ގަހަނާތައް ވަގަށް ނެގިތާ ހަފްތާއެއް، މީހަކު ހައްޔަރު ނުކުރޭ

ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަަގަށް ގެންދިޔައިރު ހަމައެކަނި ނުގެންދާ ގަހަނާ ކޮޅު. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަަގަށް ގެންދިޔައިރު ހަމައެކަނި ނުގެންދާ ގަހަނާ ކޮޅު. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރަންރިހީގެ މަސައްކަތް ކުރާ، ޖުވެލަރީ ޕެލަސް ފަޅާލައި ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަގަށް ނެގިތާ މިއަދަށް ހަފްތާއެއްވީއިރު އަދި އެ މައްސަލާގައި މީހަކު ހައްޔަރު ނުކުރާ ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ ހަފްތާ އަންގާރަ ދުވަހުގެ ރޭ ކުރި އެ ވައްކަމުގައި ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާގެ ރަންރިހީގެ ސާމާނު ވަނީ ވަގަށް ގެންގޮސްފަ އެވެ. އެ ވައްކަން ކުރުމުގައި ތިން މީހުން އުޅުނުއިރު އޭގެ ތެރެއިން އިސްކޮށް ހުރި މީހާ ދެނެގަނެވިއްޖެ ކަމަށް ވައްކަން ކުރި ދުވަހު ފުލުހުން ބުނެފައިވާ ކަމަށް ޖުވެލަރީ ޕެލަސްގެ ވެރިން ބުނެ އެވެ.

އެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރަމުން އަންނަ ކަމަށާއި އިތުރު ތަފްސީލެއް ނެތް ކަމަށެވެ

ރަންރިހީގެ މަސައްކަތް ކުރާ އެތަނުގެ ހިއްސާދާރު އަހްމަދު ހަލީލް ބުނިގޮތުގައި މީހަކު ހައްޔަރު ނުކުރާތީ ވަގަށް ނެގި ސާމާނުތައް ވިއްކައި ހުސްކުރާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. ކުށުގެ ވެށީގައި އުޅޭ މީހުން މާލޭގެ ބައެއް ސަރަހައްދުތަކުގައި މިފަހުން ރަންރިހީގެ ސާމާނު ވިއްކާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ރަންރިހީގެ މަސައްކަތްތަކަށް ހާއްސަ، ދ. ރިނބުދޫ، ހަލީލް އެ މަސައްކަތް ކުރާތާ 15 ވަރަކަށް އަހަރުވެފައިވާއިރު އޭނާގެ ހިއްސާ އޮންނަ ފިހާރަ ފަޅާލީ ހިތުގެ އޮޕަރޭޝަނެއް ކޮށްގެން މަސައްކަތަށް ނުނިކުމެވި އުޅެނިކޮށެވެ.

ރަންރިހީގެ މަސައްކަތް ކުރާ ހަލީލް އެތަނަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ: ހަތަރު ލައްކައެއްހާ ރުފިޔާގެ ގަހަނާ ވަނީ ވަގަށް ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
ރަންރިހީގެ މަސައްކަތް ކުރާ ހަލީލް އެތަނަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ: ހަތަރު ލައްކައެއްހާ ރުފިޔާގެ ގަހަނާ ވަނީ ވަގަށް ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރަންރިހީގެ މަސައްކަތް ކުރާ ހަލީލް އެތަނަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ: ހަތަރު ލައްކައެއްހާ ރުފިޔާގެ ގަހަނާ ވަނީ ވަގަށް ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

މާފަންނު، ރުވާ މަގުގައި ހުންނަ ރަންރިހީގެ މަސައްކަތް ކުރާ އެތަނުގައި 4،000 އަށް ވުރެ ގިނަ ރުފިޔާ އާއި ރަނާއި ރިހި އޮނގޮޓި އާއި ފަށާއި ކެވެއްޔާއި އެ ނޫން ވެސް ގިނަ ސާމާނު ހުއްޓެވެ. އެ ހުރިހާ އެއްޗެއް ވަނީ ވަގަށް ގެންގޮސްފަ އެވެ.

އެތަނުގައި ގަހަނާ ވިއްކަމުން އައީ ތިޖޫރިއަށް ލައި ތަޅުލާފައި ބެހެއްޓުމުގެ ބަދަލުގައި ޑިސްޕްލޭގައި އަތުރައިގެންނެވެ. ރަންރިހީގެ މަސައްކަތް ކުރަން ގެންގުޅޭ އާލާތްތައް ވަގަށް ނުގެންދެ އެވެ. ވައްކަމުގައި އުޅުނު މީހުންގެ އަތުން މަދު ސްޓޯންތަކަކާއި ރިހި އަނގޮޓިއެއް މުށިތައް މައްޗަށް ވެއްޓިފައި އޮތެވެ.

ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ކަސްޓަމަރުން ހެދުމަށް ގެނެސް ހުރި ރަންރިހީގެ ސާމާނު ވެސް ހިމެނެ އެވެ.

ފިހާރައިގެ ބޭރުގައި ހުރި ސީސީޓީވީގެ ފުޓޭޖުން ފެންނަނީ އަތްދިގު ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ބުރުގާއެއް އަޅައިގެން އައިސް ކެމެރާ އަނބުރާ ތަނެވެ. ދަނޑިބުރިއަކުން ކެމެރާތައް އެނބުރުމަށް ފަހު ފިހާރައިގެ ތެރެއަށް އޭނާ ވަދެ އެވެ. އެތެރޭގައި ކެމެރާއެއް ނެތުމުން އެ މަންޒަރުތަކެއް ފެންނާކަށް ނެތެވެ.

ރަން ރިހީގެ މަސައްކަތަކީ ގިނަ ބައެއްގެ އަގުބޮޑު ގަހަނާ ބަލަހައްޓަން ޖެހޭ ކަމަކަށް ވާތީއާ އެކު އާއްމުކޮށް އެތަނުގެ ތެރޭގައި މީހުން ނިދަން ތިބެ އެވެ. ނަމަވެސް މާލޭގެ ކޮވިޑުގެ ހާލަތުން ދިރިއުޅުމަށް އަސަރުކޮށްފައިވާތީ، އެތަނުގައި ނިދާ މީހުން ވެސް ތިބީ އެކި ކަންކަމުގައި ރަށުން ބޭރުގަ އެވެ. އެހެންވެ މީހަކު އެތަނުގައި ނުނިދާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox