ހިތުގެ އޮޕަރޭޝަނުން އަރައިނުގަނެވެނީސް ވަގުން ދިން ހިތްދަތިކަން!

ރަންރިހީގެ މަސައްކަތް ކުރާ ހަލީލް އެތަނަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ: ހަތަރު ލައްކައެއްހާ ރުފިޔާގެ ގަހަނާ ވަނީ ވަގަށް ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ރަންރިހީގެ މަސައްކަތް ކުރާ ހަލީލް އެތަނަށް ލިބިފައި ހުރި ގެއްލުންތައް ދައްކާލަނީ: ހަތަރު ލައްކައެއްހާ ރުފިޔާގެ ގަހަނާ ވަނީ ވަގަށް ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ދ. ރިނބުދޫ، އަހްމަދު ހަލީލްގެ މުޅި ދިރިއުޅުމަކީ ރަން ރިހީގެ މަސައްކަތެވެ؛ ގަހަނާ ހެދުމުގައި ރާއްޖޭގައި އެންމެ މަޝްހޫރު ރިނބުދޫން ވާރުތަވި އެ ހުނަރުގައި 15 އަހަރު ހޭދަކޮށް އޭނާގެ ހިއްސާ އޮންނަ "ޖުވެލަރީ ޕެލަސް" ހިންގާތާ ހަތަރު އަހަރުވީ އެވެ. އެ ވިޔަފާރިއަކީ އޭނާއަށް އެންމެ "އަގު ބޮޑު ޖަވާހިރެ"ވެ.

އެކަމަކު އެ "ޖަވާހިރު" ވަގުން ޖަހައިގެންފި އެވެ. މި ހިތާމަ ހަލީލަށް ލިބުނީ ކުއްލިއަކަށް ހާލަތު ގޯސްވެ، ހިތުގެ އޮޕަރޭޝަނަކަށް ހަފުތާއަކަށް ފިހާރައާ ދުރަށް ޖެހިލި ވަގުތެވެ.

ފިހާރަ ފަޅާލައި ވަގުން ވަދެ، މުޅި ވިޔަފާރި ފުނޑުފުނޑުކޮށްލީ އެވެ. ތަނުގެ ތެރެއަށް ވަދެ ތަކެތި ހަލާލުކޮށް، ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަގަށް ގެންގޮސް ހަލީލަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ދިނީ އެވެ.

މާފަންނު، ރުވާ މަގުގައި ހުންނަ ރަންރިހީގެ މަސައްކަތް ކުރާ އެތަނުން ވައްކަން ކުރީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ފަތިހު އެވެ. ޖުވެލަރީ ފިހާރަ ފަޅާލައި ބޮޑު ގެއްލުމެއް ދިން ކަން ހަލީލަށް އެނގުނީ ބުދަ ދުވަހުގެ ހެނދުނު 9:30 ހާއިރު ކަސްޓަމަރަކު ގުޅާފައި ބުނުމުންނެވެ.

އޭނާ އައިސް ބެލިއިރު އެތަނުގެ ތެރޭގައި ހުރި ހުރިހާ ގަހަނާތަކެއް ވަނީ ވަގުން ގެންގޮސްފަ އެވެ.

ރަންރިހީގެ މަސައްކަތް ކުރާ "ޖުވެލަރީ ޕެލަސް": އެތަނަށް ވަނީ ސީސީޓީވީ ކެމެރާތައް އަނބުރާލުމަށް ފަހުގައި-- ފޮޓޯ: ހުސައިން ޝަޔާހް
ރަންރިހީގެ މަސައްކަތް ކުރާ "ޖުވެލަރީ ޕެލަސް": އެތަނަށް ވަނީ ސީސީޓީވީ ކެމެރާތައް އަނބުރާލުމަށް ފަހުގައި-- ފޮޓޯ: ހުސައިން ޝަޔާހް

ރަންރިހީގެ މަސައްކަތް ކުރާ "ޖުވެލަރީ ޕެލަސް": އެތަނަށް ވަނީ ސީސީޓީވީ ކެމެރާތައް އަނބުރާލުމަށް ފަހުގައި-- ފޮޓޯ: ހުސައިން ޝަޔާހް

އޭގެތެރޭގައި 4،000 އަށް ވުރެން ގިނަ ރުފިޔާ އާއި ރަނާއި ރިހި އޮނގޮޓި އާއި ފަށާއި ކެވެއްޔާއި އެ ނޫން ވެސް ގިނަ ސާމާނު ހިމެނެ އެވެ.

"ސްޓޯން ވެސް ހުންނާނެ އެކި ސައިޒުގެ އަގު ބޮޑު ސްޓޯންސް. ގާތްގަނޑަކަށް 4،000 ސްޓޯންސް ވަރު އުޅޭނެ. އެ އެއްޗެހީގެ އަގު އަރާނެ ގާތްގަނޑަކަށް އެއްލައްކައާ ގާތްކުރާ އަދަދަކަށް،" ހަލީލް ބުންޏެވެ.

އެތަނުގައި ގަހަނާ ވިއްކަމުން އައީ ތިޖޫރިއަށް ލައި ތަޅުލާފައި ބެހެއްޓުމުގެ ބަދަލުގައި ޑިސްޕްލޭގައި އަތުރައިގެންނެވެ. ރަންރިހީގެ މަސައްކަތް ކުރަން ގެންގުޅޭ އާލާތްތައް ވަގަށް ނުގެންދެ އެވެ. ވައްކަމުގައި އުޅުނު މީހުންގެ އަތުން މަދު ސްޓޯންތަކަކާއި ރިހި އަނގޮޓިއެއް މުށިތައް މައްޗަށް ވެއްޓިފައި އޮތެވެ.

އެ ނޫން ހުރިހާ އެއްޗެއް ވީ ވަގުންގެ އަތުގަ އެވެ.

ރަންރިހީގެ މަސައްކަތް ކުރާ ހަލީލް "އަދަދު" އަށް އިންޓަވިއޫ ދެނީ: އޭނާގެ މުޅި ވިޔަފާރި ވަނީ ފުނޑުފުނޑު ވެފައި-- ފޮޓޯ: ހުސައިން ޝަޔާހް
ރަންރިހީގެ މަސައްކަތް ކުރާ ހަލީލް "އަދަދު" އަށް އިންޓަވިއޫ ދެނީ: އޭނާގެ މުޅި ވިޔަފާރި ވަނީ ފުނޑުފުނޑު ވެފައި-- ފޮޓޯ: ހުސައިން ޝަޔާހް

ރަންރިހީގެ މަސައްކަތް ކުރާ ހަލީލް "އަދަދު" އަށް އިންޓަވިއޫ ދެނީ: އޭނާގެ މުޅި ވިޔަފާރި ވަނީ ފުނޑުފުނޑު ވެފައި-- ފޮޓޯ: ހުސައިން ޝަޔާހް

ވަގަށް ގެންދިޔަ ތަކެތީގެ ތެރޭގައި ކަސްޓަމަރުން ހެދުމަށް ގެނެސް ހުރި ރަންރިހީގެ ސާމާނު ވެސް ހިމެނެ އެވެ. އެ ތަކެތީގެ ބަދަލު ހޯދަން މިހާރު މީހުން އަންނައިރު ބަދަލު ދޭނެ ގޮތެއް ހަލީލްމެންނަށް އަދި އޮތީ ނުފެނި އެވެ.

"އެ ހުރިހާ އެއްޗެއް ގެންގޮސް ހުރިތަން ފެނުމުން އަޅުގަނޑަށް ފާޑެއްގެ ގޮތެއްވި. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގެއްލުމެއް މިއީ. މަތީގައި އިންނާނެ ފޮއްޓެއް ވެސް. އެ ވެސް ފަޅާލާފައި ވަނީ. އޭގައި ހުންނާނެ ލިޔެކިޔުން. އެ އެއްޗިއްސަށް ވެސް ގެއްލުން ދީފައި ހުރީ. ބައެއް އެއްޗެހި ވީދާ ހަދާފައި،" ދާދި ފަހުން ހިތުގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައި ހުރި ހަލީލް ބުންޏެވެ.

ވަގުން ހަމައެކަނި ނުގެންދާ ގަހަނާ ކޮޅު، އެ އެއްޗެހި ހުރީ މުށިމަތީ: ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަގަށް ނެގި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު
ވަގުން ހަމައެކަނި ނުގެންދާ ގަހަނާ ކޮޅު، އެ އެއްޗެހި ހުރީ މުށިމަތީ: ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަގަށް ނެގި-- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ހަތަރު ލައްކަ ރުފިޔާގެ ގަހަނާ ވަަގަށް ގެންދިޔައިރު ހަމައެކަނި ނުގެންދާ ގަހަނާ ކޮޅު. -- ފޮޓޯ: ހުސައިން ޝަޔާހް/ އަދަދު

ވައްކަން ކުރި މީހާ ދެނެގަނެވިއްޖެ، ހައްޔަރެއް ނުކުރޭ

ހަލީލުމެންނަށް މިހާ ބޮޑު ގެއްލުމެއް ދިން މީހުން ސީސީޓީވީ ކެމެރާއިން ދެނެގަނެވިއްޖެ އެވެ.

ސީސީޓީވީގެ ފުޓޭޖުން ފެންނަނީ އަތްދިގު ޓީޝާޓެއް ލައިގެން ހުރި ފިރިހެނަކު ބުރުގާއެއް އަޅައިގެން އައިސް ފިހާރަ ބޭރުގައި ހުރި ސީސީޓީވީތައް އަނބުރާ ތަނެވެ. ދަނޑިބުރިއަކުން ކެމެރާތައް އެނބުރުމަށް ފަހު ފިހާރައިގެ ތެރެއަށް އޭނާ ވަދެ އެވެ.

ފިހާރަ ތެރެއަކު ކެމެރާއެއް ނުހުރެ އެވެ.

"ތަޅަށް އިނީ އެއްޗެއް ލައްވައިގެން މަތާލާފައި. އަނެއްހެން ބޭރުގައި ބޮޑު ތަޅެއް އަޅުވާފައި ނެތީމަ އެހާ ފަސޭހައިން ވަދެވުނީ،" ހަލީލް ބުންޏެވެ.

ރަން ރިހީގެ މަސައްކަތަކީ ގިނަ ބައެއްގެ އަގުބޮޑު ގަހަނާ ބަލަހައްޓަން ޖެހޭ ކަމަކަށް ވާތީއާ އެކު އާއްމުކޮށް އެތަނުގެ ތެރޭގައި މީހުން ނިދަން ތިބެ އެވެ. ނަމަވެސް މާލޭގެ ކޮވިޑުގެ ހާލަތުން ދިރިއުޅުމަށް އަސަރުކޮށްފައިވާތީ، އެތަނުގައި ނިދާ މީހުން ވެސް ތިބީ އެކި ކަންކަމުގައި ރަށުން ބޭރުގަ އެވެ. އެހެންވެ މީހަކު އެތަނުގައި ނުނިދާތާ ގާތްގަނޑަކަށް މަހެއްހާ ދުވަސް ވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން އެތަނުގެ ބިއްލޫރިގަނޑު ތަޅާލައިގެން ވައްކަން ކުރަން އުޅުމުން ވެސް ސަލާމަތްވީ ބަޔަކު ނިދަން އެތެރޭގައި ތިބުމުންނެވެ.

"ނިދަން މީހުން ނެތް ކަމާއި ހުރިހާ ކަމެއް ބަލާފައި އެ މީހުން އެކަން ކޮށްފައި އެ ވަނީ،" ކަންބޮޑުވުމާ އެކު ހަލީލް ބުންޏެވެ.

ރަންރިހީގެ މަސައްކަތް ކުރާ ޖުވެލަރީ ޕެލަސް: އެތަނުގެ ހުރިހާ ގަހަނާއެއް ވަގަށް ވަނީ ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް
ރަންރިހީގެ މަސައްކަތް ކުރާ ޖުވެލަރީ ޕެލަސް: އެތަނުގެ ހުރިހާ ގަހަނާއެއް ވަގަށް ވަނީ ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް

ރަންރިހީގެ މަސައްކަތް ކުރާ ޖުވެލަރީ ޕެލަސް: އެތަނުގެ ހުރިހާ ގަހަނާއެއް ވަގަށް ވަނީ ގެންގޮސްފައި-- ފޮޓޯ: ހުސައިން ޝަޔާހް

ހަލީލް ބުނި ގޮތުގައި ސީސީޓީވީން އެކަކު ފެނުނު ނަމަވެސް ވައްކަން ކުރުމުގައި ތިން މީހުން އުޅުނު ކަމަށް ފުލުހުން ބުނެ އެވެ. އަދި ވައްކަން ކުރަން ސީސީޓީވީ އެނބުރި މީހާ ދެނެގަނެވިއްޖެ ކަމަށް އެ ދުވަހު ފުލުހުން ވަނީ ބުނެފަ އެވެ.

އެކަމަކު ވައްކަން ކުރިތާ ތިން ދުވަސް ވީއިރު ވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ވަގަށް ނެގި ސާމާނު ވެސް ނުހޯދެ އެވެ. އެއީ ހަލީލްމެންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.

"ފުލުހުންނަށް އޮތް އިލްތިމާސްއަކީ މިކަން އަވަސް ކޮށްލަދޭށޭ. ކޮންމެހެން ވިޔަސް ވަގުތު ދާވަރަކުން އެ އެއްޗެހިތައް ވިއްކާނީތާ. އެހެން ވިއްޔާ އަހަރެމެންނަށް ވަރަށް ބޮޑު ގެއްލުމެއް ވާނެ،" އާދޭހާ އެކު ހަލީލް ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި މިހާތަނަށް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އިތުރު ތަފްސީލެއް ނުލިބެ އެވެ.

ހިތުގެ އޮޕަރޭޝަނުން އަރައި ނުގަނެވި އުޅެނިކޮށް ހިތްދަތި ކަމެއް ހަލީލަށް ކުރިމަތިވެ މުޅި ވިޔަފާރި މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ. އޭނާގެ ކަންބޮޑުވުމަކީ ތިން ދުވަސްވީއިރު ވެސް މީހަކު ހައްޔަރުކޮށް ތަކެތި ހޯދިފައި ނުވުމެވެ. އޭނާ އަށް މި ގެއްލުނީ ދިރިއުޅުމުގެ "އަގުބޮޑު ޖަވާހިރު" ކަމުގައި ދެކިގެން އުޅުނު ވިޔަފާރި އެވެ.

ސިއްހީ ގޮތުން ކުރިމަތިވި ހާލަތާއި ކޮވިޑުގެ ދަތި މި ހާލަތުގައި، މިކަމުން އަރައިގަނެވޭނެ މަގެއް އޭނާއަށް ވިސްނަން ވެސް އުނދަގުލެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox