އިންތިހާބުގައި މަކަރު ހެދި ކަމަށް ނަތަންޔާހޫ ތުހުމަތު ކުރައްވައިފި

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.-- ފޮޓޯ: ރޮއިޓާޒް

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ.-- ފޮޓޯ: ރޮއިޓާޒް

މަގާމު ގެއްލެން ކައިރިވެފައިވާ އިޒްރޭލުގައި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ކުރާ ހަމަނުޖެހުން އުފެއްދި ކަމުގެ ތުހުމަތު ދޮގު ކުރައްވައި، މާޗް މަހު ބޭއްވި އާއްމު އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރައްވައިފި އެވެ.

ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެންނަން އިދިކޮޅު މައި ޕާޓީއާއެކު އިތުރު ހަތް ޕާޓީއަކުން ވަނީ ކޯލިޝަން ހަދާފަ އެވެ. ނަތަންޔާހޫ ވިދާޅުވީ އެ ކޯލިޝަކަނީ ޑިމޮކްރަސީގެ ތާރީހުގައި ހިންގި "އެންމެ ބޮޑު ވޯޓު އޮޅުވާލުމުގެ" ނަތީޖާ ކަމަށެވެ.

އަށް ޕާޓީގެ ކޯލިޝަން ސަރުކާރެއް އުފެއްދުމާ ގާތްވެފައި ވާއިރު، އެ ޕާޓީތަކަކީ ފިކުރީ ގޮތުން ވަރަށް ތަފާތު ޕާޓީތަކެވެ. އެ މީހުން އެއްބަސްވާ ހަމައެކަނި ކަމަކީ ނަތަންޔާހޫ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމެވެ. ނަތަންޔާހޫއަކީ އިޒްރޭލުގައި މިހާތަނަށް އެންމެ ގިނަ ދުވަހު ބޮޑު ވަޒީރުގެ މަގާމު އަދާ ކުރައްވަމުންދާ ލީޑަރެވެ.

"މިއަދު މި ގެންގެން ދަނީ އަޅުގަނޑުމެންގެ ގައުމުގެ ތާރީހުގައި، އަދި ދުނިޔޭގެ ޑިމޮކްރަސީގެ ތާރީހުގައި އިންތިހާބެއްގައި ހެދި އެންމެ ބޮޑު މަކަރުގެ ނަތީޖާ،" ނަތަންޔާހޫ ނިސްބަތްވެ ވަޑައިގަންނަވާ ލިކޫދް ޕާޓީގެ ޕާލިމެންޓު މެމްބަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ކޮރަޕްޝަނާއި މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއްގައި ނަތަންޔާހޫއާ ދެކޮޅަށް ދަނީ ޝަރީއަތް ހިންގަމުންނެވެ. ކުށް ސާބިތުވެއްޖެ ނަމަ އޭނާއަށް ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

ނަތަންޔާހޫ މިހާރު މަސައްކަތް ކުރައްވަމުން ދަނީ އިދިކޮޅުން އުފެއްދި ކޯލިޝަނަށް ޕާލިމެންޓު، ކަނޭސެތުގެ ވޯޓު ނުލިބޭ ގޮތް ހެދުމަށެވެ.

މި ދަނޑިވަޅުގައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ވިދާޅުވެ، ޖާސޫސީ އިދާރާ ޝިން ބޭތުގެ ވެރިޔާ ނާދަވް އަރްގަމާން މިދިޔަ ހޮނިހިރު ދުވަހު ވަނީ އިންޒާރެއް ނެރިފަ އެވެ.

ނަތަންޔާހޫއާ ދެކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ އެ އިންޒާރަކީ ނަތަންޔާހޫއަށް ދިން އިންޒާރެއް ކަމަށެވެ. ނަމަވެސް އެފަދަ ކަމަކަށް ހިތްވަރު ނުދޭ ކަމަށް ވިދާޅުވެ، އޭނާ ވަނީ ތުހުމަތު ދޮގުކުރައްވާފަ އެވ.

"ސިޔާސީ ގޮތުން ފާޑުކިޔުމާއި ހަމަނުޖެހުމަށް ހިތްވަރު ދިނުމާ ދެމެދު ވަނީ ވަރަށް ނުސާފު ރޮނގެއް. ހުރިހާ ބާވަތެއްގެ ހަމަނުޖެހުން އަޅުގަނޑު ކުށްވެރި ކުރަން،" ނަތަންޔާހޫ ވިދާޅުވި އެވެ.

ކޯލިޝަން ހެދީ އޮޅުވާލުމުގެ ތެރެއިން ކަމަށް ބޮޑު ތުހުމަތެއް

ނަތަންޔާހޫ ތުހުމަތު ކުރެއްވި ގޮތުގައި މިދިޔަ މާޗް މަހު ބޭއްވި އާއްމު އިންތިހާބުގެ ވޯޓު ވަނީ އޮޅުވާލާފަ އެވެ. އަދި އިދިކޮޅުން އިސް ނަގައިގެން ހެދި ކޯލިޝަނަކީ އެ އޮޅުވާލުމުގެ ނަތީޖާ ކަމަށް ވިދާޅުވި އެވެ.

ކޯލިޝަން އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ބޮޑު ވަޒީރުކަން ކުރައްވާނީ ޔަމީނާ ޕާޓީގެ ނަފްތާލީ ބެނެޓް އެވެ. އޭގެ ފަހުން ދައުރުގެ ބާކީ ދެ އަހަރު އެ މަގާމު އަދާ ކުރައްވާނީ ޔެޝް އަތީދް ޕާޓީގެ ޔެއާ ލަޕީދް އެވެ.

ނަތަންޔާހޫގެ ސަޕޯޓަރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ ޔަމީނާ ޕާޓީ ބައިބައިކޮށް، ޕާލިމެންޓުގެ ކޯލިޝަނަށް ރުހުން ހޯދަން ނަގާ ވޯޓުން ފެއިލްކޮށްލުމަށެވެ. ބައެއް މީހުން ވަނީ ޔަމީނާ ޕާޓީގެ ޕާލިމެންޓު މެމްބަރުންގެ ގެތައް ކައިރިއަށް އެއްވެ މުޒާހަރާ ވެސް ކޮށްފަ އެވެ.

ޕާޓީތަކުން ކޯލިޝަން ސަރުކާރެއް ހަދަން އެއްބަސްވެ ސޮއިކޮށްފައި ވާއިރު، ސަރުކާރު ރަސްމީކޮށް ވުޖޫދުވާނީ 120 މެމްބަރުން ހިމެނޭ ޕާލިމެންޓުގެ ރުހުން ލިބުމުންނެވެ. އިޒްރޭލުގެ މީޑިއާއިން ރިޕޯޓު ކުރާ ގޮތުގައި އަންނަ ބުދަ ދުވަހު ނުވަތަ ކުރިއަށް އޮތް ހަފްތާގެ ހޯމަ ދުވަހު ޕާލިމެންޓުގައި ވޯޓަށް އަހާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox