ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ކުޅުންތެރިންނަށް އެލަވަންސް ލިބޭނެ: މަހްލޫފް

ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ކުޅުންތެރިންނަށް އެލަވަންސް ލިބޭނެ: މަހްލޫފް

ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ގައުމީ ޓީމުތަކަށް ކުޅޭ ކުޅުންތެރިންގެ އެލަވަންސް ވެސް މިހާރު ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ގޮތެއް ނިންމަންދެން ޔޫތު މިނިސްޓަރު މަހުލޫފު މަސައްކަތް ތަކުން އެކަހެރި ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވައިފަ އެވެ.

މިއަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައިވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އެލަވަންސްތައް ބަރާބަރަށް ގަވާއިދުން ލިބުމުގެ މައްސަލަ އަށް ހައްލު ހޯދާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"ގައުމީ ޓީމު ކުޅުންތެރިންގެ ފަރާތުން ލިބުނު އެންމެ ބޮޑު އެއް ޝަކުވާ އަކީ އެލަވަންސް މަހުން މަހަށް ނުލިބި ލަސްވާ މައްސަލަ، 6 މަސް ވެސް ލަސް ވެފަ އެބަހުރި،" މަހުލޫފް ޓްވީޓް ކުރެއްވި އެވެ.

"ނަމަވެސް ސަރުކާރު މުވައްޒަފުންނަށް މުސާރަ ޖަމާވާ ދުވަހު ކުޅުންތެރިންގެ އެލަވަންސް ވެސް އޭޕްރީލް މަހުން ފެށިގެން މިހާރު ޖަމާވާނެ،"

މި ސަރުކާރުން ވަނީ ކުޅިވަރު ކުޅުންތެރިންނަށް މީގެ ކުރިން އެލަވަންސް ދެމުން އައި ގިންތިތައް އުވާލައިފަ އެވެ. އަދި ހުރިހާ ކުޅުންތެރިންނަށް ވެސް އެއްވަރަށް އެލަވަންސް ލިބޭ ގޮތަށް ހަމަޖެއްސި އެވެ. އެއީ މަހެއްގެ މައްޗަށް 5000 ރުފިޔާ އެވެ.

މިދިޔަ އަހަރު މެއި މަހު ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މަހުލޫފް ވިދާޅުވީ މަހެއްގެ މައްޗަށް ގައުމީ ޓީމުތަކުގެ 328 ކުޅުންތެރިންނަށް ގާތްގަނޑަކަށް 1.4 މިލިއަން ރުފިޔާ ހަރަދުކުރާ ކަމަށެވެ.

މީގެ ކުރިން ޔޫތު މިނިސްޓްރީން ކުޅުންތެރިންގެ އެލަވަންސް ޖަމާކުރަމުން އަންނަނީ އެސޯސިއޭޝަންތަކުން ލިސްޓު ފޮނުވުމުންނެވެ. އެކަމަކު އޭރު އެންމެ އެކަށީގެންވާ ސްޕީޑެއްގައި އެކަން ކުރިއަށް ނުދެ އެވެ. މިހާރު އަމަލުކުރަމުން އަންނަ ގޮތަކީ ކޮންމެ މަހެއްގެ 15 ވަނަ ދުވަހުގެ ކުރިން އެސޯސިއޭޝަންތަކުން ޔޫތު މިނިސްޓްރީ އަށް ލިސްޓު ފޮނުވާން ޖެހޭނެ އެވެ. އޭރުން މިނިސްްޓްރީގެ މުވައްޒަފުންގެ މުސާރައާ އެކު ގައުމީ ކުޅުންތެރިންގެ އެލަވަންސް ވެސް ލިބޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox