ހިސާން 'ދަންޖައްސަންޖެހޭ' ކަމަށް ސިޔާމް ބުނާ އޯޑިއޯއެއް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން އާއި މީދޫ ދާއިރާގެ މެމްބަރު ސިޔާމް - ފޮޓޯ: މަޖިލީސް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން އާއި މީދޫ ދާއިރާގެ މެމްބަރު ސިޔާމް - ފޮޓޯ: މަޖިލީސް

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން 'ދަންޖައްސަންޖެހޭ' ކަމަށް، މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް ބުނާ އޯޑިއޯއެއް 'އަދަދު' އަށް ލިބިއްޖެއެވެ.

އެނގިފައިވާ ގޮތުގައި މިއީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު އިއްޔެ ބައިވެރިވެވަޑައިގެންނެވި ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގެ ބައްދަލުވުމަށްފަހު އެ ކޮމިޓީއިން ނުކުންނަވައި ބޭރުގައި ތިއްބެވި މެންބަރުންނާ ދެއްކެވި ވާހަކައެކެވެ.

އޯޑިއޯގައި ސިޔާމް ވިދާޅުވެފައިވަނީ ހިސާން 'ދަންޖައްސަންޖެހޭ' ކަމަށާއި، 'އެކަންކޮށްގެން ފާފަވެރިވެސް ނުވާނެ' ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގާ ޕާލިމަންޓަރީ އިންކުއަރީގެ އިއްޔެ ބައްދަލުވުމަށް މަޖިލީހުގެ މަސައްކަތާ ވަރަށް ދުރުން އުޅުއްވާ ސިޔާމް ކުއްލި ގޮތަށް ވަޑައިގެންނެވުމުން އެމްޑީޕީގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ހިންގާ އިންކުއަރީ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންނެވީ ރާއްޖޭގެ އަމާންކަން ކަށަވަރު ކުރުމަށްޓަކައި މުހިންމު މަސައްކަތްތަކެއް ކުރަން ޖެހޭތީ އެވެ. އަދި މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް އެކިފަރާތްތަކުން ވާހަކަ ދައްކާ ކަމީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށްވެސް ސިޔާމް އޭރު ވިދާޅުވި އެވެ.

"އެމީހަކީ ތިމާއަށްވުރެ ދަށް ފަންތީގެ މީހަކަށްވެގެން ނޫންނަމަ، އެމީހަކީ ސިޔާސީ ގޮތުން އެހެން ފިކުރެއްގެ މީހަކަށް ވެގެން އެމީހަކާ ނުވަތަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ނަފުރަތު އުފެއްދުމަށް އެއްޗެހިތަކެއް ކިޔުމަކީ ދުނިޔޭގައި އަބަދުވެސް ވަރަށް ބޮޑު ކުށެއް، މީހުންގެ އަބުރަށް އަރައިގަތުމާއި ހަޑި އެއްޗެހި ކިޔުން އެއީ ކުށެއް،" އިއްޔެ ކޮމިޓީއަށް ހާޒިރުވުމާ ގުޅޭގޮތުން ސިޔާމް 'އަދަދު' އަށް ވިދާޅުވި އެވެ.

'އަދަދު' އަށް ލިބިފައިވާ އޯޑިއޯ ގައި ސިޔާމް ދައްކަވާފައިވާ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ އިއްޔެ ހިސާންއާ ދެމެދު ކުރި ޒުވާބުގެ ތެރެއިން އެކަހަލަ އެއްޗެއް ވިދާޅުވެފައި އޮވެ ދާނެ ކަމަށާއި، ނަމަވެސް މާނަ ކުރީ އެގޮތަށް ނޫން ކަމަށެވެ.

"ޒުވާބުކުރި އިރު އެކަހަލަ ކޮންމެވެސް ބަހެއް ބުނެފައި އޮވެދާނެ، އެކަމަކު އެގޮތަށް މާނަކޮށް ބުނި އެއްޗެއް ނޫން އެއީ،" އެމްޑީއޭގެ ލީޑަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވި ގޮތުގައި އަރައިރުން ހިނގަން މެދުވެރިވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ހިންގަވާ ގޮތާމެދު ހިތްހަމަނުޖެހުން ބޮޑުކަމުން ކަމަށެވެ.

'އަދަދު' އަށް އެނގިފައިވާ ގޮތުގައި ހިސާން 'ދަންޖައްސަންޖެހޭ' ކަމަށް ސިޔާމް ބުނެފައިވަނީ ކޮމިޓީ ބައްދަލުވުން ނިމުނު ފަހުން މަޖިލީހުގެ އެހެން މެންބަރުންނާ ވާހަކަ ދެއްކެވުމުގެ ތެރޭގަ އެވެ. ސިޔާމް މިހެން ވިދާޅުވެފައިވާކަން އެތަނުގައި ތިއްބެވި ބައެއް މެންބަރުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މިކަމާ ގުޅިގެން ހިސާން ގެ ބަހެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox