ލިބުނީ ފުރިހަމަ މޮޅެއް، އިޓަލީ އޮތީ ހަމަބިމުގައި: މަންޗިނީ

Jun 12, 2021, 4:17 AM
ރޭގެ މެޗުގެ ތެރެއިން އިޓަލީގެ ކޯޗު މަންޗިނީ.

ރޭގެ މެޗުގެ ތެރެއިން އިޓަލީގެ ކޯޗު މަންޗިނީ.

ރޯމް (ޖޫން 12) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ތުރުކީގެ އަތުން 3-0 އިން އިޓަލީ އަށް ލިބުނީ ފުރިހަމަ މޮޅެއް ކަމަށާއި އެކަމަކު އަދި އެ ޓީމު ފުރަތަމަ މެޗުން މާ ބޮޑަށް އުއްމީދުތައް މަތިކުރުމުގެ ބަދަލުގައި އޮތީ ހަމަބިމުގައި ކަމަށް އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފި އެވެ.

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިޓަލީން ތިން ގޯލު ޖެހީ ވެސް ދެ ވަނަ ހާފްގަ އެވެ. ފުރަތަމަ ގޯލަކީ ތުރުކީގެ ޑިފެންޑަރު މެރީހް ޑެމިރާލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އޭގެ ފަހުން ޗީރޯ އިމޯބިލޭ އާާއި ލޮރެންޒޯ އިންސީނިއޭ ވަނީ އިޓަލީގެ އަނެއް ދެ ގޯލު ޖަހައިފަ އެވެ.

މިއީ އިޓަލީން ޔޫރޯ ތާރީހުގައި ކުޅުނު 39 މެޗުގެ ތެެރެއިން އެއް މެޗެއްގައި ތިން ގޯލު ޖެހި ފުރަތަމަ ފަހަރެވެ. އަދި ޖެހިޖެހިގެން ބައިކޮޅަށް ގޯލެއް ނުވަދެ ފުރިހަމަ ކުރި ނުވަ މެޗެވެ. މަންޗިނީ ރޭގެ މެޗަށް ފަހު ބުނީ މި ފިޔަވަޅު މަތީ ކުރިއަށްދާން ބޭނުންވާ ކަމަށެވެ.

"މިއީ ވަރަށް އުފާވެރި ވަގުތެއް. އެކަމަކު އަހަރެމެން މި ތިބީ ހަމަބިމުގައި. އަދި އެބައޮތް ކުރަން ޖެހޭ ބައިވަރު ކަންކަން. އެކަމަކު އަހަރެންގެ ހިތް އެދޭ ކަމެއް އެބައޮތް. މި ފަދަ އުފާވެރި ގޮތަކަށް އިތުރު ހަ މެޗު ނިންމާލުން. އޭރު ތިބޭނީ ބޭނުންވާ މަންޒިލުގައި،" އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު މަންޗިނީ ބުންޏެވެ.

އޭނާ ބުނީ ތުރުކީން ފުރަތަމަ ހާފުގައި ވަރަށް ރަނގަޅަށް ޑިފެންސްކުރި ކަމަށާއި އިޓަލީ އަށް ފައިދާކުރީ ކެތްތެރިކަމާ އެކު ފުރުސަތު ލިބެންދެން ޓެކްޓިކްސް އަށް ސަމާލުވެގެން ކުރި މަސައްކަތުން ކަމަށެވެ.

"އަހަރެން ދިޔައީ ބުނަމުން ލަނޑެއް ނުޖެހުނަސް ޓީމު ނުރޫޅެން. އެ ގޮތަށް ކުޅުންތެރިން ތިބީ. އޭގެ ފައިދާކޮށްފި،" އިޓަލީ ގޮވައިގެން އެންމެ ފަހުން ކުޅުނު 28 މެޗުން ބަލިނުވެ ނިންމާލި ކޯޗު މަންޗިނީ ބުންޏެވެ.

ތުރުކީގެ ކޯޗު ސެނިއޯލް ގުނެޝް ބުނީ މުޅި މެޗަށް ބަލާއިރު އިޓަލީ އަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި އޭނާގެ ޓީމު އަތުން ދެ ވަނަ ހާފުގައި ގިނަ ގޯސްތަކެއް ހެދުނު ކަމަށެވެ.

"މިއީ އަހަރެމެންގެ ދުވަހެއް ނޫން. އަހަރެމެން އަތުން (ދެ ވަނަ ހާފްގައި) ބޯޅަ ގެއްލެން ފަށައިފި. ކުރިއަށް ބޯޅައެއް ނުގެންދެވޭ. އިޓަލީ އަކީ މޮޅަށް ކުޅުނު ޓީމު. އެ ޓީމަށް މޮޅެއް ހައްގު،" 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތިން ވަނަ ތުރުކީ އަށް ހޯދައިދިން ކޯޗު ގުނެޝް ބުންޏެވެ.

ތުރުކީގެ ކުޅުންތެރިން ވަނީ ރޭގެ މެޗުން ބަލިވުމުން އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން ކިބައިން މަައާފަށް އެދިފަ އެވެ. އަދި ދެން އޮތް ސްވިޒަލެންޑާއި ވޭލްސް މެޗުން ރަނގަޅު ނަތީޖާއެއް ނެރޭނެ ކަމަށް އެ ޓީމުގެ ކުޅުންތެރިން ވަނީ ބުނެފަ އެވެ.

ޔޫރޯގެ ތާރީހުގައި ތުރުކީ މުބާރާތުގައި ކުޅުނު ފުރަތަަމަ މެޗަކުން އަދި މޮޅުވެފައިނުވެ އެވެ. ފަސް ފަހަރު ޔޫރޯގައި ވާދަކުރިއިރު، ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން ބޭނުންވާ ކަމެއް ހާސިލެއްނުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox