ޔޫރޯ 2020 ފުޓުބޯޅަ މުބާރާތް ގޭގައި ތިބެގެން ބަލާލަން އެންމެ ފައްކާ "ހައިސެންސް" ބްރޭންޑުގެ މުޅިން އާ މޮޑެލްތަކެއްގެ ޓީވީތަކެއް ރެޑްވޭވުން ތައާރަފުކޮށްފި އެވެ.
ޔޫރޯ މުބާރާތުގެ ރަސްމީ ޓީވީ ޕާޓްނާ ހައިސެންސްގެ ބްރޭންޑްގެ ގިނަ މޮޑެލްތަކެއްގެ ޓީވީ މިހާރު ވެސް ރެޑްވޭވުން ލިބެން ހުރެ އެވެ. އަދި މިއީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ކޮލިޓީ ރަނގަޅު ބްރޭންޑެކެވެ.
އަލަށް ތައާރަފުކުރި މޮޑެލްތަކާ ގުޅޭގޮތުން ރެޑްވޭވުން ބުނީ މިފަހަރު މާކެޓަށް ތައާރަފުކުރާ މޮޑެލްތަކަކީ "އަޕްގްރޭޑް ސްކުއަޑް" ސީރީޒްގެ ޓީވީތައް ކަމަށެވެ. މި މޮޑެލްތައް ރެޑްވޭވުން މާކެޓަށް ދޫކޮށްލަނީ ވަރަށް ހާއްސަ އަގުތަކެއްގަ އެވެ. އަގުތައް ފެށެނީ އެންމެ 1،990ރ. އަށެވެ.

ރެޑްވޭވް އަޕްގްރޭޑް ސްކޮޑްގެ ދަށުން ކަސްޓަމަރުންނަށް ލިބޭ އަޮފާތައް
އަލަށް ގެނައި މޮޑެލްތަކުގެ އިތުރުން ކުރިން ހުރި މޮޑެލްތަކުގެ އާ ސްޓޮކް ރެޑްވޭވުން ވަނީ ގެނެސްފަ އެވެ. އެގޮތުން 32 އިންޗީގެ ޓީވީތަކުން ފެށިގެން 100 އިންޗީގެ ޓީވީ ވެސް ރެޑްވޭވުން ލިބެން އެބަހުއްޓެވެ.
ރެޑްވޭވުން ބުނީ ޓީވީތައް އިތުރަށް ބަލާލަން ބޭނުމިއްޔާ ރެޑްވޭވްގެ އައުޓްލެޓަކަށް ޒިޔާރަތްކޮށްލައިގެން ވިޔަސް ނޫނީ ގޭގައި ތިބެ https://redwave.mv މައުލޫމާތުތައް ބަލާލުމަށްފަހު އޯޑަރުކޮށްލެވޭނެ ކަމަށެވެ.

ރެޑްވޭވް އޮންލައިންގެ ޓީޥީ ސެކްޝަން: ރެޑްވޭވްގެ ޓީވީ އޮފާތައް އޮންލައިންކޮށް ވެސް ކަސްޓަމަރުންނަށް ލިބޭނެ
ހައިސެންސް ޓީވީއަކީ ޑައިނެމިކް ރޭންޖް އަދި ސްމޫތް މޯޝަން ރޭޓް މަތި، މަންޒަރުތައް ފުސްކަމެއް ނެތި ވަރަށް ސާފުކޮށް އަދި އަލިދަގަކޮށް ދައްކުވައިދޭ ޓިވީއެކެވެ. އަދި، ހައިސެންގެ ޔޫއެޗްޑީ އަދި ކިއުލެޑްގެ ޓީވީތަކަކީ އޭގެ ކޮލިޓީއާއި މަންޒަރުގެ ދެވަނައެއް ނުވާފަދަ ދުނިޔޭގައި ނަން މަޝްހޫރު މޮޅު ޓީވީތަކެކެވެ.
މިއީ ހައި ކޮލިޓީ ފިލްމުތަކާއި ގްރެފިކްސް ހައި ގޭމްތައް ކުޅެލަން އެންމެ ފައްކާ އޮޕްޓިމައިޒޭޝަންގައި ހަދާފައި ހުންނަ ޓީވީއެކެވެ.











