ޕްރިމިއާ ލީގުން ސުޕަ ލީގުގައި ބައިވެރިވި ޓީމުތައް ޖޫރިމަނާކޮށްފި

Jun 9, 2021, 12:56 PM
ޕްރިމިއާ ލީގުން ސުޕަ ލީގުގައި ބައިވެރިވި ޓީމުތައް ޖޫރިމަނާކޮށްފި

ލަންޑަން (ޖޫން 9) - ރަސްމީ ފެޑެރޭޝަންތަކާ ދެކޮޅަށް ގެންނަން އުޅުނު ޔޫރަޕިއަން ސުޕަ ލީގުގެ ފައުންޑަރު ކްލަބްތަކުގެ ތެރޭގައި ހިމެނުމަށް ފަހު އެ ލީގުން ވަކިވި އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ކްލަބް ޖޫރިމަނާކުރަން އެ ލީގުން ނިންމައިފި އެވެ.

މިދިޔަ އޭޕްރީލް މަހު 18 ވަަނަ ދުވަހު 12 ކްލަބާ އެކު ސުޕަ ލީގު އިއުލާނުކުރި ނަމަވެސް އެކި ފިއްތުންތަކާ ހުރެ 72 ގަޑިއިރު ވެސް ނުވަނީސް އޭގެ ތެެރެއިން ނުވަ ޓީމެއް ވަނީ އެ ލީގުން ވަކިވެފަ އެވެ.

ސުޕަ ލީގުން ވަކިވި ކްލަބްތަކަކީ އިނގިރޭސި ޕްރިމިއާ ލީގުގެ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ، ލިވަޕޫލް، އާސެނަލް، ޓޮޓެންހަމް، ޗެލްސީ އިޓަލީގެ އޭސީ މިލާނާއި އިންޓަ މިލާން އަދި ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް އެވެ. ލީގުން އަދިވެސް ވަކިނުވެ އޮތީ ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އިޓަލީގެ ޔުވެންޓަސް އެވެ.

Advertisement

ޔުއެފާ އިން ސުޕަ ލީގުން ވަކިވި ނުވަ ޓީމަށް މިދިޔަ މަހު ދީފައިވާ އަދަބަކީ ހުރިހާ ޓީމެއް އެކުވެގެން 13.4 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް ދެއްކުމެވެ. އޭގެ އިތުރުން އެއް ސީޒަން ވަންދެން މި ކްލަބްތަކަށް ޔުއެފާ މެދުވެރިކޮށް ލިބޭ ފައިސާގެ ފަސް ޕަސެންޓް ޔުއެފާ އަށް ނެގުމެވެ. އަދި މުސްތަގުބަލުގައި މި ފަދަ ޔުއެފާގެ އުސޫލާ ހިލާފު ޕްރޮޖެކްޓްތަކުގައި ބައިވެރިވެއްޖެނަމަ 100 މިލިއަން ޕައުންޑްގެ ޖޫރިމަނާއެއް އަންނާނެކަން އަންގާފައިވެ އެވެ.

އިނގިރޭސި އެފްއޭ އިން މިއަދު އެ ގައުމުގެ ހަ ކްލަބަށް ދިން އަދަބަކީ ހުރިހާ ކްލަބެއް އެކުވެގެން 21 މިލިއަން ޕައުންޑް ދެއްކުމަށެވެ. އެއީ ކޮންމެ ކްލަބަކުން 3.5 މިލިއަން ޕައުންޑެވެ. މިއާ އެކު ސުޕަ ލީގުގައި ބައިވެރިވި އިނގިރޭސި ކޮންމެ ކްލަބެއް އަތުން ޖޫރިމަނާގެ ގޮތުގައި މި ވަގުތު ފަސް މިލިއަން ޕައުންޑް ދައްކަން ޖެހޭނެ އެެވެ. އެއީ ޔުއެފާ އާއި ޕްރިމިއާ ލީގުގެ ޖޫރިމަނާ އެއްކޮށްލުމުން ދައްކަން ޖެހޭ އަދަދެވެ.

ޕްރިމިއާ ލީގުން ޖޫރިމަނާކުރުމުގެ އިތުރުން ކްލަބްތަކަށް އަންގާފައިވަނީ ލީގުގެ ގަވާއިދު ހުއްދަ ނުދޭ ޕްރޮޖެކްޓެއްގައި ދެން ބައިވެރިވެއްޖެނަމަ އެ ޓީމެއް ޖޫރިމަނާ ކުރުމުގެ އިތުރުން ޕޮއިންޓް އުނިކުރާނެ ކަމަށެވެ. މި ފަދަ ކަމެއްގައި ދެން ކްލަބަކުން ޝާމިލުވެއްޖެނަމަ އެންމެ ފުރަތަމަ 20 މިލިއަން ޕައުންޑުން ޖޫރިމަނާ ކުރުމުގެ އިތުރުން 30 ޕޮއިންޓް އުނިކުރަން ވަނީ ކަނޑައެޅި އާ އުސޫލުގައި ހިމަނައިފަ އެވެ.

އަދި ހާލަތުގެ ގޮތުން ބެލުމަށް ފަހު އެ ޓީމެއް ލީގުން ސަސްޕެންޑް ކުރަން ވެސް ނިންމަން ޖެހިދާނެ ކަމަށް ލީގުން ވަނީ އަންގައިފަ އެވެ.

ސުޕަ ލީގުގައި މި ވަގުތު އޮތް ރެއާލާއި ބާސެލޯނާ އިން އަންނަނީ ލީގުގެ ދިފާއުގައި އަދިވެސް ވާހަކަ ދައްކަމުންނެވެ.

ޔުއެފާގެ ރައީސް އެލްކްސަންޑަ ކެފެރިން ދާދި ފަހުން ވިދާޅުވީ ބާސެލޯނާ އާއި ރެއާލް އަދި ޔުވެންޓަސް އަށް އަދިވެސް ފުރުސަތު އެބައޮތް ކަމަށާއި ސުޕަ ލީގުން ވަކިވެ މައާފަށް އެދިއްޖެނަމަ ކުޑަ އަދަބަކުން ސަލާމަތް ވެވޭނެ ކަމަށެވެ. ޔުވެންޓަސް އިން އަންނަނީ އެ ކަމަށް ވިސްނަމުންނެވެ. އެކަމަކު ބާސެލޯނާގެ ރައީސް ޖޮއާން ލަޕޯޓާ ވަނީ މައާފަަށް ނޭދޭނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ސުޕަ ލީގުން ވުޖޫދުވުމަށް ހުރަހެއް ނެތް ކަމަށް ސްޕެއިންގެ ކޯޓަކުން ނިންމާފައިވާ ނިންމުމެއް އެބައޮތް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox