މިނިސްޓަރު ފައްޔާޒު އަށް ސިޓީއެއް: އުފެއްދުންތެރިކަން އިތުރުކޮށްދެއްވާ!

މިނިސްޓަރު ފައްޔާޒު އަށް ސިޓީއެއް: އުފެއްދުންތެރިކަން އިތުރުކޮށްދެއްވާ!

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް،

ރާއްޖޭގެ އިގްތިސާދަކީ ފަތުރުވެރިކަމާ މަސްވެރިކަމަށް ބަރޯސާވާ ނާޒުކު އިގްތިސާދެއްކަން އަޅުގަނޑުމެން އެންމެން ދަންނަމު އެވެ. އަޅުގަނޑުމެން އެންމެން ދަންނަ މި ކަމަކީ އަޅުގަނޑުމެން އެންމެން އިންތިހާއަށް ބަދަލުކުރަން ވެސް ބޭނުން ކަމެކެވެ. މިދިޔަ އަހަރެއްހާ ދުވަހަކީ އިގްތިސާދު މިގޮތަށް އޮތުމުގެ ވޭން ހުރިހާ ދިވެހީން ތަޖުރިބާކުރި ހިތްދަތި ދުވަސްތަކެކެވެ.

އިއްޒަތްތެރި މިނިސްޓަރެވެ. މިފަދަ ނާޒުކު އިގްތިސާދެއް ކުރިއަރުވައި ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އިގްތިސާދު ފުޅާކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ ބުރަ މިހާރު މަތިކުރެވިފައިވަނީ މަނިކުފާނުގެ އިސްތަށިފުޅުގަ އެވެ. އެހެންކަމުން މި ފުރުސަތުގައި މަނިކުފާނުގެ ސަމާލުކަމަށް ދަންނަވަމެވެ.

ސަރުކާރުތެރޭގައި ފެންނަން ހުރި ދޯދިޔާ ކަންކަން ކިތަންމެހާ ވެސް ގިނަ އެވެ. ނަމަވެސް މަނިކުފާނުގެ ވަޒީރުކަމުގައި މިހާތަނަށް ސަރުކާރުން ފަށާފައިވާ ބައެއް އިގްތިސާދާ ގުޅުންހުރި ކަންކަމަކީ މީގެ ކުރިން ދުވަހަކު ވެސް ފެށިފައިނުވާ މުހިންމު ކަންތައްތަކެއް ކަމުގައި އުފަލާއެކުގައި ފާހަނގަކުރަމެވެ. މީގެތެރެއިން ވެސް އެސްއެމްއީ ބޭންކް ވުޖޫދުކުރުން ޝުކުރުވެރިކަމާއެކު އަޅުގަނޑުމެން ބަލައިގަންނަމު އެވެ. އެ ބޭންކަކީ ގިނަ ދާއިރާތަކުން މަންފާލިބޭ އިގްތިސާދެއް ގާއިމު ވުމުގެ އުއްމީދެއް ކަމަށްވީމަ އެވެ. ނަމަވެސް އެސްއެމްއީ ބޭންކުގެ އެދެވޭ މަންފާ ގައުމަށް ލިއްބައިދިނުމަށް ފުރިހަމަ ސިޔާސަތުތަކެއް ކިތަންމެހާ ވެސް ބޭނުމެވެ. ބޭނުންވަނީ ފަށާ ވިޔަފާރިތަކާއި ކުދި ވިޔަފާރިތަކަށް މިނިސްޓަރުގެ އަޅާލުމާއި އެހީތެރިކަން އިތުރުކޮށް ދިނުމެވެ. ކުރިމަތިވެފައިވާ ހުރަސްތައް ނައްތާލަދިނުމެވެ.

މިނިސްޓަރު ގަބޫލުކުރައްވާށެވެ. ދިވެހިންނަކީ ހަމަ ހަގީގަތުގައި ވެސް ހުނަރުވެރި މަސައްކަތްތެރި ބައެކެވެ. ހާއްސަކޮށް ދިވެހި ޒުވާން ޖީލަކީ ދުނިޔޭގެ އޮއިވަރު އެނގިތިބި އެކާވީސްވަނަ ގަރުނަށް ހުޅުވިފައިވާ ސިކުނޑިތަކެކެވެ. މިނިސްޓަރުގެ ތަސައްވަރުގައި ތިޔަވާ "ޑައިވާސިފައިޑް އިކޮނޮމީ" ރާއްޖޭގައި ބިނާކުރުމަށް ދިވެހިންގެ ކިބައިގައި ހުނަރު އެބަހުއްޓެވެ. މުރާލިކަން ވެސް އެބަހުއްޓެވެ. ކުރާން ހިތުލައިގެން ތިބި ކަންކަން ކިތަންމެހާވެސް ގިނަ އެވެ. ނަމަވެސް މުޑިއަރައިގެން މިއުޅެނީ ސަރުކާރަކަށް މެނުވީ ގިރާނުކުރެވޭ ޒާތުގެ ކަންކަމާ އެވެ. މިޒާތުގެ ބައެއް ކަންކަން މިސިޓީގައި ފާހަގަކޮށްލަމެވެ.

ފުރަތަމަ ކަމަކަށް ދުނިޔޭގެ ކުރިއަރަމުން އަންނަ އީކޮމާސް ދާއިރާގައި ދިވެހި ވިޔަފާރިތަކަށް ހުރި ހުރަސްތައް ނައްތާލަދެއްވާށެވެ. އީކޮމާސްގައި އޮންލައިން ޕޭމެންޓް ނެގުމަށް ޔުނިފައިޑް ޕޭމެންޓް ގޭޓްވޭ ގާއިމުކޮށް، ޕޭޕަލް އަދި ގޫގަލް ޕޭ ފަދަ މަގްބޫލު ޕްލެޓްފޯމްތައް ބޭނުންކުރުމަށް ފުރުސަތު ފަހިކޮށްދެއްވާށެވެ. މިކަން ހަމަޖެހުމުން މިލިއަނުން ޑޮލަރު ވައްދާނެ ފަހުލަވާނުން އެދުވަހެއްގެ އިންތިޒާރުގައި ތިބޭތާ މިހާރު ލައްކަ ދުވަސްވެއްޖެ އެވެ.

އަޅުގަނޑަށް މިކިޔެނީ ކުޑަ ކަމެއްގެ ވާހަކަ ނޫންކަންވެސް އެބަ އެނގެ އެވެ. ނަމަވެސް ހުއްޓިފައިމިވަނީ ކިތަންމެ ބައެއް ކުރަން ހިތުލައިގެން ތިބި ކަންކަމެވެ. ގައުމަށް ނުވަދެ ހުއްޓިފައިމިވަނީ އެނޫންނަމަ ވަންނާނެ ކިތަންމެ މިލިއަން ޑޮލަރެކެވެ. ޑްރޮޕްޝިޕިން ވިޔަފާރިތަކާއި، ބޮޑެތި އީކޮމާސް ޕްލެޓްފޯމް ތަކުގައި ދިވެހިންގެ ތަކެތި ވިއްކޭނެ ގޮތެވެ. އާޓިސްޓުންގެ އާޓް ވޯކް ތަކެވެ. ފްރީލާންސް ޑިވޮލޮޕަރުންގެ މަސައްކަތްތަކެވެ. އަދިވެސް ކިތަންމެ ދިމާލަކަށް ފުޅާވެގެންދާ ޑިޖިޓަލް ކޮމާސްގެ ދާއިރާއިން ދިވެހިންގެ ވިޔަފާރިތަކުން ގައުމަށް އިންތިހާއަށް މަންފާކުރާނެ އެވެ.

ދެން ދަންނަވަން އޮތީ ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ ވާހަކަ އެވެ. އެ ސެންޓަރަކީ ބައެއް މީހުން ފަނި ގިރާ، ސްމޫތީ ހަދައި ފަތު ސަޓަނި ހެދުން އިސްތިހާރު ކުރާތަނަކަށް ނަހައްދަވާށެވެ. މިހެން މިދެންނެވީ މީސް މީޑިއާ އިން އެތަނާ ގުޅިގެން ފެނުނު ހަމައެކަނި އެއްޗަކީ އެއީ ކަމަށް ވީމަ އެވެ. އަދި އަޅުގަނޑުމެންގެ އުއްމީދު އެއަށްވުރެ މަތިވެފައި ހިޔާލުތައް ގިނަވީމަ އެވެ.

އެތަނަކީ ދުނިޔޭގެ ބައެއް ގައުމުތަކުގައި ގާއިމުކޮށްފަ ހުންނަފަދަ އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް އިންސްޓިޓުޝަނަކަށް ހައްދަވާށެވެ. އުފެއްދުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި އުފެއްދިދާނެ ވެލިއު އެޑެޑް ޕްރޮޑަކްޓްތައް އުފެއްދުމަށް ދިރާސާކޮށް މީހުންނަށް ބުނެދޭ ތަނަކަށް ހައްދަވާށެވެ. އަދި ރާއްޖެއަށް އިމްޕޯޓުކޮށް ވެލިއު އެޑްކޮށް ރީ އެކްސްޕޯޓު ކުރެވިދާނެ ތަކެތި ބުނެދޭ ތަނަކަށް ހައްދަވާށެވެ. އެތަނުން މީސް މީޑިއާ އަށް ދޫކޮށްލާ ވީޑިއޯ ތަކަކީ އެފަދަ ވީޑިއޯތަކަށް ހައްދަވައި ދެއްވާށެވެ.

މިފަދައިން ކަންކޮށްފިނަމަ ދުވަސްކޮޅަކުން އުފެދޭނެ ވިޔަފާރިތައް ވަރަށް ގިނަކަމަށް ފެނެ އެވެ. އަދި ރައްޔިތުން އެގޮތަށް ހޭލުންތެރި ކުރެވިއްޖެނަމަ އަޅުގަނޑުމެން ކާނީ ރާއްޖެގައި ހަދާ ފްރެންޗް ފްރައިސްއެވެ. އެކަކުވެސް ކޮށި އަލުވި ފިނި ކޮންޓެއިނަރުގައި ބޮޑު ހޭދަކޮށްގެން ރާއްޖެ ނުގެންނާނެ އެވެ. އިންޑިޔާއިން ޕާޕަރު ގެނެސްގެން އިންޑިޔާ މީހުންނަކަށްވެސް ނުވިއްކޭނެ އެވެ. މިފަދަ ކިތަންމެ ބާވަތެއްގެ ދިވެހި އުފެއްދުންތަކުން ރާއްޖޭގެ މާކެޓް ލީޑްކުރާނެ އެވެ. އަދި މިހާރު އިމްޕޯޓުކުރާ ކިތަންމެ އެއްޗެއް ރާއްޖެއިން އެކްސްޕޯޓުކުރާ ހިސާބަށް ވެސް ދާނެ އެވެ.

މިނިސްޓަރު ފައްޔާޒު އެވެ. މަނިކުފާނަކީ މަސައްކަތުގައި ބުންވަރު ހުރިކަމަށް އަޅުގަނޑު ގަބޫލުކުރާ ބޭފުޅެކެވެ. ކަންކަން އޮޅުން ފިލާފައި ހުރި، އަދި ރައްޔިތުންގެ ހިޔާލުތައް އަޑުއަހާނެ ބޭފުޅެއްކަން ވެސް ޔަގީންކުރަމެވެ. ސަރުކާރުން ދަނޑުވެރިކަން ކުރިއަރުވަން އުފެއްދި ކުންފުނީގެ މަސައްކަތާ އަޅުގަނޑު މުޅިން އެއްބަސް ނުވިޔަސް އެކަމާ މުޅިން ދެކޮޅެއްވެސް ނޫނެވެ. ރާއްޖޭގައި ބިން ނެތް ކަމުގައި ވިޔަސް ވާނެ ކޮންމެ ވެސް ވަރެއް އޮންނާނެ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަމެވެ.

އަޅުގަނޑު އެދެނީ ހަމަ އެގޮތަށް ނެޝަނަލް މެރިކަލްޗާ ކުންފުނި ވެސް ރައީސްއަށް ދަންނަވައިގެން އުފައްދަވާށެވެ. ރާއްޖޭގައި ކަނޑުގެ ސަރަހައްދު ބޮޑުވެފައި ވަސީލަތްތައް ގިނަ އެވެ. ރަށްރަށުގައި އެޒަމާނުގައި އޮޅުއަލަ ހެއްދިހެން ކަނޑުގޮވާން ކުރަން ރައްޔިތުން އުޅޭތަން ދެކެން އަޅުގަނޑުމެން ބޭނުމެވެ. ހުއިފިލަނޑާ އަދި ޑިނގާ ފަދަ ތަކެތި ރާއްޖޭގައި ފަސޭހަކޮށް މިހާރު ވެސް ކަލްޗާ ކުރެވެ އެވެ. އަދި މިނޫންވެސް ބޭރު ދުނިޔޭގައި އަގުހުރި ކިތަންމެ ސީފުޑެއް ފަސޭހަކޮށް އާލާކުރެވޭނެ އެވެ. މިމައުލޫގައި ކިތަންމެ ވާހަކައެއް އަދި އެބައޮތެވެ. ނަމަވެސް މިކަން ކުރެވޭނީ އިންޑަސްޓްރީ އުފެއްދުމަށް ސަރުކާރުގެ ޕޮލިސީ އެނބުރުމުންނެވެ. އަޅުގަނޑުމެންގެ ރަށްތަކުގެ ގޮނޑުދޮށުގައި ޓުއަރިސްޓުން ތިބޭއިރު ހަމަ އެ ގޮނޑުދޮށުގައި ލަނޑާވެސް ތިބެންވީ އެވެ. ގިނަ ކަންކަމުން ޑޮލަރު ވަންނަން ފެށުމުން ހޯދަން މިއުޅޭ ތަނަވަސްކަމާ އުފާވެރިކަން އިސާހިތަކުން ލިބިގެންދާނެ އެވެ. އެހެންކަމުން މިކަމާ ވިސްނަވާ ފިޔަވަޅުތަކެއް އަޅުއްވާ ދެއްވުމަށް އެދި ދަންނަވަމެވެ.

އަޅުގަނޑު ލިޔާންހުރި ވާހަކަތައް ގިނަ ކަމުގައިވިޔަސް ފަހުކަމަކަމަށް އިތުރު އެންމެ ކަމެއް ފާހަނގަކޮށް ކުރުކޮށްލާނަމެވެ. އެއީ ކުޅި ކާޖާގެ ބާވަތްތަކާއި މިނޫންވެސް ދިވެހި އުފެއްދުންތަކުގެ ޕެކިންއަށް ޖޫސްޕެޓީ ކޮތަޅު ނޫން ގޮތެއް ހޯދައިދޭން ޖެހޭ ވާހަކަ އެވެ. މަނިކުފާނުގެ ވުޒާރާއިން މިބާވަތުގެ ދިވެހި އުފެއްދުންތަކަށް ކުރިއެރުން ހޯދާދިނުމަށް މަސައްކަތް ކުރާތަން ވަރަށް ފެނެ އެވެ. ނަމަވެސް ކޮލިޓީ ޕްރޮޑަކްޓެއްގެ ގޮތުގައި މިފަދަ އައިޓަމެއް ބާޒާރަށް ނެރުމަށް ބޭނުންވާ ޕެކިން އަށް ހޭދަކުރުމަށް މިފަންތީގެ ބޭފުޅުންނަށް ނުކުޅަދާނަ އެވެ. ސަބަބަކީ ބޭރުން ޕެކިން ބޭގް ހެއްދުމަށް އޯޑަރު ކުރާއިރު މިނިމަމް އޯޑަރު ކުއަންޓިޓީގެ ބޮޑުކަމުންނެވެ. ރާއްޖެއިން މިކަހަލަ ޕެކިން ބޭގް ހެއްދޭނެ ގޮތެއް ނުހުރެ އެވެ. ބޭރުން އެކަންކުރުވަން އެތައް ހާސް ޑޮލަރެއް ހޭދަކުރަންޖެހުމުން ގިނަމީހުން އެ ހިޔާލު ދޫކޮށްލަނީ އެވެ.

އަޅުގަނޑުގެ ހިޔާލުގައި މިކަން އޮންނަންޖެހޭ ފަސޭހަވަރަކީ ހާހެއްހާ ކެމްޕެއިން ޕޯސްޓަރު ޕްރިންޓް ކުރުވަން ދިޔައިމަ ވާހާ ފަސޭހައިން ވާ ކަމެއްގެ ގޮތުގަ އެވެ. މިބާވަތުގެ މަސައްކަތް އާންމުކޮށް ކުރަނީ ދިވެހި ކަނބަލުންނަށްވެފައި މި ފަސޭހަ އެ ކަނބަލުންނަށް ފޯރުކޮށް ދެވިއްޖެނަމަ ކިތަންމެ ފާއިދާއެއް އިގްތިސާދަށް ކުރާނެ އެވެ. ކަންމަތީ ފިހާރައިން ގަންނަ ތައިލެންޑުން އިމްޕޯޓުކޮށްފައިވާ ކޭކާއި، ޑޯނަޓު ފަދަ ތަކެއްޗަށް ރާއްޖޭގެ ބާޒާރުގައި އޭރުން ޖާގަ ނުލިބޭނެ އެވެ. އަދި މިފަދަ ކިތަންމެ ދިވެހި އުފެއްދުންތަކެއް ގިނަ ބްރޭންޑުތަކެއްގެ ގޮތުގައި އިތުރުވަމުން އިތުރުވަމުން އަންނާނެ އެވެ. ބޭރުގެ މާކެޓްތަކަށް ވިއްކޭނެ ކިތަންމެ ތަކެއްޗެއް މިގޮތަށްވެސް އުފެދިގެންދާނެ އެވެ. އެހެންކަމުން އަޅުގަނޑުގެ އެދުމަކީ ދިވެހި އުފެއްދުންތަކަށް ރަނގަޅު ފެންވަރުގެ ޕެކިން ފޯރުކޮށްދިނުމަށް ސަރުކާރު އިސްނެގުމަށެވެ. އެއީ އަމިއްލަ ބަޔަކު ވިޔަފާރި އުސޫލުން މިފަދަ ކަމަކަށް އިންވެސްޓް ކުރާނެކަމަށް ނުފެންނާތީ އެވެ. އަދި ކުރި ކަމުގައި ވިޔަސް އެކަށީގެންވާ އަގެއްގައި އެ ހިދުމަތް ނުދެވިދާނެތީ އެވެ.

މި ފާހަނގަ ކުރެވުނު ކަންކަމަކީ މަނިކުފާނުގެ ހިޔާލުގައި މިހާރުވެސް ހުރި ކަންކަމަށް ވެދާނެ އެވެ. ނަމަވެސް އަޅުގަނޑުމެން ބޭރު ފާއިސާއަށް ބަރޯސާވެފައި މިއޮތްގޮތުން ހިޔާލުގައި ހުރި ކަންކަން ތަންފީޒުނުކޮށް ލަސްކުރެވޭކަށް މިހާރު ދެން ނެތެވެ. މި ބާވަތުގެ ކަންކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅުއްވައި އިގްތިސާދުގެ މިސްރާބު ފުދުންތެރިކަމަށް އަނބުރާލައްވާށެވެ. އަޅުގަނޑުމެންނަށް ފެންނަ ފެނުމުގައި މަނިކުފާނަކީ މިކަން ކުރެވިދާނެ ބޭފުޅެކެވެ.

..........

އެޑިޓަރުގެ ނޯޓް: މިއީ އަދަދުގެ ސިޓީބިޓީ ސެކްޝަނުގައި ޝާއިއުކުރުމަށް ކިޔުންތެރިއަކު ފޮނުވާފައިވާ ސިޓީ އެކެވެ. މި ސެކްޝަނުގައި ސިޓީއެއް ޝާއިއުކުރައްވަން ބޭނުންފުޅު ނަމަ "އަދަދު" ގެ އެޑިޓަރަށް އެޑްރެސްކޮށް info@adhadhu.com އަށް އީމެއިލްކޮށްލާށެވެ. އޭގެ ތެރެއިން އެޑިޓޯރިއަލް ސިޔާސަތާ ފުށު ނާރާ ސިޓީތައް ވީ އެންމެ އަވަހަށް އަދަދުގައި ޝާއިއުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox