އޮސްޓްރޭލިއާ ސަރުކާރަށް ޕްރެޝަރު ބޮޑުވެ ރެފިއުޖީ އާއިލާ މިނިވަންކޮށްފި

ޕްރިޔާ އާއި އޭނާގެ ދަރިފުޅު ތަރްނިކާ.-- ފޮޓޯ: ހޯމް ޓު ބިލޯ

ޕްރިޔާ އާއި އޭނާގެ ދަރިފުޅު ތަރްނިކާ.-- ފޮޓޯ: ހޯމް ޓު ބިލޯ

ބްރިޒްބޭން، އޮސްޓްރޭލިއާ (ޖޫން 15) - އާއްމުންގެ ޕްރެޝަރު ބޮޑުވެ، އޮސްޓްރޭލިއާގައި ބަންދުކޮށްފައި ތިބި ރެފިއުޖީ އާއިލާއެއް މިނިވަން ކުރަން ސަރުކާރަށް މަޖުބޫރުވެއްޖެ އެވެ.

ސްރީ ލަންކާއަށް ޑީޕޯޓް ކުރުމުގެ ބިރާ ކުރިމަތިވެފައިވާ މުރުގައްޕަން އާއިލާގެ ހަތަރު މެމްބަރުން އޯގަސްޓް 2019 އިން ފެށިގެން ތިބީ ކްރިސްމަސް އައިލެންޑުގެ މީހުން ބަންދު ކުރާ މަރުކަޒެއްގަ އެވެ.

އެ އާއިލާ ހައްޔަރު ކުރުމުގެ ކުރިން ދިރިއުޅެމުން އައީ ކުއީންސްލޭންޑުގެ ބިލޮއެލާ އަވަށުގަ އެވެ. އެ އާއިލާ ބަންދު ކުރުމާއެކު އެ މީހުންގެ އަވައްޓެރި އަންނަނީ ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.

ސަރުކާރަށް އިތުރަށް ޕްރެޝަރު ބޮޑުވީ އެ އާއިލާގެ އުމުރުން ހަތަރު އަހަރުގެ ތަރުނިކާ ބަލިވެގެން، ހެލިކޮޕްޓަރުގައި ފަރުވާއަށް ޕާތު ހޮސްޕިޓަލަށް ގެންދަން ޖެހުމުންނެވެ.

ތަރުނިކާއަށް ފަރުވާ ދޭން ޖެހުނީ ހުން އައިސް، ހޮޑުލައި، ބޯ އެނބުރުން ފަދަ ކަންކަން ދިމާވާތީ އެވެ. އޭނާއަށް ސެޕްސިސް އަދި ނިއުމޯނިއާ ޖެހިފައިވާ ކަމަށް ޑޮކްޓަރުން ވަނީ ކަނޑައަޅާފަ އެވެ.

ތަރުނިކާގެ މަންމަ ޕްރިޔާ ބުނީ އެންޓިބަޔޮޓިކް ފަރުވާ ދިނުމަށް ނުވަތަ ހޮސްޕިޓަލަކަށް ގެންގޮސް ދިނުމަށް އެދުނު ނަމަވެސް ރެފިއުޖީން ތިބޭ ސެންޓަރުގެ ޑޮކްޓަރުން ދިނީ ޕެރެސެޓަމޯލް ފަދަ ބޭސްތައް ކަމަށެވެ.

ފަރުވާއަށް ފޮނުވީ ވެސް ބަލިވެ އުޅޭތާ 10 ދުވަސް ފަހުން ކަމަށް ބުނެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ މީހުންގެ ފާޑުކިޔުން ވެސް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.

ސަރުކާރަށް ޕްރެޝަރު ބޮޑުވެ، އެންމެ ފަހުން ނިންމާފައި ވަނީ ޕްރިޔާ އާއި އޭނާގެ ފިރިމީހާ ނާދޭސް އަދި ދެ ދަރިން، ތަރުނިކާ އާއި ކޮޕީކާއަށް ވަގުތީ ގޮތުން ޕާތުގައި ދިރިއުޅެވޭނެ ގޮތް ހެދުމަށެވެ.

އިމިގްރޭޝަން މިނިސްޓަރު އެލެކްސް ހޯކް ވިދާޅުވީ ގާނޫނީ ގޮތުން މައްސަލަ ކުރިއަށް ދާއިރު ޕާތުގައި އެ އާއިލާއަށް ދިރިއުޅެވޭނެ ކަމަށެވެ.

ހިޖުރަ ކުރީ ރައްކާތެރިކަން ހޯދަން

ލަންކާގެ ތަމަޅަ ރެފިއުޖީންގެ ގޮތުގައި ތަރްނިކާގެ މަންމަ އާއި ބައްޕަ ވަކިވަކިން އޮސްޓްރޭލިއާއަށް ދަތުރު ކުރީ 2012 އައި 2013 ގައި ކަނޑު މަގުންނެވެ.

އެ މީހުން ވަޒަންވެރިވީ ކުއީންސްލޭންޑްގެ ބިލޮއެލާ އަވަށުގަ އެވެ. އެ މީހުންގެ ދެ ދަރިން، ތަރްނިކާ އާއި އުމުރުން ހަ އަހަރުގެ ކޮޕީކާ ވެސް އުފަންވީ އޮސްޓްރޭލިއާ އަށެވެ.

ނަމަވެސް އެ މީހުންނަކީ ގަވާއިދާ ހިލާފަށް އައި ރެފިއުޖީން ކަމަށް ބަލައި، އޮސްޓްރޭލިއާ ސަރުކާރުން ބޭނުންވީ ގައުމުން ބޭރު ކުރުމަށެވެ.

އެކަމަކު 2019 ގައި ކޯޓުން އެންގީ އެ މީހުން ގައުމުން ބޭރު ނުކުރެވޭނެ ކަމަށެވެ. އެއާއެކު އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑުގައި ރެފިއުޖީން ބަންދު ކުރާ މަރުކަޒަށް އާއިލާ އެއްކޮށް ބަދަލު ކުރީ އެވެ.

ރެފިއުޖީންނާ މެދު އޮސްޓްރޭލިއާއިން ގެންގުޅެނީ ހަރުކަށި ސިޔާސަތެކެވެ. އެގޮތުން ކަނޑުމަގުން ބޯޓުގައި އަންނަ ރެފިއުޖީންނަށް ރައްކާތެރިން ދިނުމަކީ އޮންނަ އުސޫލެއް ނޫނެވެ.

ސަރުކާރުން ބުނަނީ އޭގެ ބޭނުމަކީ އިންސާނުން ޓްރެފިކް ކުރުން ހުއްޓުވުން ކަމަށެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ދެކޭ ގޮތުގައި އެއީ ގާނޫނާ ހިލާފު އަދި ރެފިއުޖީންގެ ހައްގުތަކާ ހިލާފު އުސޫލެކެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެވާ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރު އިމިގްރޭޝަނުން ގާނޫނުން އޮވެ އެވެ. އޭގެ ސަބަބުން މި އާއިލާ ފަދަ ގިނަ ބަޔަކު ތިބީ ރެފިއުޖީން ބަންދު ކުރާ މަރުކަޒުތަކުގަ އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް އަހަރުތަކެއް ވަންދެން މީހުން ބަންދު ކުރާ ތަންތަނުގައި ރެފިއުޖީން ބައިތިއްބާތީ އދ. އާއި އެހެން ފަރާތްތަކުން ފާޑުކިޔާފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިންގަޕޫރު ކައިރިން ކާގޯ ބޯޓަކާއި މަސްބޯޓެއް ޖެހިއްޖެ

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ނުވަތަ މީހަކު މަރުވި ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ. ކަމާބެހޭ އިދާރާތަކުން މި ހާދިސާއާ ގުޅޭ ރަސްމީ މައުލޫމާތެއް އަދި ހާމަކޮށްފައި ނުވާއިރު، ދެ އުޅަނދު ޖެހެން މެދުވެރިވި ސަބަބެއް ކަށަވަރެއް ނުވެ އެވެ.

ސްކޫލުގައި މޫނުބުރުގާ މަނާކޮށް، ބޭރު ދަރިވަރުން މަދުކުރަނީ

އިޓަލީގެ ސްކޫލްތަކުގައި މޫނުބުރުގާ އެޅުން މަނާކުރުމަށާއި، ކޮންމެ ކްލާހެއްގައި ތިބެވޭނެ ބޭރު ދަރިވަރުންގެ އަދަދު ވަކި މިންވަރަކަށް ކަނޑައެޅުމަށް އެ ގައުމުގެ ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ. ބޮޑުވަޒީރު ޖޯޖިއާ މެލޯނީ އިޢުލާންކުރެއްވި މި ސިޔާސަތުގެ ދަށުން، ބޭރު ދަރިވަރުންގެ ބެލެނިވެރިން އިޓަލީ ބަސް ދަސްކުރުން ލާޒިމުކުރުމާއި، ހިޖުރަވެރިން މުޖުތަމައަށް ލާމެހުމަށް ބާރުއެޅުން ހިމެނެއެވެ.

އެމެރިކާއިން ހާލަތު ގޯސްކޮށްފި ނަމަ ބަދަލުހިފާނަން: އީރާން

އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ، އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ބަދަލުހިފުމުގެ ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. މި ނުތަނަވަސްކަމާ ގުޅިގެން އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އަންގައި ސަލާމަތީ އިންޒާރު ނެރެފައެވެ. ސަރަހައްދީ މަސްރަހު ގޯސްވަމުންދާއިރު، މީގެ ނޭދެވޭ އަސަރު ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ވެސް ދަނީ ކުރަމުންނެވެ.

ހެރީ އާއި މޭގަންއަށް ކުރިމަތިވަނީ ޑަޔާނާގެ ހިތްދަތި ތަޖުރިބާ

އަމީރު ހެރީ އާއި މޭގަންއާ މެދު މީޑިއާއިން އަމަލުކުރަމުންދަނީ ޑަޔާނާއާ މެދު ވެސް އަމަލުކުރި ފަދަ އިހާނެތި ގޮތަކަށް ކަމަށް ވިދާޅުވެ، ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ޑަޔާނާގެ ހިތްދަތި ހާދިސާއިން މީޑިއާތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށާއި، މިފަދަ ނުރައްކާތެރި އަމަލުތަކުގެ ސަބަބުން އިންސާނުންގެ ދިރިއުޅުން ހަލާކުވަމުންދާ ކަމަށެވެ.

ހޫތީންގެ ހަމަލާތަކުން ސައުދީ ދިފާއުކުރަން ތުރުކީ އޮތީ ތައްޔާރަށް

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން އެ ގައުމު ދިފާއުކުރުމަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ތުރުކީ އޮތީ ތައްޔާރަށް ކަމަށް އެ ގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ. މި އެހީތެރިކަން ފޯރުކޮށްދެނީ ތުރުކީ، ސައުދީ އަދި ޕާކިސްތާނުގެ މެދުގައި ސޮއިކޮށްފައިވާ "މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް" ގެ ދަށުންނެވެ. ހޫތީންގެ ހަމަލާތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިއަށާއި ވިޔަފާރިއަށް ނުރައްކާވަމުންދާއިރު، އެމެރިކާއިން ވަނީ ސައުދީއަށް އަސްކަރީ އެހީ ދިނުމަށް އިންކާރުކޮށްފައެވެ.

ރިޔާދަށް ބެލިސްޓިކް މިސައިލް ފޮނުވި ކަމަށް ހޫތީން ބުނެފި

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދަށާއި ތެޔޮ މަރުކަޒުތަކަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފި އެވެ. މި ހަމަލާތަކުގެ ތެރެއިން ބައެއް މިސައިލްތައް ސައުދީން ވައިގެ ތެރޭގައި ގޮއްވާލާފައިވާއިރު، މި ހާދިސާއާ ގުޅިގެން ރިޔާދުގެ ވައިގެ ދަތުރުފަތުރަށް ބުރޫއަރައި އެމެރިކާއިން ވަނީ އެ ސަރަހައްދުގައި ތިބި އެ ގައުމުގެ ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެޑް ޝީރަން އާއްމުންގެ ކިބައިން މައާފަށް އެދެފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި މެކްލްމޯ ޓުއާއިން ވަކިކުރުމާ ގުޅިގެން ކުރިމަތިވި ފާޑުކިޔުންތަކާ ހެދި، އެޑް ޝީރަން އާންމުންގެ ކިބައިން މައާފަށް އެދިއްޖެއެވެ. ޝީރަން ބުނީ މެކްލްމޯ ވަކިކުރީ ޕްރޮމޯޓަރުން ކަމަށާއި، މި މައްސަލައިގައި އޭނާއަށް ގޯސްތަކެއް ހެދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މީގެ އިތުރުން، އޭނާގެ މިއުޒިކަކީ ސިޔާސީ ކަމަކަށް ވުރެ ބޮޑަށް އެއްބައިވަންތަކަން ރަމްޒުކޮށްދޭ އެއްޗަކަށް ހަދަން ބޭނުންވާ ކަމަށްވެސް އޭނާ ހާމަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox