ޔޫރޯ 2020: ކޮވިޑާ ހެދި ސްޕެއިންގެ ގްރޫޕް ފަރިތަކުރުުންތައް ސަސްޕެންޑް

Jun 9, 2021, 2:59 PM
ސްޕެއިން ޓްރެއިނިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ލޮރެންޓޭ.

ސްޕެއިން ޓްރެއިނިންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވި ލޮރެންޓޭ.

މެޑްރިޑް (ޖޫން 9) - ހަތަރު ދުވަހުގެ ތެރޭގައި ސްޕެއިންގެ ދެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެ ޓީމުގެ ގްރޫޕް ފަރިތަކުރުންތައް ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ފަރިތަކުރުންތައް މެދުކަނޑާލިއިރު، ހުކުރު ދުވަހު ފަށާ ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަަމަ މެޗަށް ބާކީ އޮތީ ފަސް ދުވަހެވެ.

މިދިޔަ އާދިއްތަ ދުވަހު އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވީ ސްޕެއިން ކެޕްޓަން ސާޖިއޯ ބުސްކެޓްސް އެވެ. އޭގެ ފަހުން ކުރި ޓެސްޓްތަކުން ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވީ ކޮވިޑަށް ނެގެޓިވް އެވެ. އެކަމަކު އިއްޔެ ޑިފެންޑަރު ޑިއޭގޯ ލޮރެންޓޭ ކޮވިޑަށް ޕޮޒިޓިވްވުމާ އެކު ހާލަތު އިތުރަށް ގޯސްވެދާނެތީ ސަލާމަތީ ފިޔަވަޅު ވަރުގަދަކުރަން ނިންމި އެވެ.

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ހާލަތު ގޯސްވެފައިވާތީ ޓީމުގެ ގްރޫޕް ފަރިތަކުރުންތައް މި ވަގުތަށް ހުއްޓާލައިފަ އެވެ. ކުޅުންތެރިންނަށް އަންގާފައިވަނީ އިންޑިވިޖުއަލް ޓްރެއިނިންތައް ފިޓްނަސް ކޯޗުން އަންގާ ގޮތަށް ކުރިއަށް ގެންދިއުމަށާއި ވެކްސިން ޖެހުމާއި ޓީމުގެ ހާލަތަށް ބަދަލު އައިހާ އަވަހަކަށް ގްރޫޕް ޓްރެއިނިންތައް ފަށާނެ ކަމަށެވެ.

ފުރަތަމަ ބުސްކެޓްސް ޕޮޒިޓިވްވުމުން ސްޕެއިނުން ވަނީ އެ ޓީމުގެ ހާލަތު ގޯސްވެދާނެ ކަމަށް ބަލައި ސްކޮޑަށް ހަ ކުޅުންތެރިން އިތުރުކޮށްފަ އެވެ. އަދި ރޭ ލިތުއޭނިއާއާ ދެކޮޅަށް ކުޅެން އޮތް މެޗު ސްޕެއިންގެ ޒުވާން ޓީމު ކުޅޭ ގޮތަށް ހަމަޖެއްސި އެވެ. ސްޕެއިނުން ވަނީ އެ މެޗުގައި ކުޅުނު ގިނަ ޒުވާން ކުޅުންތެރިންތަކެއް ޔޫރޯ ސްކޮޑަށް އިތުރުކޮށްފަ އެވެ. މިހާރު ސްކޮޑަށް އިތުރުކުރި ކުޅުންތެރިންގެ ޖުމްލަ ވަނީ 17 އަށް އަރައިފަ އެވެ.

އެ ކުޅުންތެރިންގެ ތެރެއިން އެންމެ ފުރަތަމަ އިތުރުކުރި ހަ ކުޅުންތެރިންނަކީ ލީޑްސް ޔުނައިޓެޑްގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ، ވެސްޓް ހޭމްގެ ޕަބްލޯ ފޯނާލްސް، ވެލެންސިއާގެ ކާލޯސް ސޯލާ، ސެލްޓަގެ ބްރައިސް މެންޑޭޒް، ވިޔަރެއާލްގެ ކެޕްޓަން ރައުލް އަލްބިއޯލް އަދި ގޯލްކީޕަރަކަށް އިތުރުކުރީ ޗެލްސީގެ ކީޕަރު ކެޕާ އަރިއްޒަބަލާގާ އެވެ.

އަދި ފަހުން ސްކޮޑުގައި ހިމެނީ ޒުވާން ޓީމުގެ ތަރިންނެވެ. އެއީ އަލްވާރޯ ފެނާންޑޭޒް، އޮސްކާ މިންގޭޒާ، މާކް ކުކުރެއްލާ، ބްރަޔާން ގިލް، ހުއާން މިރަންޑާ، ގޮންޒާލޯ ވިޔާ، އަލެހަންދްރޯ ޕޯޒޯ، ބްރަހިމް ޑިއާޒް، މާޓިން ޒުބިމެންޑީ، ޔެރެމީ ޕީނޯ އަދި ހަވީ ޕުއާޑޯ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސްޕެއިނުން ލަނޑެއް ނުޖެހި ޕޯޗުގަލްއާ އެއްވަރުވި މެޗުގައި ބުސްކެޓްސް އާއި ލޮރެންޓޭ ވަނީ ކުޅެފަ އެވެ. އެކަމަކު ބުސްކެޓްސް އާއި ލޮރެންޓޭ އަށް ސްޕެއިނުން ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުޅެވޭނެ އެވެ. އެއީ ޕޮޒިޓިވްވާ ކުޅުންތެރިން 10 ދުވަހަށް އައިސޮލޭޝަނަކަށް ދިއުން ލާޒިމުކޮށްފައިވާތީ އެވެ.

ޔޫރޯގައި ސްޕެއިން ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހު ސްވިޑެންއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި މި މަހު 19 ވަނަ ދުވަހު ޕޮލެންޑާ ބައްދަލުުކުރާނެ އެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ސްލޮވާކިއާއާ ދެކޮޅަށް ކުޅޭނީ 23 ގަ އެވެ.

ޔުއެފާ އިން ކަނޑައަޅާފައިވާ ގަވާއިދުގައިވާ ގޮތުން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކޮންމެ ޓީމަކަށް ވެސް ޔޫރޯ ސްކޮޑަށް ބަދަލު ގެނެވޭނީ ހާއްސަ ހާލަތެއްގަ އެވެ. އެއީ އަނިޔާގެ މައްސަލަތަކާއި ކޮވިޑް-19ގެ ކޭސްތައް ޓީމުތަކަށް ކުރިމަތިވާ ގޮތް ބެލުމަށް ފަހު އެވެ. ކޮންމެ ޓީމެއް 26 ކުޅުންތެރިންނަށް ވުރެ ގިނަ ނުވާ ގޮތަށް ސްކޮޑު ހުށަހަޅަން ފުރަތަމަ ދިން މުހުލަތު ހަމަވީ މި މަހުގެ އެއް ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox