." ކުރިން އިޓަލީ ގައުމީ ޓީމަށް ކުޅުނު މަންޗިނީ ބުންޏެވެ.

ސްވިޒަލެންޑް އަތުން މޮޅުވެގެން އިޓަލީ އަށް މިރޭ ދެ ވަނަ ބުރުގެ ފުރުސަތު ހޯދޭނެ އެވެ. މަންޗިނީ ބުނީ ސްވިޒަލެންޑުން ފުރަތަމަ މެޗުގައި މޮޅެއް ނުލިބި އޮތުމުން މި މެޗަށް ނުކުންނާނީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މޮޅުވުމަށް ކަމަށެެވެ. އެހެންވެ، އިޓަލީން މި މެޗުގައި ކުޅެން ޖެހޭނީ ވަރަށް ސަމާލުވެގެން ކަމަށް މަންޗިނީ ވަނީ ބުނެފަ އެވެ.

"ސްވިޒަލެންޑަކީ އިޓަލީ އަށް ވަރަށް އުނދަގޫ ޓީމެއް. ސްވިޒަލެންޑަކީ ދުނިޔޭގެ ރޭންކިން އަށް ބެލިޔަސް ދަށް ޓީމެއް ނޫން. އެ މީހުންނަކީ ކޯޗުގެ ޕްލޭނާ އެއްގޮތަށް މޮޅަށް ކުޅޭ ޓީމެއް،" މަންޗިނީ ބުންޏެވެ.

އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ވެސް އިޓަލީ މޮޅުވީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

ގަބޫލުކުރަން ޖެހޭނީ އިޓަލީ ބަލިކުރެވޭނެ ކަމަށް: ސްވިޒަލެންޑް

އިޓަލީއާ ދެކޮޅަށް ސްވިޒަލެންޑުން އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ނިމުނީ އެއްވަރު ވެގެންނެވެ. އަދި ސްވިޒަލެންޑުން އެންމެ ފަހުން ޔޫރޯގައި ކުޅުނު ހަތަރު މެޗު ވެސް އެއްވަރުވެގެން ނިމިފައިވާއިރު، ޔޫރޯ ތާރީހުގައި މިހާތަނަށް ޖެހިޖެހިގެން ފަސް މެޗުން އެއްވެސް ޓީމެއް އެއްވަރުވެފައިނުވެ އެވެ.

ސްވިޒަލެންޑްގެ ކެޕްޓަން ޕެޓްކޮވިޗް އެ ޓީމުގެ ޓްރެއިނިން އެއްގެ ތެރެއިން.

އިޓަލީ 2018 ވަނަ އަހަަރުގެ ސެޕްޓެމްބަރު މަހުގެ ފަހުން މެޗަކުން ބަލިވެފައިނުވި ނަމަވެސް ސްވިޒަލެންޑްގެ ކޯޗު ވްލަޑިމީރް ޕެޓްކޮވިޗް ދެކޭގޮތުގައި އެ ޓީމަށް އިޓަލީ ބަލިކުރެވިދާނެ އެވެ.

"އަހަރެމެން އިޓަލީ އަށް ދޭން ޖެހޭ އިހުތިރާމް ދޭނަން. އެކަމަކު އެއީ ކުރަން ޖެހޭ ވަރަށް. އެ މީހުންނަކީ ފޭވަރިޓުން. ހަމައެކަނި މި ގްރޫޕްގެ އެއްވެސް ނޫން. މި މުބާރާތުގެ ފޭވަރިޓުން. އަހަރަމެން އިޓަލީގެ ފެންވަރު ތުރުކީ މެޗުން ވެސް ދެކެފިން،" ޕެޓްކޮވިޗް ބުންޏެވެ.

"އަހަރެމެން ކިބައިގައި އިޓަލީ ހައިރާން ކޮށްލެވޭނެ ފެންވަރު އެބަހުރި. މެޗު އަހަަރެމެންގެ ކޮޅަށް އަނބުރާލަން ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން. ކުރަން ޖެހޭނެ އެއް ކަމަކީ އެޓޭކްކުރާއިރު ތަންކޮޅެއް އަވަހަަށް އެކަން ނިންމާލުން،"

ސްވިޒަލެންޑުން މިދިޔަ އަހަރުތަކުގައި ސްޕެއިނާއި ބްރެޒިލް އަދި އިންގްލެންޑާ ދެކޮޅަށް ވެސް ނަތީޖާ ނެރެފައިވާ ކަމަށާއި މިއީ އިޓަލީއާ ކުޅެން ބަލާއިރު ހިތްވަރު ހޯދިދާނެ މެޗުތަކެއް ކަމަށް ޕެޓްކޮވިޗް ގަބޫލުކުރެ އެވެ.

ތުރުކީ އާއި އިޓަލީ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox