ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލް ހުށަހެޅީ ވަކި ބަޔެއްގެ ހިޔާލަށް ހުރަސްއަޅާކަން ނޫން: ރައީސް

ރައީސް ސޯލިހު: ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލް ހުށަހެޅީ ވަކި ބައެއްގެ ހިޔާލަށް ހުރަސް އަޅަން ނޫން ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު: ނަފުރަތު އުފެއްދުން ކުށަކަށް ހެދުމުގެ ބިލް ހުށަހެޅީ ވަކި ބައެއްގެ ހިޔާލަށް ހުރަސް އަޅަން ނޫން ކަމަށް ވިދާޅުވި - ފޮޓޯ: ރައީސް އޮފީސް

އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތުކުރުން ފަދަ ނަފުރަތުގެ އަމަލު ހިންގުން ޖިނާއީ ކުށަކަށް ހަދަން ގާނޫނުލްއުގޫބާތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިފާއު ކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅިގެން ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެ ބިލުގައިވާ ބައެއް ކަންކަމަށް ތާއިދު ނުކުރާކަން ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ބުނެފަ އެވެ.

އޭގެއިތުރުން ބައެއް ދީނީ އިލްމްވެރިން ވެސް އެކަމާ ނުރުހުން ފާޅުކޮށް، ބިލާ ދެކޮޅަށް ކެމްޕެއިނެއް ވެސް ވަނީ ފަށާފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ނަފުރަތު އުފެއްދުން ކުށަކަށް ހެދުމަށް ހުށަހެޅި ބިލްގެ ބޭނުމަކީ މީހުންގެ ތެރޭގައި ނަފުރަތު އުފައްދައި، އޭގެ ސަބަބުން މީހުންގެ ފުރާނަ އާއި މުދަލަށް ގެއްލުންވާ ހިސާބަށް ކަންކަން ދާތީ، އެކަން ހުއްޓުވުން ކަމަށެވެ.

އެއީ، އެއްވެސް ހާލެއްގައި ވަކި ބަޔަކަށް އަމާޒުކޮށް އެއްވެސް ފަރާތަކުން ފާޅުކުރާ ހިޔާލަކަށް ހުރަސް އެޅުމުގެ ގޮތުން ސަރުކާރުން ހުށަހެޅި ބިލެއް ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"އޭގެ ބޭނުމަކަށް ވެފައި މިއޮތީ އެއްވެސް ފަރާތަކުން ހުށަހަޅާ ހިޔާލަކަށް ހުރަސް އެޅުމެއް ނޫން، އެހެންނަމަވެސް، ފާޅުކުރާ ހިޔާލަކުން ނަފުރަތު އުފެދި އެ ބޮޑު ފިތުނައަކަށް ބަދަލުވެ ފުރާނައަށް ގެއްލުންވާ ހިސާބަށްދާތީ އެކަން ހުއްޓުވުން،" ރައީސް ވިދާޅުވި އެވެ.

ނަމަވެސް، ބިލާމެދު ރައްޔިތުންގެ ހިޔާލު ތަފާތުވުންތަކެއް އެބަހުރިކަން އެނގިވަޑައިގަންނަވާ ކަމަށާއި އެ ކަންކަމަށް ބަލައި ސަރުކާރުން ވެސް ބިލަށް ބަދަލު ގެންނަން ޖެހޭ ކަންކަން ފާހަގަކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި، ރައްޔިތުންގެ މަޖިލީހުގައި ބިލަށް ބަހުސްކޮށް، ކޮމިޓީން ދިރާސާކުރާއިރު ރައްޔިތުންގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތް ކުރާނެކަމުގެ ޔަގީންކަން ވެސް އެބަ އޮތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

ނަފުރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައަޅަން ހުށަހެޅި އިސްލާހާ ގުޅިގެން ރައްޔިތުން ފާޅުކުރަމުންދާ ކަންބޮޑުވުމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިހާރު ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ގާނޫނުލްއުގޫބާތަށް އިސްލާހު ހުށަހެޅުމަށް އިތުރު ބިލެއް ވެސް ތައްޔާރުކޮށްފަ އެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކުރުމެވެ. އަދި، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުމެވެ.

ގާނޫނުލްއުގޫބާތަށް މިހާރު ހުށަހަޅާފައިވާ އިސްލާހު

ގާނޫނުލްއުގޫބާތަށް ގެންނަން މަޖިލީހުގެ މެންބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ އިސްލާހަކީ ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާމެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމުގެ މަގުސަދުގައި ގެންނަ އިސްލާހެކެވެ.

އިސްލާހުގައިވާ ގޮތުން، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް ނޫނީ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި، މީހެއްގެ އިސްލާމީ އަގީދާއާ ގުޅުވައި އެ މީހަކާމެދު ނަފްރަތު އުފެއްދުމުގެ އިތުރުން، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމަކީ ކުށެކެވެ.

އެއީ ޖުނަހުގެ އެއް ވަނަ ދަރަޖައިގެ ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވާއިރު، ގާނޫނުލްއުގޫބާތުގެ ދަށުން އެ ދަރަޖައިގެ ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އެއް އަހަރުގެ ދުވަހުގެ ޖަލު ހުކުމެވެ.

މީގެ އިތުރުން، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި އެފަދަ ކަމެއް ރޭވުން ވެސް ވަނީ ކުށަކަށް ހަދަން ހުށަހަޅާފަ އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރެއް އަދި ފަސް ވަނަ ދަރަޖަ އެވެ. އޭގެ މާނައަކީ އެފަދަ ކުށެއް ސާބިތުވާ މީހަކަށް ދެ އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އައުމެވެ.

މީގެ އިތުރުން، މީހެއްގެ ނަސްލަށާއި، އުފަންވީ ގައުމަށް ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި، ބައިވެރިވުމާއި ރޭވުމަކީ ވެސް ކުށެއް ކަމަށް އެ އިސްލާހުގައި ބުނެފައިވެ އެވެ.

އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ، އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލުމުގެ އަދަބު އެ އިސްލާހުގައި ވަނީ ކަނޑައަޅައިފަ އެވެ. އަދި، އޭގެ ތެރެއިން ކުށެއް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާ ދީގެން ނޫނީ މަރާލާނެ ކަމުގެ އިންޒާރު ދީގެން ނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox