ޔޫރޯގައި ސްޕެއިންގެ މެޗަށް އަށް ދުވަސް: ބުސްކެޓްސް ކޮވިޑަށް ޕޮޒިޓިވްވެއްޖެ

Jun 7, 2021, 3:43 AM
ްސްޕެއިންގެ މިޑްފީލްޑަރު ބުސްކެޓްސް: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި.

ްސްޕެއިންގެ މިޑްފީލްޑަރު ބުސްކެޓްސް: އޭނާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި.

މެޑްރިޑް (ޖޫން 7) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިން ކުޅެން އޮތް ފުރަތަމަ މެޗަށް އަށް ދުވަހަށް ވެފައި އޮއްވައި އެ ޓީމުގެ މުހިއްމު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 32 އަހަރުގެ ބުސްކެޓްސް މިދިޔަ ބުރާސްފަތި ދުވަހުގެރޭ ވަނީ ސްޕެއިނާއި ޕޯޗުގަލް ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ކުޅެފަ އެވެ. އެ މެޗު ކުޅުމުގެ ކުރިން ހުރިހާ ކުޅުންތެރިން ކޮވިޑަށް ޓެސްޓްކުރިއިރު، ބުސްކެޓްސް ނެގެޓިވް އެވެ.

ބުސްކެޓްސް ޕޮޒިޓިވްވީ މާދަމާރޭ ސްޕެއިނުން ލިތުއޭނިއާއާ ދެކޮޅަށް ސްޕެއިން ކުޅެން އޮތް އެކުވެރިކަމުގެ މެޗުގެ ކުރިން ކުރި ޓެސްޓްތަކުންނެވެ. ބުސްކެޓްސް ޕޮޒިޓިވްވިއިރު، މި މަހު 14 ވަނަ ދުވަހު އެ ޓީމުން ސްވިޑެންއާ ދެކޮޅަށް ޔޫރޯގައި ކުޅޭ މެޗު ފެށެން މިހާރު މި އޮތީ ހަފްތާ އަކަށް ވެފަ އެވެ. އެ މެޗުގައި އޭނާ އަށް ކުޅެވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

Advertisement

ބުރާސްފަތި ދުވަހުގެރޭ ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ބުސްކެޓްސް ބޯޅަ ހިފައިގެން.

އިއްޔެ ސްޕެއިންގެ މުޅި ސްކޮޑުގެ ހުރިހާ މެމްބަރުން ޓެސްޓްކުރިއިރު، ޕޮޒިޓިވްވީ ބުސްކެޓްސް އެކަންޏެވެ. ބުސްކެޓްސް ޕޮޒިޓިވްވުމާ އެކު އޭނާގެ އިތުރުން ދެން ކޮންޓެކްޓްވި އެންމެން ވަނީ އައިސޮލޭޓް (އެކަހެރި) ކޮށްފަ އެވެ.

ކޮންޓެކްޓްވި މީހުން ދޫކޮށްލާނީ އިތުރު ޓެސްޓްތަކެއް ހެދުމަށް ފަހު އެވެ. ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން ބުސްކެޓްސްއާ ކޮންޓެކްޓް ވެގެން ފަސް ކުޅުންތެރިއަކާއި ދެ އޮފިޝަލަކު ވަނީ އައިސޮލޭޓްކޮށްފަ އެވެ.

ބުސްކެޓްސް ޕޮޒިޓިވްވުމާ އެކު ސްޕެއިން ސީނިއާ ޓީމުގެ ބަދަލުގައި މާދަމާރޭ ލިތުއޭނިއާއާ ދެކޮޅަށް ކުޅޭނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމެވެ. ސްޕެއިން ސީނިއާ ޓީމު ކުޅޭތަން ބަލަން އެ މެޗަށް ޓިކެޓް ނެގި މީހުންގެ ޓިކެޓްތައް ރިފަންޑް ކޮށްދޭން ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ.

ޔޫރޯގައި ސްޕެއިނާއި އެއް ގްރޫޕެއްގައި ސްވިޑެންގެ އިތުރުން ދެން އޮތީ ޕޮލެންޑާއި ސްލޮވާކިއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަކާ ފޭކު ކޮވިޑް ސެޓިފިކެޓެއް ހުށަހެޅި މައްސަލައެއް ބަލަނީ

ސްވިޒަލެންޑްގެ ގައުމީ ޓީމުގެ ކެޕްޓަން ގްރޭނިޓް ޝަކާ، ކޮވިޑް ވެކްސިން ޖެހިކަމުގެ ފޭކް ސެޓްފިކެޓެއް ހުށަހެޅި މައްސަލައެއް އެ ގައުމުގެ ޕްރޮސެކިއުޓަރުން ތަހުގީގު ކުރަން ފަށައިފި. މި މައްސަލައާ ގުޅިގެން ޝަކާ ވަނީ ގައުމީ ޓީމުގެ ކުރިއަށް ހުރި މެޗުތަކުގައި ބައިވެރިނުވާން ނިންމާފައި

ރާއްޖޭގެ އީޝާ އާއި މާއިދު ގައުމީ ރެކޯޑު އާކޮށްފި

ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ 10 މީޓަރު އެއާ ރައިފަލް އިވެންޓުން ރާއްޖޭގެ އައިޝަތު އީޝާ ޝަހީދު އާއި އަޙްމަދު މާއިދު މުޙައްމަދު އާ ގައުމީ ރެކޯޑުތަކެއް ގާއިމުކޮށްފި. އީޝާ ރެކޯޑު އާކުރީ 624.1 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މާއިދު ވަނީ 614.5 ޕޮއިންޓް ހޯދައިގެން ފިރިހެނުންގެ ގައުމީ ރެކޯޑު އާކޮށްފައި.

ކުރިމަތިވީ ރެފްރީން ޔުނައިޓެޑް ބަލިވިޔަނުދޭނެ ހާލަތެއް: އާބެލޯއާ

މެންޗެސްޓާ ޔުނައިޓެޑާއި ފުލަމް ބައްދަލުކުރި މެޗު އެއްވަރުވުމުން، ރެފްރީން ޔުނައިޓެޑް ބަލިވިޔަ ނުދޭން މަސައްކަތްކުރި ކަމަށް ބުނެ ފުލަމްގެ ކޯޗު އާބެލޯއާ ވަރަށް ބޮޑަށް ފާޑުކިޔައިފި. އޭނާ ހިތްހަމަނުޖެހުން ފާޅުކުރީ ޔުނައިޓެޑުން ލަނޑު ޖެހުމުގެ ކުރިން ހެރީ މެގުއާ އަށް ކުރި ފައުލެއް ރެފްރީ ދިނުމާ ގުޅިގެން.

ގައުމީ މުބާރާތުގެ ޓީމު އިވެންޓުގެ ދެ ތަށި ވެސް ރިވައިވަލް އަށް

50 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ހުރިހާ އިވެންޓެއް ކާމިޔާބުކޮށް، ރިވައިވަލް ސްޕޯޓްސް ކްލަބުން ތާރީޚީ ކާމިޔާބީއެއް ހޯދައިފި. އެ ކްލަބުން ވަނީ ޓީމު އިވެންޓުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ތަށި ހޯދުމުގެ އިތުރުން، އޯޕަން އިވެންޓްތަކުގެ ހުރިހާ ވަނަތަކެއްވެސް ކާމިޔާބުކޮށްފައި

މާސޭ ބަލިކޮށް ޕީއެސްޖީ އަށް ލީގުގައި ދެ ވަނަ މޮޅު

ފްރެންޗް ލީގުގައި ރޭ މާސޭ އަތުން 2-1 އިން މޮޅުވެ، ޕީއެސްޖީން މި ސީޒަނުގެ ލީގުގައި ދެވަނަ މޮޅު ހޯދައިފި. ފެރާން ޓޮރޭސް އާއި މާކީނިއޯސްގެ ލަނޑުތަކުން ޕީއެސްޖީ މޮޅުވިއިރު، މި ނަތީޖާއާއެކު އެ ޓީމު މިހާރު އޮތީ ތާވަލުގެ ހަވަނައިގައި

ރަތް ކާޑު ދައްކަންޖެހޭ ކަމަށް ބުނެ މޮރީނިއޯ ފޮޓޯ ދައްކައިފި

އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކަންޖެހޭކަން ސާބިތުކޮށްދިނުމަށް، ރެއާލް މެޑްރިޑްގެ ކޯޗު މޮރީނިއޯ ފައުލްތަކުގެ ފޮޓޯ ޕްރިންޓްކޮށްގެން ނޫސްވެރިންނަށް ދައްކާލައިފި. ރެފްރީގެ ނިންމުންތަކަށް ފާޑުކިޔަމުން މޮރީނިއޯ ބުނީ މިއީ ރެފްރީންގެ ގޯސް ނިންމުމެއް ކަމަށް.

ކީޕަރު އަޝްވާން އާއި އަރީން ގައުމީ ޓީމުގެ ފައިނަލް ސްކޮޑަށް

ފީފާ ބްރޭކުގައި ޗައިނާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށް ކުޅޭ މެޗުތަކަށް ކީޕަރު އަޝްވާން އާއި އަރީން ހިމަނައިގެން ގައުމީ ފުޓްބޯޅަ ޓީމު ޗައިނާ އަށް ވަނީ ގޮސްފައި. މުހިންމު ބައެއް ކުޅުންތެރިންނަށް އެކި ސަބަބުތަކާ ހުރެ ނުދެވުނު ނަމަވެސް، ކޯޗު އުރްބާނީ ބޭނުންވަނީ މި ފުރުސަތުގައި އާ ކުޅުންތެރިންގެ ފެންވަރު ބަލާލުމަށް

Newsletter

Get the latest news delivered straight to your inbox