އެމްޑީޕީ ދެބައިވީ ރައީސް ނަޝީދާއި ޕާޓީ އެކަހެރިކޮށް ވެރިކަން ހިންގަން އުޅުމުން: ހަސަން

ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި: ޕާޓީގެ މަސައްކަތް ދެބައިވެއްޖެ ކަން ރަސްމީކޮށް ވަނީ ހާމަކޮށްފައި. -- ފޮޓޯ/ އެމްޑީޕީ

ރައީސް ސޯލިހާއި ރައީސް ނަޝީދު އެމްޑީޕީގެ ޖަލްސާއެއްގައި: ޕާޓީގެ މަސައްކަތް ދެބައިވެއްޖެ ކަން ރަސްމީކޮށް ވަނީ ހާމަކޮށްފައި. -- ފޮޓޯ/ އެމްޑީޕީ

އެމްޑީޕީގެ މަސައްކަތް ދެބައިވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އަރިސް، އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) ވިދާޅުވުމާ އެކު، އެކަން ވާން ޖެހުނު ސަބަބަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޕާޓީ އެކަހެރިކޮށް ވެރިކަން ހިންގަން އުޅުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ތެރޭގެ ހިޔާލުތަފާތުވުންތަކުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ފެކްޝަނެއް އޮތްއިރު، އެކަމަށް ރަސްމީކޮށް އެއްބަސްވެވަޑައިގެން އެ ވާހަކަތައް ޕާޓީގެ އިސް ދެ ބޭފުޅަކު އާއްމުކުރެއްވި މިއީ ފުރަތަމަ ފަހަރެވެ. ބިގޭއަކީ، ޕާލަމެންޓްރީ ގްރޫޕްގެ ސެކްރެޓަރީ ޖެނެރަލް އެވެ. ޕާލަމެންޓްރީ ގްރޫޕް ދެބަޔަކަށް ބެހި މެމްބަރުން ދެފަޅިއަށް އަރާފައި ތިބި ކަމުގެ ތުހުމަތުތަކަށް މީގެ ކުރިން މިހާ ސާފުކޮށް ވާހަކަ ދައްކައިފައެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅޭ ތަހުގީގަށް ބިގޭ ހުރަސްއަޅުއްވާ ކަމުގެ ފާޑުކިއުން އަމާޒުވެފައި ވަނިކޮށް އޭނާ ރާއްޖެ ޓީވީގައި މިއަދު ވަނީ އެކަން ދޮގުކުރައްވައިފަ އެވެ. އެކަމަކު މިފަދަ ވާހަކަތަކުން، ޕާޓީ ތެރޭގެ ހަމަޖެހުން ގެއްލި ދެކޮޅުވެރިކަން އުފެދިފައި އޮތް ކަމަށް ވިދާޅުވި އެވެ.

އޭނާ ދެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރުގެ މަސައްކަތްތައް ދެބައިވެ ޕާޓީތެރެއަށް ވެސް އެކަމުގެ ނުރަނގަޅު އަސަރުތައްކޮށްފައިވާ ކަމަށެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި މަސައްކަތްތަކަށް ހުރަސްއެޅޭ ހިސާބަށް މަޖިލީހުން ކަންކަން ގެންދިއުން ވެސް ބަލައިނުގަނެވޭ ކަމަށް ވިދާޅުވި އެވެ.

ބިގޭގެ ވާހަކަތަކަށް ނަޝީދު ވެސް ރައްދު ދެއްވާފައި ވަނިކޮށް، ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް މިރޭ ވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް: އޭނާ ވަނީ ޕާޓީ ދެބައިވާން ޖެހުނު ސަބަބުތައް ވިދާޅުވެދެއްވާފައި. -- ފޮޓޯ/ މަޖިލިސް

ހަސަން ވިދާޅުވީ އެމްޑީޕީގެ މަސައްކަތް ދެބައިވީ ޕާޓީން ވައުދުވި ކަންކަން ކުރަން ސަރުކާރުން ބޭނުން ނުވުމުން ކަމަށެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާއި ކޮރަޕްޝަންގެ މައްސަލަތައް ބަލަން ސަރުކާރުން ފޫކަހަން ފެށީމަ ކަަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރާއި ޕާޓީގެ ގުޅުން ހީނަރުކޮށްލުމަކީ ވެސް، ހަސަން ވިދާޅުވި ގޮތުގައި، ސަބަބެކެވެ.

ޖުމްލަކޮށް ރައީސް މުހައްމަދު ނަޝީދު އާއި ޕާޓީ އެކަހެރިކޮށް ސަރުކާރު ހިންގަން އުޅުނީމަ. -- ހަސަން

އޭނާގެ ވާހަކައަށް ތާއީދު ކުރައްވަމުން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވެސް ވަނީ ޕާޓީ ދެބައިވެއްޖެ ކަމަށް ވިދާޅުވެފަ އެވެ. ސަބަބަކީ ނަޝީދަށް އަމާޒުވި ހަމަލާ ބެލުމުގެ ފުރުސަތު ނުދީ ނުފޫޒު ފޯރުވަން އުޅުން ކަމުގެ ތުހުމަތު ކުރެއްވި އެވެ.

"ވަރަށް ބޮޑު ތެދުފުޅެއް. ރައީސް ނަޝީދު އަށް މަރުގެ ހަމަލާއެއް އަަރައި ބަލި އެނދުގަ އޮވެ އެކަން ބަލަން ހުށަހެޅި މައްސަލަ ވެސް [ދަގެނތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް] ލައްވައި ހުށަހަޅައިގެން އެމްޑީޕީ މެމްބަރުންނަށް ގުޅައި ނުފޫޒު ފޯރުވައިގެން ފޭލްކޮށްލީމާ ދެން ޕާޓީ ބައިބައި ނުވެއެއް ނޯންނާނެ،" ވައްޑެ ވިދާޅުވި އެވެ.

އެމްޑީޕީގެ ތެރޭގައި ހަމަނުޖެހުން ބޮޑުވިއިރު ހަމަލާގެ ތަހުގީގަށް ސަރުކާރުން ހުރަސްއަޅާ ކަމުގެ ތުހުމަތު ރައީސް ނަޝީދު ވެސް ކުރެއްވި އެވެ. އެކަމަކު އެއީ އެމަނިކުފާނު ކުރައްވާނެ ކަމެއް ނޫން ކަން ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ވިދާޅުވެ، ރައީސް ސޯލިހް ވަނީ ރައްދު ދެއްވައިފަ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ތަހުގީގާ ގުޅުވައި ދައްކާ ވާހަކަތަކުން ހަމަލާގެ އަސްލު ގެއްލޭ ހިސާބަށް ކަންކަން ހިނގައްޖެ އެވެ. ހަގީގީ މިސްރާބުން ނުނެއްޓުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

މިގޮތަށް އެދިވަޑައިގެންފައި އޮއްވައި ޕާޓީ ތެރެ މިހާރު އޮތީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގައި ވެސް ބައެއް މެމްބަރުންގެ ވަރަށް ސީދާކޮށް ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދެވީ ތަހުގީގު އިންސާފުވެރިކަމާ އެކު ކުރިއަށް ގެންގޮސްދާނެތޯ ސުވާލު އުފައްދަވަމުންނެވެ.

ހަމަލާއާ ހިސާބުން އެމްޑީޕީ ތެރެ ފަޅައިގެން ދިޔައިރު، ކުރިން ބެލެވިފައި އޮތީ ގައުމީ މަޖިލީހުގެ އިންތިހާބާ ހަމައިން މަސްލަހަތު ގޯސްވާނެ ކަމަށެވެ. އެއީ، ރާއްޖޭގެ ވެރިކަން ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައީސްގެ އަރިހުން ނަޝީދު އެދިވަޑައިގެންފައި އޮތުމާ ވެސް އެކުގަ އެވެ.

އެއާއެކު ގައުމީ މަޖިލިސް އިންތިހާބުގެ މިސްރާބު ދެ ފެކްޝަނުން ކެންޑިޑޭޓުން ނެރެ، ގައުމީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމާ ދިމާލަށް ހުރުމުންނެވެ. އެކަމަކު ފަސްކޮށްފައިވާ އިންތިހާބުގެ މާ ކުރިން ޕާޓީ ދެބައިވެއްޖެ ކަން މި ހާމަކުރީ ލީޑަޝިޕުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox