ހިޔާގައި ރޯވުން: ކުދިންގެ ފަރާތުން ހިނގި ކަމެއް

Jun 9, 2021, 6:39 AM
ހިޔާގައި ރޯވުން: ކުދިންގެ ފަރާތުން ހިނގި ކަމެއް

ކުޑަކުދިންގެ ހިޔާގައި މި ފަހުން އަލިފާނުގެ ތިން ހާދިސާއެއް ވެސް ހިނގީ ކުދިންގެ ފަރާތުން ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތުު މުހައްމަދު ދީދީ އިއްޔެ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބައިތިއްބާ ހިޔާގައި ރޯވާ މައްސަލާއިގައި މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަނީ ކަމާބެހޭ އިދާރާތަކާ ބައްދަލުކޮށްފަ އެވެ. އޭގެތެރޭގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންނާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން ޗިލްޑްރަންސް އޮމްބަޑްސްޕާސަން ހިމެނެ އެވެ.

ހިޔާގައި ފުރަތަމަ ރޯވީ މިދިޔަ މަހުގެ 4 ވަނަ ދުވަހުގެ ހެނދުނެވެ. އެކަން ހިނގީ ދެ ކުއްޖެއްގެ ދެމެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި މިނިސްޓްރީން އެކަން ބެލިއިރު ހިޔާއަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަވުމުން އެކަން ވަނީ ކޮށްފަ އެވެ. ހަމަ އެ ދުވަހު ދެ ވަނަ ހާދިސާއެއް ހިނގީ އަންހެން ކުދިން ބައިތިއްބާ އަމާން ހިޔާ އިމާރާތުގަ އެވެ.

"ދެ ކުއްޖަކު އެޑްމިޓްކުރިން، އެއީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުމެއް ވެގެން ނޫން،" އައިޝާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދެ ހާދިސާއަށް ފަހު ނަފްސާނީ ގޮތުން ފަރުވާދޭން ޖެހޭ ކަމަށް ގަބޫލުކުރެވޭތީ އެކަން ކުރިއަށް ގެންދިޔަ އެވެ.

މި ހަފުތާގައި ވެސް ހިޔާގައި އަލިފާން ރޯ ކުރި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ހިޔާގައި ތިބި 50 ކުދިންގެ ތެރެއިން ގިނަ ކުދިން ރަށްރަށުގެ އަމާން ހިޔާތަކަށް ބަދަލުކޮށް، ވިލިމާލޭގައި މިހާރު ތިބީ މަދު ކުދިންތަކެކެވެ. އެ ކުދިންގެ ތެރެއިން ބައެއް ކުދިންނަކީ ކުށުގެ ވެށިން ގެންގޮސް އީޓީސީސީ ތިބި ކުދިން ކަމަށް ވިދާޅުވި އެވެ. އެ ކުދިން ހިޔާއަށް ގެންދިޔައީ އެތަން ބަންދުކުރުމުންނެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާގައި ކުދިންތަކެއް މިހާރު ބައިތިއްބާފައި ވަނީ ފަރުވާ ދޭންޖެހޭތީ ކަމަށެވެ. އެ ފަރުވާ ނިމުމުން އެ ކުދިން ވެސް އާއިލާތަކާ ހަވާލުކުރާނެ ކަމަށް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުން ބުނި ގޮތުގައި އަލިފާނުގެ ހާދިސާއާ ގުޅިގެން ހިޔާއަށް ޒިޔާރަތްކޮށް، ކަން ހިނގައިދިޔަ ގޮތް ވަނީ ބަލައިފަ އެވެ. ފުރަތަމަ ހާދިސާގެ މައުލޫމާތު ލިބިފައި ވިޔަސް ދެ ވަނަ ހާދިސާގެ މައުލޫމާތު ނުލިބޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

ކުދިންތަކެއް ތިއްބައި ތިން ފަހަރަށް އަލިފާން ރޯވުމުން އެޗްއާރުސީއެމުން ކަންބޮޑުވުންފާޅުކުރި އެވެ. އެކަން ހިނގި ގޮތް މިހާތަަނަށް ކޮމިޝަނަށް ނޭނގުމާއި އަނެއްކާވެސް އެފަދަ ކަމެއް ހިނގުމުގެ ފުރުސަތު އޮތް ކަމަށް ކޮމިޝަނުން ބުންޏެވެ.

އެޗްއާރުސީއެމުން ބުނީ ކުޑަކުދިންގެ ހިޔާއާ ގުޅޭ ގޮތުން 2018 އާއި 2019 އަދި 2020 ގައި ވެސް ކަންބޮޑުވުންތަކެއް ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި ކަމަށެވެ. ހިޔާގައި ހުރި މައްސަލަތައް ވަގުތުން ވަގުތަށް ހައްލުކުރަންޖެހޭ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ހިޔާގެ ސީސީޓީީވީ ކެމެރާތައް ވެސް ހުރީ ހަލާކުވެފަ އެވެ. ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ކަންކަން ވަގުތުން ވަގުތަށް މޮނިޓަކުރެވޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރެވޭ ކަމަށް ވިދާޅުވި އެވެ. އީޓީސީސީގައި ބަންދުކޮށް އެތަނުން ހިޔާއަށް ގެންދިޔަ ކުދިންނަށް އެކަށީގެންވާ ޕްރޮގްރާމްތައް ނުހިންގުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.

ޗިލްޑްރަންސް އޮމްބަޑްޕާސަން ނިއުމަތު ޝަފީގް ވިދާޅުވި ގޮތުގައި، ކުދިންގެ ފަރާތުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން އެންގި އެވެ. ހިޔާގައި ކުދިންނަށް ރައްކާތެރި ކަމެއް ނެތް ކަމުގެ ކަންބޮޑުވުން އޭނާ އިއްޔެ ވެސް ތަކުރާރު ކުރެއްވި އެވެ.

އަލިފާނުގެ ހާދިސާ ހިނގިއިރު ކުދިންނާއި އެތަނުގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނެތް ކަމަށް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއުގެ ދެފުށް ފެންނާކަށް ނެތް: ނަޝީދު

ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް އޮޅުވާލައިގެން ގައުމު ވިއްކާނުލެވޭނެ ކަމަށާއި، މި މަޝްރޫއުގެ އެއްވެސް ތަފްސީލެއް މަޖިލީހަށާއި ރައްޔިތުންނަށް އެނގެން ނެތްކަމަށް ނަޝީދު ވިދާޅުވި އެވެ.

ގުޅީފަޅު ތަރައްގީކުރި ނަމަ ތިލަމާލެ ބްރިޖުން ފައިދާ ނުކުތީސް

ރަސްމާލެ ހިއްކުމަށް ކުރާ ހަރަދުން ގުޅީފަޅާއި ގިރާވަރުފަޅު ތަރައްގީކުރި ނަމަ، ތިލަމާލެ ބްރިޖުގެ ފައިދާ ރައްޔިތުންނަށް ކުރާނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ފައިސަލް ވަނީ ގުޅީފަޅާއި ގިރާވަރުފަޅުގައި އަސާސީ ހިދުމަތްތައް ގާއިމުނުކޮށް ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާތީ އެކަމަށް ފާޑުވިދާޅުވެފައެވެ.

ފަހި ފްލެޓުތަކުގެ ދެ ޔުނިޓުގެ އެގްރީމެންޓު ބާތިލުކޮށްފި

ގަވާއިދުން ކުލި ނުދައްކާތީ ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓުތަކުގެ ދެ ޔުނިޓެއްގެ އެއްބަސްވުން ބާތިލުކޮށް، 15 ދުވަހުގެ ތެރޭގައި ތަން ހުސްކުރަން އެ ކޯޕަރޭޝަނުން ވަނީ އަންގައިފައެވެ. އެފްޑީސީން ބުނި ގޮތުގައި މި ފިޔަވަޅު އެޅީ ފައިސާ ދެއްކުމަށް ތަކުރާރުކޮށް ފުރުސަތު ދިނުމަށްފަހު، ކަނޑައެޅިފައިވާ މުއްދަތުގައި ފައިސާ ނުދެއްކުމުންނެވެ.

ދިރާގު ގޭމަރސް ގިލްޑްއިން އައިފޯން 18 ޕްރޯ މެކްސް ހޯދޭ

ދިރާގު ގޭމަރސް ގިލްޑް (ޑީ.ޖީ.ޖީ) އަށް ސަބްސްކްރައިބްކޮށް، ޕްރޮފައިލް ވެރިފައިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ނަސީބުވެރިއަކަށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު 31 ޑިސެންބަރު 2026 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ހަރަކާތަކީ ރާއްޖޭގެ ގޭމިންގ މުޖުތަމައު ކުރިއަރުވައި، ގޭމް ކުޅުންތެރިންނަށް އެކި މުބާރާތްތަކުގައި ބައިވެރިވެ ހުނަރު ދައްކާލުމަށް މަގުފަހިކޮށްދިނުމަށް ދިރާގުން ކުރިއަށްގެންދާ މަސައްކަތެކެވެ.

ހަފުތާއެއްފަހުން ޓްރެފިކް އަދަބު ޑިޖިޓަލްކޮށް ދޭން ފަށަނީ

މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޓްރެފިކް ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ޑިޖިޓަލްކޮށް ފިޔަވަޅު އަޅައި، އެސްއެމްއެސް ނުވަތަ އީމެއިލް މެދުވެރިކޮށް ޖޫރިމަނާގެ މައުލޫމާތު ފޮނުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަފީފް ވަކިކޮށްފި

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން މުހައްމަދު އަފީފް މިއަދު ވަކިކޮށްފިއެވެ. އޭނާ މަގާމުން ވަކިކުރި ސަބަބު ހާމަކޮށްފައި ނުވާއިރު، މިއީ މި ސަރުކާރުގައި އެ މަގާމަށް އައްޔަންކުރި ތިންވަނަ ބޭފުޅާއެވެ. އަފީފް ވަކިކޮށްފައި މިވަނީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ އުވާލައި، އެ ކުންފުނީގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ކަނޑުއޮޅިތައް ބަލަހައްޓަން ބޭރުގެ އެހީއަށް ނޭދޭނަން: ސަރުކާރު

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ބޭރުގެ އެހީތެރިކަން ހޯދުމަށް ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުތަކަށް ސަރުކާރުން ވަނީ ރައްދު ދީފައެވެ. ސަރުކާރުން ބުނެފައިވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ކަނޑުއޮޅިތައް ބެލެހެއްޓުމަށް ބޭރުގެ އެއްވެސް ފަރާތެއްގެ އެހީއަށް ނޭދޭނެ ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox