މައުމޫންގެ އަނބިކަނބަލުން ނަސްރީނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ: ބައްޔަށް ޕޮޒިޓިވް ކަން އެނގުނީ މިއަދުގެ ވަގުތެއްގައި. -- ފޮޓޯ/އަވަސް

ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ: ބައްޔަށް ޕޮޒިޓިވް ކަން އެނގުނީ މިއަދުގެ ވަގުތެއްގައި. -- ފޮޓޯ/އަވަސް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން، ނަސްރީނާ އިބްރާހިމް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މައުމޫންގެ ޕާޓީ، އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް މިރޭ ވިދާޅުވީ މެޑަމް ނަސްރީނާގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އެކަމަނާ ހުންނެވީ ގޭގައި ކަމަށް ވިދާޅުވި އެވެ.

"ދެ ޑޯޒު ވެކްސިން ވެސް ފުރިހަމަ ކުރައްވައިގެން ހުންނެވީ،" އަލީމް ވިދާޅުވި އެވެ.

ނަސްރީނާ ބައްޔަށް ޕޮޒިޓިވްވި އިރު، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ރައީސް މައުމޫނަށް މި ބަލީގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނެވެ. ބަލީގައި ހައި ރިސްކް ބޭފުޅަކަށް ވާތީ އެމަނިކުފާނު އޮންނެވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑަށް ހާއްސަ އައިސީޔޫ، ޑީއެޗް11ގަ އެވެ.

އެ ފަހަރު މައުމޫން ފިޔަވައި އާއިލާގެ އެހެން ބޭފުޅުން ބައްޔަށް ޕޮޒިޓިވެއް ނުވެ އެވެ.

ބަލިން ފަސޭހަފުޅުވެގެން، ގެއަށް ވަޑައިގެން މައުމޫން ގެންދަވަނީ މި ބަލިން ރައްކާތެރިވުމަށް ތަފާތު މެސެޖްތަކުން މީހުން ހޭލުންތެރި ކުރައްވަމުންނެވެ. އެގޮތުން ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރައްވަން ބާރު އަޅުއްވަ އެވެ. އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އިރުޝާދުތަކަށް އެންމެން ބޯލަނބައި، ބަލިން ވީހާވެސް އަވަހަކަށް ދިވެހިންނަށް އަރައިގަނެވޭނެ މަގަށް މަސައްކަތް ކުރަން ވެސް ނަސޭހަތްތެރިވެވަޑައިގަންނަވަ އެވެ.

ކޮވިޑް-19ގެ ފިޔަވަޅުތަކުގައި މާބޮޑަށް ދޫދީފި ނަމަ ނުވަތަ ގިނަ ބަޔަކަށް ފެތުރެމުންދާ ދަނޑިވަޅުތަކުގައި، އެމްއާރުއެމުން ބަޔާން ނެރެ، ފިޔަވަޅުތައް ހަރުކަށިކުރަން ގޮވާލައްވަ އެވެ.

ކޮވިޑް19 ގައި ރާއްޖެ އިން އެންމެ ގިނަ ބަޔަކު މަރުވީ މިދިޔަ މަހުގަ އެވެ. ބަލި ކޮންޓްރޯލުން ނެއްޓި ފެތުރެން ފެށުމުން ސަރުކާރުން ވަނީ ފިޔަވަޅުތައް ހަރުކަށި ކޮށްފަ އެވެ. އާއްމުން ބޭރުތެރޭގައި އުޅުން މަދުކުރަން ގެއަކުން ބޭރަށް ނުކުމެވޭ އަދަދު ވެސް އޮތީ ކޮންޓްރޯލްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox