ޔޫރޯ 2020: ޑިބްރޭނާ އަށް މިރޭ ރަޝިއާއާ ދެކޮޅަށް ނުކުޅެވޭނެ

Jun 12, 2021, 5:35 AM
ބެލްޖިއަމްގެ މެޗެއްގެ ތެރެއިން ޑިބްރޭނާ.

ބެލްޖިއަމްގެ މެޗެއްގެ ތެރެއިން ޑިބްރޭނާ.

ޕީޓާސްބާގް، ރަޝިއާ (ޖޫން 12) - ޗެމްޕިއަންސް ލީގުގެ ފައިނަލުގައި މެންޗެސްޓާ ސިޓީ އަށް ކުޅެމުން ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ލޯ ކައިރިއަށް ލިބުނު އަނިޔާއިން އެއްކޮށް ރިކަވާ ވެވުނަސް ޕްރެކްޓިސް މަދުވުމުން, މި ފަހަރުގެ ޔޫރޯގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި ޑިބްރޭނާ އަށް މިރޭ ރަޝިއާއާ ދެކޮޅަށް ނުކުޅެވޭނެ އެވެ.

ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެ ވަަނަ ފަހަރަށް ހޯދި ޑިބްރޭނާ އަށް ލިބުނު އެ އަނިޔާ އަށް ފަރުވާ ހޯދަން ކުޑަ އޮޕަރޭޝަނެއް ކުރި އެވެ. އޭގެ ފަހުން ދެ ދުވަސްތެރޭ ޓީމާ ގުޅި ރަޝިއާ މެޗުގައި ޑިބްރޭނާ އަށް ކުޅެވޭނެ ކަމަށް ބެލި ނަމަވެސް ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭތީ ޓީމު ޕްރެކްޓިހުގައި ބައިވެރިވުން ލަސްކޮށް އިންޑިވިޖުއަލް ޓްރެއިނިން ކުރިއަށްގެންދިޔައީ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނީ އޭނާގެ އުއްމީދަކީ ރަޝިއާ މެޗަށް ފަހު ވީ އެންމެ އަވަހަށް ޑިބްރޭނާ ޓީމާ ގުޅުން ކަމަށެވެ.

"ކުރިއަށް އޮތް ދެ ދުވަސް ވަރަށް މުހިއްމުވާނެ. ބޯޅައާ އެކު ޑި ބްރޭނާގެ ޓްރެއިނިންތައް ކުރިއަށް ގެންގޮސް އޭނަ ރަޝިއާ މެޗަށް ފަހު ޓީމާ ގުޅޭނެ،" މާޓީނޭޒް ބުންޏެވެ.

ބެލްޖިއަމްގެ ކޯޗު މާޓީނޭޒް (ކ) އާއި ޑިބްރޭނާ މެޗެއްގެ ތެރެއިން.

އޮޕަރޭޝަން ކުރި ޑޮކްޓަރު ވަނީ މި ފަހަރުގެ ޔޫރޯގައި ޑިބްރޭނާ ކުޅޭއިރު ފޭސް ޕްރޮޓެކްޓް މާސްކެއް އަޅަން އަންގައިފަ އެވެ. އެއާ އެކު ބެލްޖިއަމުން ވަނީ މީގެ ކުރިން އެ ޓީމުގެ ޑިފެންޑަރު ޔެން ވަޓޯންގެން މޫނު ކަށިގަނޑަށް ލިބުނު އަނިޔާގެ ސަބަބުން އެޅި ކަހަލަ މާސްކެެއް ޑި ބްރޭނާ އަށް ހާއްސަކޮށް ތައްޔާރުކުރަން ނިންމައިފަ އެވެ.

އުމުރުން 29 އަހަރުގެ ޑިބްރޭނާ އަކީ ބެލްޖިއަމް ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. މާޓީނޭޒް ބުނީ ޑިބްރޭނާ ފަދަ ހުނަރުވެރި ކުޅުންތެރިއަކު ނުލައި މެޗެއް ކުޅެން ޖެހުމުން ވަރުގަދަ ސްކޮޑެއް އޮތް ޓީމެއްގައި ހުއްޓަސް އެންމެ ހިތްހަަމަޖެހެއޭ ނުބުނެވޭނެ ކަމަށެވެ.

ބެލްޖިއަމް - ރަޝިއާ: ކޯޗުންގެ ބަސް

ރަޝިއާ ވަނީ އަމިއްލަ ގައުމުގައި 2018 ވަނަ އަހަރު ހޯސްޓްކުރި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. މިރޭގެ މެޗު ކުޅޭނީ ވެސް ރަޝިއާ އިން ވޯލްޑް ކަޕާ ދިމާކޮށް ހެދި ދަނޑެއްގަ އެވެ.

ރަޝިއާ އަށް މިރޭ ބެލްޖިއަމް މެޗަށް ނުކުތުމުގެ ކުރިން ދިމާވި މައްސަލަ އަކީ އެ ޓީމުގެ މިޑްފީލްޑަރު އަންދްރޭ މޮސްޓޮވޯއީ ކޮވިޑަށް ޕޮޒިޓިވްވުމެވެ. އޭނާގެ ބަދަލުގައި ރަޝިއާ އިން ވަނީ ޑިފެންޑަރެއް ކަމަށްވާ ރޯމަން ޔެވްގެންޔޭވް ޓީމަށް އިތުރުކޮށްފަ އެވެ.

ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް ބުނީ ޑިބްރޭނާ ނެތްކަމުގައި ވިޔަސް ބެލްޖިއަމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެހެން ނަަމަވެސް ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަޝިއާ ނެރެފައިވާ ނަތީޖާ އަށް ބަލާއިރު، މިއީ ޖެހިލުންވާން ޖެހޭ މެޗެއް ނޫން ކަމަށެވެ.

ރަޝިއާގެ ކޯޗު ސްޓަނިސްލާވް ޗެރްޗެޝޯފް: ބެލްޖިއަމަކީ ޗެލެންޖެއް ކަމަށް ވަނީ ބުނެފައި.

"އަހަންނަށް އެނގޭ ގޮތުގައި އެ މީހުން (ބެލްޖިއަމް)ގެ ސްކޮޑުގައި އެބަތިބި ވޯލްޑް ކަޕްގެ ސްކޮޑުގައި ހިމެނުނު 18 ކުޅުންތެރިން. އެ މީހުންނާ ދެކޮޅަށް އަހަރެމެން ކުޅުނު ތިން މެޗު ވެސް ދިޔައީ ވަރަށް ފޯރިގަދަކޮށް. އެއީ ސަޕޯޓަރުން ވެސް ވަރަށް ގަޔާވި މެޗުތަކެއް. އެ މެޗުތަކުން އަހަރެމެން އެ މީހުން އަތުން ދެ ފަހަރު ބަލިވި. އެކަން ދަނެގެން ނުކުންނާނީ،" ޗެރްޗެޝޯފް ބުންޏެވެ.

ޔޫރޯ ކޮލިފައިންގައި ރަޝިއާގެ ތަރި އަކީ ފޯވާޑް އާޓެމް ޒޫބާ އެވެ. އޭނާ ވަނީ 11 ގޯލު ޖަހައި ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. އޭނާ ބުނީ ބެލްޖިއަމްގެ ޑިފެންޑަރުން ކައިރިން ގޯލެއް ޖެހުން ފަސޭހަނުވާނެ ކަމަށެވެ.

މި ފަހަރުގެ ޔޫރޯ އަކީ ބެލްޖިއަމްގައި މިހާރު އޮތް ރަން ޖީލުން ކުރިމަތިލާނެ އިތުރު މުބާރާތެކެވެ. އެ ޓީމުގެ ރަން ޖީލު އައި ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ބަލިވިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ހޯދި އެވެ. މީގެ ތެރެއިން ފަހު ދެ މުބާރާތުގައި ކޯޗުކޮށްދިނީ މާޓީނޭޒް އެވެ. ކޯޗު މާޓީނޭޒް ބުނީ އެ ޓީމުން ކުރިއެރުން ހޯދަމުން އަންނަ ކަމަށެވެ.

"ދުނިޔޭގެ ރޭންކިން އެެއް ވަނައިގައި އޮތުމަކީ ބެލްޖިއަމަށް ޕްރެޝަރު އޮތް ކަމެއް ނޫން. އަހަރެމެން މެޗުތަކަށް ކެރިގެން ކުރިމަތިލާންވީ. ފުރަތަމަ މެޗު ރަޝިއާގައި އެ ގައުމާ ދެކޮޅަށް މި ފަހަރުގެ ޔޫރޯގައި ކުޅެން ޖެހުމަކީ ޗެެލެންޖެއް. މި ފަދަ ޗެލެންޖް ތަކުން އަރައިގަނެގެން ކުރިއަށް ދެވޭނީ،" މާޓީނޭޒް ބުންޏެވެ.

ކޮލިފައިންގައި ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ހުރިހާ މެޗަކުން މޮޅުވެގެން މި ފަހަރުގެ ޔޫރޯ އަށް އައީ އިޓަލީ އާއި ބެލްޖިއަމް އެވެ. އިޓަލީ ވަނީ މި ފަަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ރޭ 3-0 އިން ތުރުކީ ބަލިކޮށްފަ އެވެ. ރަޝިއާއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox