ޔޫކްރޭން

Jun 11, 2021, 5:50 PM
ޔޫކްރޭން

މިއީ ޔޫކްރޭނުން ޔޫރޯގައި ޖެހިޖެހިގެން ވާދަކުރާ ތިން ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފުރަތަމަ ވާދަކުރީ 2012 ވަނަ އަހަރު ހޯސްޓްކުރި ގައުމުގެ ގޮތުގަ އެވެ .ދެން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އަށް ވެސް ކޮލިފައިވި އެވެ. ދެ ފަަހަރު ވެސް އެ ޓިމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ. މި ފަހަރު ޔޫރޯ ފުޓްބޯޅަ މުބާާރާތުގެ ކޮލިފައިން ބުރުގައި ޔޫކްރޭން ކުޅުނު އެއްވެސް މެޗަކުން ބަލިވެފައިނުވާއިރު، އެ ޓީމު ކޮލިފައިވީ ވެސް ގްރޫޕް އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ހަ މެޗުން މޮޅުވިއިރު، ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮލިފައިން ގްރޫޕްގައި ޔޫކްރޭން އޮތީ އެންމެ ފަހުގެ ޔޫރަޕްގެ ޗެމްޕިއަން ޕޯޗުގަލް އާއި މަޝްހޫރު ކުޅުންތެރިން ގިނަ ސާބިއާއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕްގެ އެއް ވަަނަ ޙޯދިއިރު، ޔޫކްރޭނުން ވަނީ އެއް ފެންވަރެއްގައި ގިނަ މެޗުތަކެއްގައި ކުޅެފަ އެވެ. ޔޫކްރޭނަށް ކޮލިފައިންގައި މޮޅުނުވެވުނީ ދެ މެޗުންނެވެ. އެއީ ރަށުންބޭރުގައި ޕޯޗުގަލް އާއި ސާބިއާއާ ދެކޮޅަށް ކުޅުނު ދެ މެޗުންނެވެ. މިއީ ކޮލިފައިން ގްރޫޕް ސްޓޭޖުން ޔޫކްރޭން މުބާރާތަށް ކޮލިފައިވީ ފުރަތަމަ ފަހަރެވެ. އެ ޓީމު ފުރަތަމަ ކުޅުނީ ހޯސްޓްގެ ގޮތުގަ އެވެ. ދެން 2016 ވަނަ އަހަރު ޕްލޭއޮފްގައި ސްލޮވީނިއާ ބަލިކޮށްގެންނެވެ.

މި ފަހަރު ޔޫރޯގައި ވާދަކުރާ ޔޫކްރޭން ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ނަން ފަވާލެވޭނެ ކުޅުންތެރިންނަކީ އެޓަލަންޓާގެ މިޑްފީލްޑަރު ރުސްލާން މަލިނޯވްސްކީ އާއި މެންޗެސްޓާ ސިޓީގެ ވިންގް ބެންކް އޮލެކްސަންޑަ ޒިންޗެންކޯ އަދި ފޯވާޑް ރޯމަން ޔަރެމްޗުކްެގެ އިތުރުން ވިކްޓޯ ސައިގަންކޯފް އެވެ.

ޔޫކްރޭނުގެ ކޯޗު ޝެވްޗެންކޯ: އޭނާ އަކީ މި ފަހަރުގެ މުބާރާތުގެ އެންމެ ޒުވާން ކޯޗު.

ކޯޗު: އަންދްރޭ ޝެވްޗެންކޯ

މި ފަހަރުގެ ޔޫރޯ އިން 21 ވަނަ ގަރުނުގެ މޮޅު ކުޅުންތެރިއަކު ކޯޗެއްގެ ގޮތުގައި ފެންނާނެ މަދު ޓީމުތަކުގެ ތެރޭގައި ޔޫކްރޭން ހިމެނެ އެވެ. ޔޫކްރޭންގެ ކޯޗު އަންދްރޭ ޝެވްޗެންކޯ އަކީ 2004 ވަނަ އަަހަރު ބެލޮންޑިއޯ ހޯދި އޭސީ މިލާންގެ ފޯވާޑް އެވެ. ޔޫކްރޭން 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖުން ކެޓުމާ އެކު ޝެވްޗެންކޯއާ އެ ޓީމު ހަވާލުކުރި އެވެ.ޝެވްޗެންކޯ ވަނީ އެ މަގާމާ ހަވާލުވި ފަހުން މިހާތަނަށް ރަނގަޅު މަސައްކަތެއްކޮށްފަ އެވެ. ޒުވާން ކުޅުންތެރިން ޓީމަށް ޕްރޮމޯޓްކުރުމުގެ އިތުރުން ވަރުގަދަ ސްކޮޑެއް ޔޫކްރޭންގައި އެކުލަވާލުމުގެ ކްރެޑިޓް ޝެވްޗެންކޯ އަށް ދޭން ޖެހެ އެވެ.

ސްކޮޑު

ކީޕަރުން: ޖިއޯޖީ ބުޝްޗާން (ޑިނަމޯ ކިއޭވް)، އަންޑްރީ ޕިޔާޓޯފް (ޝަހުތަރު ޑޮނެސްކް)، އަނަޓޯލީ ޓްރޫބިން (ޝަހުތަރު ޑޮނެސްކް)

ޑިފެންޑަރުން : އެޑޮއާޑް ސޮބޯލް (ކްލަބް ބްރޫޖް)، އިލިއާ ޒަބަރްނީޔީ (ޑިނަމޯ ކިއޭޗް)، ސޭހީ ކްރިސްޓްސޯފް (ޝަހުތަރު ޑޮނެސްކް)، ޑެނީސް ޕޮޕޯވް (ޑިނަމޯ ކިއޭވް)، އޮލެކްސަންޑަ ޓިމިޝާކް (ޑިނަމޯ ކިއޭވް)، ވިޓާލްޔީ މިކޮލެންކޯ (ޑިނަމޯ ކިއޭވް)، އޮލެކްސަންޑަ ކަރަވާއޭވް (ޑިނަމޯ ކިއޭވް)، މިކޯލާ މަޓްވިއެޔެންކޯ (ޝަހުތަރު ޑޮނެސްކް)

މިޑްފީލްޑަރުން: ސޭހީ ސިޔޯޑޯޗުކް (ޑިނަމޯ ކިއޭވް)، ރުސްލާން މަލިނޯވްސްކީ (އެޓަލަންޓާ)، މިކޯލާ ޝަޕަރެންކޯ (ޑިނަމޯ ކިއޭވް)، މާލޯސް (ޝަހުތަރު ޑޮނެސްކް)، ޔެވްހެން މަކަރެންކޯ (ކޯޓްރިޔްކް)، އޮލެކްސަންޑަ ޒިންޗެންކޯ (މެންޗެސްޓާ ސިޓީ)، ވިކްޓާ ސައިކަންގޯފް (ޑިނަމޯ ކިއޭވް)، ޓަރާސް ސްޓެޕަނެންކޯ (ޝަހުތަރު ޑޮނެސްކް)، އެންޑީ ޔާމޮލެންކޯ (ވެސްޓް ހޭމް)، އޮލެންސަންޑާ ޒުބްކޯފް (ފެރެންވަރޯޝް)، ހިއޯހީ ސުޑަކޯފް (ޝަހުތަރު ޑޮނެސްކް)، ރޯމަން ބީޒޫސް (ގެންޓް)

ފޯވާޑުން: ރޯމަން ޔަރެމްޗުކް (ގެންޓް)، އާޓެމް ބެސެޑިން (ޑިނަމޯ ކިއޭވް) އާޓެމް ޑޯވްބީކް (ޑިނިޕްރޯ1)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox