ޗެކް ރިޕަބްލިކް

Jun 11, 2021, 5:49 PM
ޗެކް ރިޕަބްލިކް

ޗެކް ރިޕަބްލިކުން ޔޫރަޕްގެ ޗެމްޕިއަންކަން ހޯދިއިރު، އެ ޓީމަށް ކިޔަނީ ޗެކޮސްލޮކިއާ އެވެ. އެއީ 1976 ވަަނަ އަހަރު އެވެ. އެންމެ ފަހުން ކުޅުނު ހަތް ޔޫރޯގައި ވެސް ވާދަކުރި ޗެކް ރިޕަބްލިކުން މި ފަހުން މި މުބާރާތުގައި އެންމެ ރަނގަޅު ކާމިޔާބެއް ހޯދީ 2004 ވަނަ އަހަރު ޕޯޗުގަލްގައި ބޭއްވި މުބާރާތުގަ އެވެ. އެ ފަހަރު އެ ޓީމުން ވަނީ ސެމީ ފައިނަލުގައި ވާދަކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގްރީސް އަތުން ބަލިވެފަ އެވެ. މީގެ ހަތަރު އަހަރު ކުރިން ފްރާންސްގައި ބޭއްވި ޔޫރޯގައި ޗެކް ރިޕަބްލިކް ނިންމާލަން ޖެހުނީ ގްރޫޕް ސްޓޭޖުންނެވެ.

ކޮލިފައިން ގްރޫޕް އޭގެ ރަނަރަޕްގެ ގޮތުގައި މި ފަހަރުގެ ޔޫރޯ އިން ފުރުސަތު ހޯދި ޗެކް ރިޕަބްލިކުން ވަނީ ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. އޭގެ ތެރޭގައި ކޮލިފައިން ގްރޫޕްގެ އެއް ވަަނަ ހޯދި އިންގްލެންޑް އަތުން ހޯދި މޮޅު ހިމެނެ އެވެ. މި ފަހަރުގެ ޔޫރޯގައި ވެސް އިންގްލެންޑާ އެއް ގްރޫޕެއްގައި ޗެކް ރިޕަބްލިކް ލައްވާލިއިރު، އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗު ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ.

ޗެކް ރިޕަބްލިކްގެ ނަމުގައި ކުޅެން ފެށި ފަހުން އެ ޓީމުގެ ރަން ޖީލުގެ ގޮތުގައި ފާހަގަވީ 2004 ގައި ކުޅުނު ޓީމެވެ. ގޯލްކީޕަރު ޕީޓަ ޗެކާއި މިޑްފީލްޑަރު ޕަވެލް ނެޑްވެޑާއި ތޯމަސް ރޮސިކީ އަދި ފޯވާޑް މިލާން ބަރޯސް ފަދަ ކުޅުންތެރިންނަކީ އޭރު ޔޫރަޕްގެ ފުޓްބޯޅައިގައި މަގުބޫލު ނަންތަކެވެ. މި ވަގުތު އޮތް ޗެކް ރިޕަބްލިކް ޓީމުގައި ހިމެނޭ މަޝްހޫރު ކުޅުންތެރިންނަކީ ކޮލިފައިންގައި އެ ޓީމަށް އެންމެ ގިނަ ގޯލު (4) ޖަހައިދިން ޕެޓްރިކް ޝިކް، ވެސްޓް ހޭމް ޔުނައިޓެޑް މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ތޯމަސް ސޫޝެކް އަދި ހާތާ ބާލިން މެދު ތެރޭގައި މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ ވްލަޑިމީރް ޑަރީޑާ އެވެ.

ޗެކް ރިޕަބްލިކްގެ ކޯޗު ޔަރޯސްލާވް ސިލްހަވީ

ކޯޗު: ޔަރޯސްލާވް ސިލްހަވީ

ޔަރޯސްލާވް ސިލްހަވީ އަކީ ޗެކް ރިޕަބްލިކް ލީގުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. އޭނާ ޗެކް ރިޕަބްލިކްގެ ކޯޗުކަމާ ހަވާލުވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ޑިފެންސިވް ޓެކްޓިކްސް އަށް އިސްކަންދޭ ސްޓައިލަކަށް ކުޅުވި ނަމަވެސް ޔަރޯސްލާވް އަކީ ނަތީޖާ ނެރުމުގައި ރަނގަޅު މަސައްކަތްތަކެއް ކުރާ ކޯޗެކެވެ.

ސްކޮޑު

ކީޕަރުން: ތޯމަސް ވަސްލިކް (ސެވިއްޔާ)، ޔިރީ ޕަވްލެންކާ (ވާޑާ ބްރެމެން)، އަލޭސް މެންޑޯސް (ސިގްމާ އޮޮލޮމޯކް)

ޑިފެންޑަރުން: ޕަވެލް ކަޑަރަބެކް (ހޮފެންހައިމް)، އޮންދްރޭ ސެލުސްޓްކާ (ސްޕާޓާ ޕްރާގު)، ތޯމަސް ކަލާޝް (ބްރިސްޓަލް ސިޓީ)، ޔޭން ބޮރީލް (ސްލާވިއާ ޕްރާގް)، ޔަކޫބް ބްރާބެކް (ވިކްޓޯރިއާ ޕްލެޒެން)، ވްލަޑިމީރް ސޫފާލް (ވެސްޓް ހޭމް)، ތޯމަސް ހޯލްސް (ސްލާވިއާ ޕްރާގް)(، އަލެސް މަޓޭއީޔޫ (ބްރެޝިއާ)، ޑޭވިޑް ޒިމާ (ސްލާވިއާ ޕްރާގް)

މިޑްފީލްޑަރުން: ވްލަޑިމީރް ޑަރީޑާ (ހާތާ ބާލިން)، ޔަކޫބް ޖެންކްޓޯ (ސަމްޑޯރިއާ)، ތޯމަސް ސޫޝެކް (ވެސްޓް ހޭމް)، ލޫކަސް މަސޮޕުސްޓް (ސްލާވިއާ ޕްރާގް)، އެންޓޮނީން ބަރަކް (ހެލަސް ވެރޯނާ)، އަލެކްސް ކްރާލް (ސްޕާޓާ މޮސްކޯ)، ޕީޓާ ސެވްޝްސިކް (ސްލާވިއާ ޕްރާގް)، އެޑަމް ހްލޯޒެކް (ސްޕާޓާ ޕްރާގް)، ޔަކޫބް ޕެސެކް (ސްލޯވަން ލިބެެރެކް)

ފޯވާޑުން: މަޓޭއި ވީޑްރާ (ބަންލީ)، މިކައެލް ކްރެމެންޝިކް (ޕީއޭއޯކޭ)، ޕެޓްރިކް ޝިކް (ލެވަކޫސަން)، ތޯމަސް ޕެކާޓް (ލެހިއާ ވޯސޯ)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox