ޑެންމާކް

Jun 11, 2021, 5:51 PM
ޑެންމާކް

ޑެންމާކުން ޔޫރަޕްގެ ޗެމްޕިއަންކަން 1992 ވަަނަ އަހަރު ހޯދިއިރު، އެ މުބާރާތުގެ ފުރުސަތު އެ ޓީމަށް ލިބުނީ ވެސް ތަފާތު ގޮތަކަށެވެ. މުބާރާތް ފެށެން އެންމެ 10 ދުވަހަށް ވެފައި ވަނިކޮށް ޔޫގޯސްލާވިއާ މުބާރާތުން ވަކިކުރަން ޖެހުނީ އެ ގައުމު ބައިބައިވުމުގެ މައްސަލައިގެ ތެރެއިން އުފެދުނު ހިޔާލުތަފާތުވުންތަކާ ހެދި އެވެ. އެ ފަހަރު ފައިނަލުގައި ޑެންމާކުން ވަނީ ޖަރުމަނު ބަލިކޮށްފަ އެވެ.

ޑެންމާކަކީ މި ފަހަރުގެ ޔޫރޯ އަށް މެޗަކުން ބަލިނުވެ ކޮލިފައިވި ޓީމެކެވެ. ކޮލިފައިން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި މުބާރާތަށް ކޮލިފައިވި ޑެންމާކުން ވަނީ ކޮލިފައިންގައި ކުޅުނު އަށް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެ، ހަތަރު މެޗުން އެއްވަރުވެފަ އެެވެ. ޑެންމާކުން ކޮލިފައިންގައި ޖުމްލަ 23 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ އެންމެ ހަ ގޯލެވެ. މިއީ ޑެންމާކުން ޔޫރޯގައި ކުޅޭ ނުވަ ވަަނަ ފަހަރެވެ. އެންމެ ފަހުން 2016 ވަނަ އަހަރު ފްރާންސްގައި ބޭއްވި ޔޫރޯ އަށް ޑެންމާކް ކޮލިފައިނުވެ އެވެ

ކޮލިފައިންގައި ޑެންމާކަށް އެންމެ ގިނަ ގޯލު ޖަހައިދިނީ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން އެވެ. ގައުމީ ޓީމަށް 100 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ އެރިކްސަން އަކީ މި ފަހަރު ޔޫރޯގައި ޑެންމާކުން އެންމެ ވިދާލާނެ ކުޅުންތެރިޔާ އެވެ. އޭނާގެ އިތުރުން ވެސް އެ ޓީމުގައި ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި ބޮލޯނިއާގެ ފޯވާޑް އަންޑްރެއަސް ސްކޯވް އޮލްސެން އާއި އާރްބީ ލައިޕްޒިގުގެ ފޯވާޑް ޔޫސެފް ޕޯލްސަން ހިމެނެ އެވެ. އަދި ބާސެލޯނާގެ ފޯވާޑް މާޓީން ބްރައިތުވެއިޓާއި ޓޮޓެންހަމްގެ މިޑްފީލްޑަރު ޕިއޭ އެމީލް ހޮއިބިއާ އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.

ކޯޗު: ކެސްޕާ ޖޮލްމަންޑް

ޑެންމާކް ޔޫރޯ އަށް ކޮލިފައިކޮށްދިން ކޯޗު އެގާ ހަރެއިޑާ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި މަގާމުން ވަކިވެފަ އެވެ. އޭނާ އަކީ ޑެންމާކް ޔޫރޯ އަށް ކޮލިފައިކޮށްދިން ކޯޗެވެ.އެކަމަކު އަމިއްލަ ސަބަބުތަކާ ހުރެ ޓީމާ ވަކިވާން ނިންމީ އެވެ. ދެން ޑެންމާކާ ހަވާލުވީ އެ ގައުމުގެ ކްލަބްތަކުގައި މަސައްކަތްކުރި ކޯޗު ޖޮލްމަންޑް އެވެ.

ސްކޮޑު

ކީޕަރުން: ކެޝްޕާ ޝްމައިކަލް (ލެސްޓާ ސިޓީ) ޖޮނަސް ލޮސްލް (މިޓްޔައެލަންޑް)، ފްރެޑެރިކް ރޯނޯ (ޝާލްކާ)

ޑިފެންޑަރުން: ޔެންސް ސްޓްރައިގާ ލާސެން (އުދިނޭޒީ)، ސިމޮން ކިއޭ (އޭސީ މިލާން)، އަންޑްރެއަސް ކްރިސްޓައެންސަން (ޗެލްސީ)، ޔަކީމް އެންޑަސަން (ފުލަމް)، ޑެނިއަލް ވަސް (ވެލެންސިއާ)، މަތައިސް ޔޯގެންސަން (ކޮޕެންހާގެން)، ޔަކީމް މައޭލީ (އެޓަލަންޓާ)، ޔެނިކް ވެސްޓެގާޑް (ސައުތެމްޓަން)، ނިކޮލައި ބޮއިލަސެން (ކޮޕެންހާގެން)

މިޑްފީލްޑަރުން: މަތައިސް ޔެންސެން (ބްރެންޓްފޯޑް)، ކްރިސްޓިއަން ނޯގާޑް (ބްރެންޓްފޯޑް)، ޕިއޭ-އެމީލް ހޮއިބިއާ (ޓޮޓެންހަމް)، ތޯމަސް ޑެލަނީ (ބޮރޫޝިއާ ޑޯޓްމަންޑް)، އަންޑާސް ކްރިސްޓިއަންސެން (މަލްމޯ)، ކްރިސްޓިއަން އެރިކްސެން (އިންޓަ މިލާން)، މިކެލް ޑަމްސްގާޑް (ސަމްޑޯރިއާ)، ރޮބާޓް ސްކޯވް (ހޮފެންހައިމް)

ފޯވާޑުން: މާޓިން ބްރައިތުވެއިޓް (ބާސެލޯނާ)، އަންޑްރެއަސް ކޮނޭލިއަސް (ޕާމާ)، އަންޑްރެއަސް ސްކޯވް އޮލްސެން (ބޮލޯނިއާ)، ޔޫސެފް ޕޯލްސަން (އާރްބީ ލައިޕްޒިގު)، ކެޝްޕާ ޑޯލްބާގް (ނީސް)، ޖޮނަސް ވިންޑް (ކޮޕެންހާގެން)

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox