ފަލަސްތީނު މީހުން ގެތަކުން ނެރުމާ ދެކޮޅު އިސް އެކްޓިވިސްޓަކު ހައްޔަރުކޮށްފި

ފަލަސްތީނުގެ އެކްޓިވިސްޓު މުނާ އަލް ކުރްދު.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފަލަސްތީނުގެ އެކްޓިވިސްޓު މުނާ އަލް ކުރްދު.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިޒްރޭލުން ވެރިވެގަނެފައިވާ އިރުމަތީ ގުދުސްގެ ބައެއް ސަރަހައްދުތަކުގެ ގެތަކުން ފަލަސްތީން މީހުން ނެރުމާ ދެކޮޅަށް މުޒާހަރާތައް ރޭވުމުގައި އިސްކޮށް އުޅޭ އެކްޓިވިސްޓު މުނާ އަލް ކުރްދު ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ގުދުސްގެ ޝެއިހް ޖައްރާ ހިސާބުގަނޑުގައި މުނާ ދިރިއުޅޭ ގެޔަށް އިޒްރޭލް ފުލުހުން ވަދެ، އަތުގައި ބިޑި އަޅުވައިގެން ގެންދާ މަންޒަރެވެ.

ފުލުހުން ބުނީ އުމުރުން 23 އަހަރުގެ މުނާއަށް ތުހުމަތު ކުރަނީ ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި ކަމަށެވެ.

މުނާގެ އެއްމާބަނޑު ބޭބެ، މުހައްމަދު އަލް ކުރްދު ވަނީ އޭނާގެ ފަހަތުން ފުލުސް އޮފީހަށް ގޮސް، އަމިއްލައަށް މައުލޫމާތު ދީފަ އެވެ. އެއާއެކު ފަހުން އެ ދެ މީހުން ދޫކޮށްލި އެވެ.

މުނާ އަދި މުހައްމަދު.-- ފޮޓޯ: ގެޓީ އިމޭޖަޒް
މުނާ އަދި މުހައްމަދު.-- ފޮޓޯ: ގެޓީ އިމޭޖަޒް

މުނާ އަދި މުހައްމަދު.-- ފޮޓޯ: ގެޓީ އިމޭޖަޒް

ރޯދަ މަހު އަލް އަގްސާ މިސްކިތުގައި ނަމާދު ކުރަން ހުރި ދަތިތަކާއެކު ޝެއިހް ޖައްރާ ސަރަހައްދުގެ ގެތަކުން ފަލަސްތީނު މީހުން ނެރުމަށް މަސައްކަތް ކުރުމުން ގުދުސްގައި އެއްވުންތައް ބޭއްވި އެވެ.

އެއްވުންތަކަށް ފުލުހުން ހަމަލާ ދިނުމުން، އެކަމާ ނުރުހުންވެ ގާޒާގައި ވެރިކަން ކުރާ ހަމާސްއިން އިޒްރޭލަށް ރޮކެޓް ހަމަލާ ފޮނުވަން ފެށި އެވެ.

ރައްދުގައި އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފަށައި، ދެ ފަރާތުގެ ދެމެދުގައި ހަމަލާ ބަދަލު ކުރުން ހުއްޓާލީ 11 ދުވަސް ފަހުންނެވެ. އޭރު ގާޒާއިން 250 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

މުނާ ހައްޔަރު ކުރުމުގެ ކުރިން ފުލުހުން ވަނީ މިދިޔަ ހޮނިހިރު ދުވަހު އަލް ޖަޒީރާގެ ނޫސްވެރިޔާ ގިވާބާ ބުދެއިރީ ވެސް ހައްޔަރުކޮށް އަނިޔާކޮށްފަ އެވެ.

އޭނާ ދޫކޮށްލީ ކުރިއަށް އޮތް 15 ދުވަހަށް ޝެއިހް ޖައްރާ ސަރަހައްދަށް ދިޔުން މަނާ ކުރުމަށް ފަހު އެވެ. އިޒްރޭލް ފުލުހުން އޭނާއަށް ތުހުމަތު ކުރީ އަންހެން ފުލުހެއްގެ ގައިގައި ޖެހި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox