ހަމާސްގެ އިންޒާރަށް ބެލުމެއް ނެތި ޔަހޫދީންގެ ހިނގާލުން ބާއްވަން ހުއްދަ ދީފި

ހިނގާލުން ބާއްވާ ސަރަހައްދަކީ ގުދުސްގައި ގިނަ މުސްލިމުން ދިރިއުޅޭ ސަރަހައްދެއް.-- ފޮޓޯ: ރޮއިޓާޒް

ހިނގާލުން ބާއްވާ ސަރަހައްދަކީ ގުދުސްގައި ގިނަ މުސްލިމުން ދިރިއުޅޭ ސަރަހައްދެއް.-- ފޮޓޯ: ރޮއިޓާޒް

ހަމަލާ ބަދަލު ކުރަން ފަށާފާނެ ކަމުގެ ބިރަށް ކެންސަލް ކުރި ޔަހޫދީ ނެޝަނަލިސްޓުންގެ ހިނގާލުން ބޭއްވުމުގެ ހުއްދަ އިޒްރޭލް ސަރުކާރުން ދީފި އެވެ.

"ދިދައިގެ ހިނގާލުން" ބާއްވައިފި ނަމަ ހަމަލާ ދޭނެ ކަމުގެ އިންޒާރު ގާޒާ ކޮންޓްރޯލް ކުރާ ހަމާސް ޖަމާއަތުން ދިނުމުން އެކަން އިންތިޒާމް ކުރި ފަރާތުން ނިންމީ ކެންސަލް ކުރުމަށެވެ.

ނަމަވެސް ވެރިކަމުގެ ފަހު ދުވަސްތައް ގުނަމުންދާ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ އެ ހިނގާލުން ބޭއްވުމުގެ ހުއްދަ ދީފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގާލުން ބާއްވަން މަސައްކަތް ކުރީ ގުދުސްގައި މުސްލިމުން ގިނައިން ދިރިއުޅޭ "މުސްލިމް ކުއާޓާ" ސަރަހައްދު ގަ އެވެ.

ނަމަވެސް ބޮޑު ހަމަނުޖެހުމެއް އުފެދުމުގެ ބިރާއެކު އެ ހިސާބުގައި ހިނގާލުން ނުބޭއްވޭނެ ކަމަށް ފުލުހުން އެންގި އެވެ. ސަރުކާރުން ހުއްދަ ދިނުމުން ދެން ހިނގާލުން ބާއްވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ހިނގާލުން ބާއްވައިފި ނަމަ ހަމަލާ ދޭން ޖެހިދާނެ ކަމުގެ އިންޒާރު ހަމާސްއިން ދީފައި ވާއިރު، މިދިޔަ މަހު ހަމާސް އާއި އިޒްރޭލާ ދެމެދު 11 ދުވަސް ވަންދެން ހަމަލާ ބަދަލު ކުރި އެވެ. އެ ހަމަލާ ބަދަލު ކުރުމުގައި ގާޒާއިން 250 މީހުން އަދި އިޒްރޭލުން 13 މީހުން މަރުވި އެވެ.

"ދިދައިގެ ހިނގާލުން" ބޭއްވިޔަސް މައްސަލައެއް ނެތް ކަމަށް ނަތަންޔާހޫގެ ކެބިނެޓުން ފާސްކުރީ އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމެއްގަ އެވެ.

އެ ގޮތަށް ނިންމާފައި ވާއިރު، އަށް ޕާޓީއެއް ގުޅިގެން އުފެއްދި އާ ކޯލިޝަން ސަރުކާރަށް ރުހުން ދިނުމުގެ މައްސަލަ އަންނަ އާދީއްތަ ދުވަހު ގާނޫނު ހަދާ މަޖިލިސް، ކަނޭސެތުގައި އޮންނާނެ އެވެ.

ކޯލިޝަން ސަރުކާރަށް ރުހުން ލިބިއްޖެ ނަމަ އިޒްރޭލުގައި އެންމެ ގިނަ ދުވަސް ވަންދެން ބޮޑު ވަޒީރުގެ މަގާމު ފުރުއްވި ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް އަންނާނެ އެވެ.

އެގޮތަށް ދިމާވެއްޖެ ނަމަ، "ދިދައިގެ ހިނގާލުން" ބޭއްވުމުގެ މައްސަލަ އާ ސަރުކާރުން މުރާޖައާ ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް އާ ސަރުކާރުގެ ބޮޑު ވަޒީރު ކަމުގައި ހުންނަވާނެ ނަފްތާލީ ބެނެޓްއަކީ ވެސް ޔަހޫދީންގެ ކުރިއެރުމަށް މަސައްކަތް ކުރާ މީހެކެވެ.

"ދިދައިގެ ހިނގާލުމަކީ" އާއްމުކޮށް "ޖެރުސަލަމް ޑޭ" ނުވަތަ ގުދުސް ދުވަހާ ދިމާކޮށް ބާއްވާ މޭ 10 ގައި ކޮންމެ އަހަރަކު ވެސް ބާއްވާ ހިނގާލުމެކެވެ. ނަމަވެސް ހަމަލާ ބަދަލު ކުރުން ކުރިއަށް ދާތީ އެ ދުވަހު މި އަހަރުގެ ހިނގާލުން ނުބޭއްވުނެވެ.

އެ ދުވަހަކީ އިޒްރޭލުން 1967 ގެ ހަނގުރާމައިގައި އިރުމަތީ ގުދުސްއަށް ވެރިވެގަނެ، ޔަހޫދީންގެ ބާރުގެ ދަށަށް އެތަން ގެންދިޔަ ދުވަހެވެ.

އެކަން ފާހަގަކުރަން ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ޔަހޫދީންނެއް އިޒްރޭލުގެ ދިދަތައް ހިފައިގެން ގުދުސްގައި މުސްލިމުން ދިރިއުޅޭ ހިސާބުގެ މަގުތަކުގައި ހިނގަ އެވެ.

ފަލަސްތީނު މީހުން ދެކޭ ގޮތުގައި އެ ހިނގާލުމަކީ މައްސަލަ ހޫނުކޮށް، ހަމަނުޖެހުން އުފެއްދުމުގެ މަގްސަދުގައި ޔަހޫދީން ބާއްވާ ހިނގާލުމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox