ފާޑުކިޔުންތަކަށް ހިސާން ދެއްވީ ވަރުގަދަ ރައްދެއް؛ މުސްލިމަކު ކާފަރުކުރުން ދީނާ ހިލާފު!

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މަޖިލީހުގެ ޖަލްސާއެއްގައި. -ފޮޓޯ: މަޖިލިސް

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހު، ސީދާ އެ ބިލު ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިނަށް ނިސްބަތްކޮށް، އަމާޒުކޮށްފައިވާ ފާޑުކިޔުންތަކަށް އޭނާ މިއަދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ހިސާން ހުށަހެޅުއްވި އިސްލާހުގައި ވަނީ ގާނޫނުލްއުގޫބާތަށް ނަފްރަތުގެ އަމަލު ހިންގުމުގެ ކުށުގެ މާއްދާއެއް އިތުރުކުރަން ހުށަހަޅާފަ އެވެ.

އެއާއެކު ގިނަ ދީނީ އިލްމުވެރިން ވެސް ހިމެނޭ ގޮތަށް ގިނަ ބައެއްގެ ފާޑުކިޔުން ހާއްސަކޮށް ހިސާނަށް ވަނީ އަމާޒުވެފަ އެވެ.

އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާކުރުން މުޖުތަމައުގެ ތެރޭގައި އާއްމުވެފައިވާއިރު، އެ ބިލަކީ އެފަދަ މީހުން ހިމާޔަތްކުރަން ސަރުކާރުން ފަރުމާކުރާ ހަތިޔާރެއްގެ ގޮތުގައި ސިފަކުރަމުންނެވެ.

ނަމަވެސް، އެ ބިލު މިއަދު މަޖިލީހަށް ތައާރަފު ކުރައްވަމުން ހިސާން ވިދާޅުވީ އެކިއެކި އިޖުރާތުތަކުގެ ތެރެއިން، ކުށް ކަޑައެޅުމާއި، ކުށްވެރިކުރުމާއި، ކުށުގެ މައްސަލަ ބެލުން، އެއީ ދައުލަތުން ކުރާ މަސައްކަތެއް ކަމަށެވެ.

"އެ ކަންކަން ކުރަން ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުންވާނީ، ނިޒާމް ގެއްލި، ގާނޫނު އަތްމައްޗަށް ނަގައި، މުޅި މުޖްތަމައުގެ އަމަންއަމާންކަން ގެއްލިގެން ދާނެކަމަކަށް،" ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ ދީނުގެ ނަމުގައި ނަފްރަތުގެ ބަސްތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ކުށެއްނެތް އެތައް ބަޔެއްގެ ލޭ ހުއްދަވާކަމަށް ބުނެ، ގާނޫނުގެ ބޭރުން މީހުން މެރުން ފަހަކަށް އައިސް އިތުރުވެފައިވަނީ އެ ސަބަބާހެދި ކަމަށާއި، އެއީ އިސްލާމް ދީނާ ހިލާފު އަދި ދިވެހިން ވެސް އެދޭ ކަމެއް ނޫން ކަމަށެވެ.

މި ބިލު ހުށަހެޅުމުން، މިއީ އިސްލާމް ދީނަށް ފުރައްސާރަކުރަން ހިތްވަރުދޭ ބިލެއްގެ ގޮތުގައި ސިފަކުރަނީ ގަސްދުގައި ރައްޔިތުންނަށް އޮޅުވާލަންކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން، އިސްލާމް ދީނަށް ހަޖޫޖަހައި ފުރައްސާރަކުރުމަކީ 2015 ވަނަ އަހަރުން ފެށިގެން ގާނޫނުލްއުގޫބާތުގައި ޖިނާއީ ކުށެއް ކަމަށް ބަޔާންކޮށްފައިވާ ކަމެއް ކަމަށެވެ.

"އިސްލާމް ދީނަށް ހަޖޫޖެހުން ހުއްދައެއްނޫން. އިސްލާމް ދީނާށް ފުރައްސާރައެއް ނުކުރެވޭނެ. އިސްލާމް ދީނަށް ކުޑައިމީސް ބަހެއްވެސް ނުބުނޭވެ. މި ހަގީގަތް މިވަނީ ބަޔަކު ގަސްތުގައި އޮޅުވާލަން އުޅެފަ،" ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާއަށް އިޝާރާތް ކުރައްވައި ހިސާން ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރައްވައި ހިސާން ވިދާޅުވީ މި ބިލުގެ މަގުސަދަކީ ސޯޝަލް މީޑިއާ ނުވަތަ އިންޓަނެޓް ބޭނުންކޮށްގެން އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި އިސްލާމް ދީނަށް ފުރައްސާރައަކަށްވެދާނޭ ފަދަ އެއްޗެއް ބުނުމަކީ ކުށެއްކަމަށް ހެދުން ކަމަށެވެ.

އެ ނުކުތާއަށް ބާރު ދެއްވަމުން، ހިސާން ވަނީ އިމާމް ބުހާރީގައި އައިސްފައިވާ އުސާމާ ބިން ޒައިދުގެ ހާދިސާއަށް އިޝާރާތް ކުރައްވައި، މުސްލިމެއްގެ ހިތުގައި އޮންނަ ނިޔަތް ނޭނގޭނަމަ އެ މީހަކު ކާފަރު ކުރުމަކީ ދީނާ ހިލާފުކަމެއް ކަން ފާހަގަކުރައްވައިފަ އެވެ.

"ބުނެވުނު މީހާ އެއީ ކާފަރަކަށް ނުވާނަމަ، އެ ބުނި މީހާ ކާފަރަކަށް ވެގެން ދާނެ. އެހެންވީމާ، ތިމާ ލާދީނީ ނޫން މީހަކާ ދިމާއަށް ލާދީނީއޭ ބުނެފިނަމަ، ތިމާއަކީ ލާދީނީ މީހަކަށް ނުވެ ހުންނާނެތޯ؟

އިތުރަށް ވިދާޅުވީ މި ބިލުން އުފައްދާ ކުށަކީ ނަފުރަތު އުފެއްދުންކަމަށްވާއިރު، އެއީ ހަމައެކަނި ދީނާ ގުޅުވައިގެނެއް ނޫން ކަމަށާއި އެމީހާ އުފަންވި ގައުމަށް، ހަމުގެ ކުލައަށް، ޖިންސަށް ނުވަތަ ނަސްލަށް ބަލައިގެންވިޔަސް މީހަކާމެދު ނަފްރަތު އުފެއްދުން މި ބިލުން މަނާކުރާ ކަމަށެވެ.

އަދި ނުރަނގަޅު މަގަކުން މީހަކު ދާނަމަ ނުވަތަ މީހެއްގެ އަގީދާ ބަލިކަށިވެއްޖެކަން އެގިއްޖެނަމަ، އެކަން ފާހަގަކޮށް އެމީހަކަށް ހެޔޮ ނަސޭހަތް ދިނުން މި ބިލުން މަނާ ނުކުރާކަން ވެސް ފާހަގަކުރެއްވި އެވެ.

ބިލުން ގެންނަނީ ކޮން ބަދަލެއް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލުގައި އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެއްގެ ގޮތުގައި އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

އަދި އެފަދަ އަމަލެއް ހިންގުމާއެކު މީހަކާ ދެކޮޅަށް އަނިޔާވެރިވާން ގޮވާލުމާއި، ހިތްވަރު ދިނުމުގެ އިތުރުން ބައިވެރިވުމަކީ ވެސް ކުށެކެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ.

އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ.

އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވަނީ، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ޓެރަރިސްޓު ހަމަލާ ދިނުމަކީ އެމަނިކުފާނާ މެދު ނަފްރަތު އުފައްދަން ކުރާ މަސައްކަތުގެ ނަތީޖާ ކަމަށް މަޖިލީހުގައި އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ވިދާޅުވަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox