ޕޮލެންޑް ބަލިކޮށް ސްލޮވާކިއާ ފެށުން ވަރުގަދަ ކޮށްފި

Jun 14, 2021, 5:52 PM
ލަނޑު ޖެހުމަށް ފަހު ސްލޮވާކިއާގެ ސްކްރިނިއޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސްލޮވާކިއާގެ ސްކްރިނިއޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕީޓާސްބާގް، ރަޝިއާ (ޖޫން 14) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހު ކޮޅުގައި ކުޅުނު ޕޮލެންޑް 2-1 އިން ބަލިކޮށް ސްލޮވާކިއާ އިން މުބާރާތުގެ ފެށުން ވަރުގަދަކޮށްފި އެވެ.

މީގެ ކުރިން ސްލޮވާކިއާ އިން ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅެއް ނުލިބެ އެވެ. އެ ޓީމުން ހަމައެކަނި ވާދަކުރީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގަ އެވެ. ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ނިއު ޒީލެންޑާ އެއްވަރުވިއިރު، ޔޫރޯ ފުރަތަމަ މެޗުން ވަނީ ވޭލްސް އަތުން ބަލިވެފަ އެވެ. މިރޭގެ މެޗަކީ ޔޫރޯގައި ސްލޮވާކިއާ އިން ހޯދި ދެ ވަނަ މޮޅެވެ. އެ ޓީމުން މީގެ ކުރިން ޔޫރޯގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުވީ ރަޝިއާ އަތުން އެކަންޏެވެ.

ރަޝިއާގެ ކްރެސްޓޯވްސްކީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފަށައިގެން ސްލޮވާކިއާ އިން ދިޔައީ މެދުތެރެއިން ބޯޅަ އަވަސްކޮށްގެން އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. ޕޮލެންޑުން އެ ޓީމުގެ ކެޕްޓަން ރޮބަޓް ލެވަންޑޯސްކީ އަށް ބޯޅަ ދީގެން ފުރުސަތު ތަނަވަސް ކުރެވޭތޯ ބަލަމުންދިޔަ ނަމަވެސް ސްލޮވާކިއާގެ ޑިފެންޑަރު މިލާން ސްކްރިނިއާ ދިޔައީ ލެވަންޑޯސްކީ ހުއްޓުވުމުގައި ކުރި ހޯދަމުންނެވެ. އެ ގޮތުން މެޗުގެ ކުރީކޮޅުގައި ލެވަންޑޯސްކީ ޖެހި ޝޮޓެއް ވަނީ ބްލޮކްކޮށްފަ އެވެ.

މެޗުގެ 12 ވަނަ މިނިޓްގައި ސްލޮވާކިއާގެ އޮންދްރެއީ ޑޫޑާ ޖެހި ޝޮޓެއް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ހަތް މިނިޓް ފަހުން ސްލޮވާކިއާ އިން ލީޑުނެގީ ޕޮލެންޑްގެ ގޯލްކީޕަރު ވޮޒްޝިއޭ ޝެޒްނީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ޖެހި މި ގޯލުގެ ކްރެޑިޓް ދޭން ޖެހޭނީ ސްލޮވާކިއާގެ ރޮބާޓް މަކް އަށެވެ. ޕޮލެންޑްގެ ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު އޭރިއާތެރެއަށް ވަދެ މަކް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފައި ކީޕަރު ޝެޒްނީ ގައިގައި ޖެހިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ޕޮލެންޑްގެ ގޯލްކީޕަރު ޝެޒްނީ.-- ފޮޓޯ: އޭއެފްޕީ

މިއީ ޔޫރޯ ތާރީހުގައި ކީޕަރެއް އަތުން ބައިކޮޅަށް ގޯލެއް ވަން ފުރަތަމަ ފަހަރެވެ. ޝެޒްނީ އަށް ބޭނުންނުވާ ރެކޯޑެއް ގާއިމްކުރެވުނީ އެވެ. ޔޫރޯގެ ފުރަތަމަ މެޗުތަކުގައި ޕޮލެންޑްގެ ކީޕަރު ޝެޒްނީގެ ނަސީބު ދެރަ އެވެ. ޕޮލެންޑުން 2012 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުގައި ގްރީސްއާ ދެކޮޅަށް ޝެޒްނީ އަށް ރަތް ކާޑެއް ދެއްކިއިރު، 2016 ވަނަ އަހަރުގެ ޔޫރޯ ފުރަތަމަ މެޗުގައި ނޮދަން އަޔަލެންޑާ ދެކޮޅަށް ޕޮލެންޑް ކުޅުނު މެޗުގައި ޝެޒްނީ އަށް އަނިޔާވެގެން ޖެހުނީ ބަދަލުކުރާށެވެ.

ފުރަަތަމަ ހާފުގައި ޕޮލެންޑްގެ ލެވަންޑޯސްކީ އާއި ޕިއޮޓްރޭ ޒިއެލިންސްކީ އަދި ގްރެގޯ ކްރިކޯވިއަކް ފޮނުވާލި ހަަމަލާތައް ގޯލާ ސީދާވާ ގޮތެއްނުވި އެވެ. ފުރަތަމަ ހާުފުގައި ސްލޮވާކިއާގެ ގޯލްކީޕަރު މާޓިން ޑުބްރާވްކާގެ ގޯލަށް މާ ނުރައްކާތެރި ހަމަލާތަކެއް ފޮނުވައެއް ނުލެވެ އެވެ.

އެކަމަކު ދެ ވަނަ ހާފްގެ ކުޅުން ފެށިގެން މިނިޓެއް ވެސް ނުވަނިސް އެ ހުރިހާ ކަމެއް ބަދަލުވި އެވެ. ޕޮލެންޑުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިއާތެރެއިން މަސިއެޖް ރީބަސް ދިން ބޯޅައަކުން މި ގޯލު ޖެހީ ކެރޯލް ލިނޭޓީ އެވެ. ލިނޭޓީ އަށް އެންމެ ރަނގަޅަށް އެ ބޯޅަ ފޮނުވާނުލެވުނު ނަަމަވެސް ކީޕަރު ޑުބްރާވްކާ އަތުގައި ރަނގަޅަށް ނުޖެހި ބޯޅަ ގޯލަށް ވަނީ އެވެ.

ލެވަންޑޯސްކީ (ވ) ފޮނުވާލާ ބޯޅަ ސްކްރިނިއާ ބްލޮކްކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނަތީޖާ ހަމަހަމަ ކުރުމަށް ފަހު ޕޮލެންޑުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެން ފެށި އެވެ. އަދި ސްލޮވާކިއާ އޭރިއާތެރެއިން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަން ފެށި އެވެ. އެކަމަކު އެ ޓީމަށް މައްސަލަ ދިމާވީ 63 ވަނަ މިނިޓްގައި ކްރިކޯވިއަކް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ.

ޕޮލެންޑުން ކުޅުންތެރިއަކު މަދުވިތާ ހަ މިނިޓް ތެރޭ ސްލޮވާކިއާ އިން ދެ ވަނަ ފަހަރަށް ލީޑުނެގި އެވެ. ކޯނަރަކުން އޭރިއާތެރެއިން ލިބުނު ބޯޅައެއް ކޮންޓްރޯލް ކޮށްލުމަށް ފަހު ޑިފެންޑަރު ސްކްރިނިއާ ވަނީ ގޯލުގެ ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ. މިއީ ސްލޮވާކިއާގެ ވާދަވެރި މެޗުތަކުގައި ސްކްރިނިއާ ޖެހިޖެހިގެން ލަނޑު ޖެހި ތިން ވަނަ މެޗެވެ. އޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މާޗް މަހު ރަޝިއާ އާއި މަލްޓާ ކޮޅަށް ގޯލު ޖަހައިފަ އެވެ.

މެޗުގެ ފަހު ކޮޅު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ނަމަވެސް ބަދަލުތަކެއް ގެނެސްގެން ޕޮލެންޑުން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ.

ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެންމެ ފަހުން ޕޮލެންޑް ވާދަކުރި 10 ފަހަރުގެ ތެރެެއިން ފުރަތަމަ މެޗުން މޮޅެއް ލިބުނީ އެންމެ ފަހަރަކު އެވެ. ފަސް މެޗުން ބަލިވިއިރު، ހަތަރު މެޗުން ވަނީ އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox