ޔޫރޯ 2020: އަޑިގަނޑުން އަރައިގަނެ މަންޗިނީ އިޓަލީ ގޮވައިގެން ކުރިއަށް!

Jun 11, 2021, 7:09 AM
ިއިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

ިއިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ

އިޓަލީން 60 އަހަރުގެ ތެެރޭގައި ފުރަތަމަ ފަަަހަރަށް ފީފާ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނުތާ ހަ މަސް ދުވަސްވީ ފަހުން 2018 ވަނަ އަހަރުގެ މެއި މަހު ރޮބާޓޯ މަންޗިނީ، އިޓަލީގެ ގައުމީ ޓީމާ ހަވާލުވާން ނިންމީ ފުރިހަމަ އިތުބާރާ އެކު އެވެ. އިޓަލީ ފެޑެރޭޝަނުން މެންޗެސްޓާ ސިޓީ އާއި އިންޓަ މިލާނުގެ ކުރީގެ ކޯޗު މަންޗިނީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ޔުރޯ އަށް އިޓަލީ ކޮލިފައިކޮށްދިނުމުގެ ޒިންމާ އެވެ. އަދި އެ މުބާރާތުގެ ޖާގަ އިޓަލީ އަށް ޔަގީންވާ ހިސާބުން މަންޗިނީގެ އެއްބަސްވުން އޮޓޮމެޓިކުން އިތުރު އެއް އަހަރަށް އާ ކުރެވޭ ގޮތަށް ކޮންޓްރެކްޓްގައި ހިމަނާފައިވެ އެވެ.

ކޮލިފައިންގައި ބާކީ ތިން މެޗު އޮއްވައި ޔޫރޯގެ ޖާގަ އިޓަލީން ކަށަވަރުކުރުމާ އެކު މަންޗިނީގެ އެއްބަސްވުން 2022 އާ ހަމައަށް އިޓަލީން އާ ކުރަން ޖެހުނެވެ.

އިޓަލީ ގައުމީ ޓީމަށް ކުރިން ކުޅުނު މަންޗިނީގެ ކޯޗުކަމުގައި ފުރަތަމަ ދެ މެޗެއް އުނދަގޫކޮށް ދިޔަސް އެ ގައުމުގެ ފުޓްބޯޅަ އަލުން ކުރިއަރައިގެން ދިޔައީ ގިނަ ބަޔަކު ހީވެސް ނުކުރާހާ އަވަހަކަށެވެ. މަންޗިނީ ވަނީ އިޓަލީ ޖެހިޖެހިގެން 11 މެޗުން މޮޅުކޮށްދީ އިޓަލީގެ ކުރީގެ ކޯޗު ވިޓޯރިއޯ ޕޮޒޯ، 1938 ވަަނަ އަހަރު ހެދި ރެކޯޑް މުގުރާލައިފަ އެވެ. އަދި މި ފަހަރުގެ ޔޫރޯ އިން މެޗަކުން ބަލިނުވެ އިޓަލީން ފުރުސަތު ހޯދި އެވެ.

އިޓަލީ މެެޗެއްގެ ތެރެއިން މަންޗިނީ.

ކޮވިޑް-19 ގެ ސަބަބުން ޔޫރޯ އެއް އަހަރު ލަސްވި ނަމަވެސް މަންޗިނީ އަންނަނީ އިޓަލީގައި އޭނާގެ ރެކޯޑް ދަމަހައްޓަމުންނެވެ. އިޓަލީ އެންމެ ފަހުން ކުޅުނު އަށް މެޗުން މޮޅުވީ ބައިކޮޅަށް ލަނޑެއް ނުވަދެ އެވެ. އެ ހުރިހާ ކަމަކަށް ބަލައި އިޓަލީން ވަނީ މަންޗިނީ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް ކޮންޓްރެޓް އާ ކޮށްދީފަ އެވެ.

މަންޗިނީ މި ބަދަލުކޮށްލީ ކޮން ކަމެއް؟

މަންޗިނީ އިޓަލީއާ ހަވާލުވިއިރު، އެ ޓީމުގެ ފައުންޑޭޝަން ނޫނީ ބޭސް ކަމަށްވާ ތަޖުރިބާކާރު ކުޅުންތެރިންގެ ބެޗެއް އޮތީ ރިޓަޔާކޮށްފަ އެވެ. އެއީ ޖިއޮޖިއޯ ކިއެލީނީ، ޖިއަންލުއިޖީ ބުފޮން، އަންދްރެއާ ބްރަޒާގްލީ އަދި ޑަނިއެލޭ ޑި ރޮސީ އެވެ. މި ކުޅުންތެރިންގެ ތެރެއިން އަލުން ގައުމީ ޓީމަށް ދެ ކުޅުންތެރިއަކު ގެންނަން މަންޗިނީ މަސައްކަތްކުރި ނަމަވެސް އޭނާގެ ހުށަހެޅުމަށް އެއްބަސްވީ ކިއެލީނީ އެކަންޏެވެ. ޓީމު އޮފިޝަލެއްގެ ގޮތުގައި ދާދި ފަހުން ޑި ރޮސީ ވެސް މަސައްކަތް ކުރަން ވަނީ ފަށައިފަ އެވެ.

އަލުން ޓީމު އާރާސްތުކުރަން މަންޗިނީ މަސައްކަތް ފެށިއިރު، ދެން ބެލީ އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ގައުމީ ޓީމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމެވެ. އެގޮތުން ޒުވާން ދެ ކުޅުންތެރިން ކަމަށްވާ ސަންޑްރޯ ޓޮނާލީ އާއި ނިކޮލޯ ޒަނިއޯލޯ ވަނީ އިޓާލިއަން ލީގުގައި ކުޅުމުގެ ކުރިން އިޓަލީ ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ. މީގެ އިން އިޓަލީގެ ގިނަ ކުޅުންތެރިން ނެގި ފިލާވަޅަކީ ކޮންމެ ކުޅުންތެރިއަކަށް ފުރުސަތު ދޭން ވެސް މަންޗިނީ ހުރީ ތައްޔާރަށް ކަމެވެ.

އިޓަލީއާ ހަވާލުވެ ފުރަތަމަ ދެ މެޗެއް މަންޗިނީ ބޭނުންވި ގޮތަށް އަދި ސަޕޯޓަރުން އެދޭ ގޮތަށް ވެސް ނުދިޔަ އެވެ. ޔުއެފާ އިން އަލަށް ފެށި ނޭޝަންސް ލީގުގައި 2018 ވަނަ އަހަރު ފުރަތަމަ ޕޮލެންޑާ އިޓަލީވީ އެއްވަރެވެ. އަދި އޭގެ ޖެހިގެން އައި މެޗުގައި އިޓަލީ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް އަތުން ބަލިވެފަ އެވެ. އެކަމަކު އޭގެ (10 ސެޕްޓެމްބަރު 2018)ގެ ފަހުން މިހާތަނަށް މިވީ މުއްދަތުގައި ރަސްމީ މެޗަކުން އިޓަލީ ބަލިވެފައިނުވެ އެވެ.

ޔޫރޯއާ ކުރިމަތިލާއިރު އިޓަލީ މިހާތަނަށް ބަލިނުވެ ނިންމާލި މެޗުގެ އަދަދު ވަނީ 27 އަރައިފަ އެވެ. ޔޫރޯ ކޮލިފައިންގައި 37 ގޯލު އިޓަލީން ޖެހިއިރު، ބައިކޮޅަށް ވަނީ ހަތަރު ގޯލެވެ.

އިޓަލީ މެޗެއްގެ ތެެރެއިން މަންޗިނީ (ކ) އެ ޓީމުގެ ކުޅުންތެރިންނަށް ބުނެދެނީ.

އިޓަލީން ކުޅެމުން އައި ޒަމާންވީ އުސޫލުތަކާއި ފޯމޭޝަން ތަކަށް މަންޗިނީގެ ކޯޗުކަމުގައި އެކި ބަދަލުތަކެއް ގެނަ އެވެ. އެ ގޮތުން އިޓަލީގެ ކޯޗަކަށް އެންޓޯނިއޯ ކޮންޓޭ ހުރިއިރު ޓީމު އެކުލަވާލައި ނަތީޖާ ވެސް ނެރުނު 3-5-2 ފޯމޭޝަނުގެ ބަދަލުގައި މަންޗިނީ އިޓަލީ ޓީމު ހޭނުވީ 4-3-3 އާއި 3-2-4-1 ސިސްޓަމަކަށެވެ.

މިއީ އިޓަލީ ފުޓްބޯޅައިގައި ފަހަކަށް އައިސް ޒުވާން ކޯޗުން ޕްރެސިން ފުޓްބޯޅަ އަށް ކުޅުންތެރިން އަހުލުވެރި ކުރަން ބޭނުންކުރާ ފޯމޭޝަންތަކެކެވެ. އެ ފަދަ ސިސްޓަމެއްގެ ތެރެއިން ޒުވާން ޓީމުތަކުގައި މޮޅަށް ކުޅެމުން އައިސް އިޓަލީ ސީނިއާ ޓީމަށް ވެސް މޮޅަށް ކުޅޭ ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ފެޑެރީކޯ ޗިއޭސާ، ނިކޯލޯ ބަރޭލާ ފަދަ ކުޅުންތެރިން ގައުމީ ޓީމުގައި ހޯދި ކުރިއެރުން ފާހަގަކުރަން ޖެހެ އެވެ.

މީގެ އިތުރުން ލޮރެންޒޯ އިންސީނިއޭ އާއި ޖޯޖީނިއޯ ނަޕޯލީގައި މައުރީޒިއޯ ސާރީގެ ކޯޗުކަމުގެ ދަށުން ކުޅެމުން އައި ސްޓައިލުގެ ކޮމްބިނޭޝަން ޕާސިން ވެސް އިޓަލީގައި މަންޗިނީގެ ކޯޗުކަމުގައި އަންނަނީ ފެންނަމުންނެވެ.

ކުޅުމުގެ ކެރިއަރުގައި މަންޗިނީ އަށް ނުލިބުނު ނަސީބަކީ ވޯލްޑް ކަޕެއްގައި ނުކުޅެވުމެވެ. މަންޗިނީ އަކީ 1990 ވަނަ އަހަރުގެ އިޓަލީގެ ވޯލްޑް ކަޕް ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. އެކަމަކު އެއްވެސް މެޗަކުން ފުރުސަތެއް ނުދެ އެވެ. ދާދި ފަހުން މަންޗިނީ ވަނީ ވޯލްޑް ކަޕެއްގައި ކުޅުމުގެ ނަަސީބު ނުލިބުނަސް ކޯޗެއްގެ ގޮތުގައި އެ މުބާރާތް ކާމިޔާބުކުރުމަކީ ދެކޭ ހުވަފެނެއް ކަމަށް ބުނެފަ އެވެ.

މަންޗިނީ ހުރި މި ފަހަރުގެ ޔޫރޯގައި ވެސް އިޓަލީ ގޮވައިގެން ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަޒުމުގަ އެވެ. މިރޭ ޔޫރޯގެ ފުރަތަމަ މެޗުގައި އަމިއްލަ ގައުމުގައި ތުުރުކީއާ ދެކޮޅަށް އިޓަލީ ނުކުންނާނެ އެވެ. ސޯޅަހާސް ސަޕޯޓަރުންގެ ކުރިމަތީގައި ތުރުކީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހަނުވާނެ ކަމަށް މަންޗިނީ ބުންޏެވެ.

"ފުރަތަމަ މެޗަކީ އަބަދުވެސް އެންމެ އުނދަގޫ މެޗު. އަހަރެމެން އެހެން ކަންކަމާ ވިސްނުން ދޫކޮށްލައި ހަމައެކަނި މި މެޗަށް ފޯކަސް ކުރަން ޖެހޭ. ތުރުކީ އަކީ އާދައިގެ ޓީމެއް ނޫން. އަހަރެންގެ ތަޖުރިބާ އަށް ބަލާއިރު ތުރުކީން އަބަދުވެސް ބޭނުންކުރާ ހަތިޔާރަކީ ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް،" ތުރުކީގެ ގަލަސަތަރާއި އަށް ކުރިން ކޯޗުކޮށްދިން މަންޗިނީ ބުންޏެވެ.

ތުރުކީއާ ދެކޮޅަށް ނުކުންނައިރު އިޓަލީ އަށް ވަނީ އަނިޔާގެ މައްސަލަތައް ކުރިމަތިވެފަ އެވެ. އެ ގޮތުން މާކޯ ވެރާޓީ އާއި ލޮރެންޒޯ ޕެލެގްރީނީ އަށް މި މެޗުގައި ނުކުޅެވޭނެ އެވެ. މިރޭގެ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox