ފަރުދީ ގޮތުން ޖަވާބުދާރީވާން ސިފައިން ކަންބޮޑުވޭ: މާރިޔާ

މާރިޔާގެ ސިފައިންގެ ބޭފުޅަކާއެކު: ފަރުދީ ގޮތުން ޖަވާބުދާރީވާން ސިފައިން ކަންބޮޑުވާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާރިޔާގެ ސިފައިންގެ ބޭފުޅަކާއެކު: ފަރުދީ ގޮތުން ޖަވާބުދާރީވާން ސިފައިން ކަންބޮޑުވާ ކަމަށް ވިދާޅުވި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފަރުދީ ގޮތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވުމަކީ ކުށަކަށް ވެދާނެތީ ސިފައިން ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހުގެ 241 ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުކުރުމަށް އެ ކޮމިޓީން ވަނީ ނިންމާފަ އެވެ.

ނަމަވެސް، އެކަމާ އެމްއެންޑީއެފުން ދެކޮޅު ހަދައި، ވަކިވަކި ސިފައިންގެ ބަދަލުގައި އިންކުއަރީއަށް ޖަވާބުދާރީވާނީ މުއައްސަސާގެ ފަރާތުން ވެރިން ކަމަށް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެގޮތުގެ މަތިން މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލާއި ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފު އިންކުއަރީއަށް ހާޒިރުވެވަޑައިގެންފަ އެވެ.

ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުވުމާމެދު މަޖިލީހާއި ސިފައިން ހިޔާލުތަފާތުވެ، މައްސަލަ ހޫނުވެފައިވަނިކޮށް މިރޭ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި މިނިސްޓަރު މާރިޔާ ވިދާޅުވި ގޮތުގައި، ކޮމިޓީން ކުރަމުންދާ އިންކުއަރީއަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި، އެ އިންކުއަރީއަށް އެމްއެންޑީއެފް މުއައްސަަސާއެއްގެ ގޮތުގައި ފުރިހަމައަށް އެއްބާރުލުންދީ ޖަވާބުދާރީވާނެ ކަމަށެވެ.

އެހެންނަމަވެސް، ވަކިވަކި ސިފައިންގެ ނަން ޖަހައި، އެމީހުން ކޮމިޓީއަށް ހާޒިރުކުރަން ސިޓީ ފޮނުވުމަކީ ކަންބޮޑުވުމެއްގެ ގޮތުގައި މާރިޔާ ފާހަގަ ކުރެއްވި އެވެ. މާރިޔާ ވިދާޅުވި ގޮތުގައި ސިފައިންގެ އެ ކަންބޮޑުވުން އޮތީ ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ އޮތް ގޮތުން ކަމަށެވެ.

އެ މާއްދާގައި ބުނެފައިވާ ގޮތުގައި، ގައުމީ ސަލާމަތާއި އަމަންއާންމަށް އުނިކަމެއް ލިބިދާފަދަ އެއްވެސް މައުލޫމާތެއް ކަމާނުބެހޭ ފަރާތަކަށް ދީފިނަމަ، އެފަދަ މީހަކު ކުށްވެރިވާނެ އެވެ. އަދި، ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރުމުގައި ލިބޭ އެއްވެސް މައުލޫމާތެއް އެ މާއްދާގައި ބަޔާންކުރާ ފަރާތްތަކަށް މެނުވީ ދީގެން ނުވާނެ ކަަމަށް ވެސް ބުނެފައިވެ އެވެ. މައުލޫމާތު ދެވޭނެ ކަމަށް ބަޔާންކޮށްފައިވާ މީހުންނަކީ؛

  1. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ސިފައިންގެ އެންމެމަތީ ވެރިޔާއަށާއި، މިނިސްޓަރަށާއި، ގައުމީ ސަލާމަތާބެހޭ މަޖިލީހަށާއި، ޗީފް އޮފް ޑިފެންސް ފޯސްއަށް
  2. ގާނޫނުތައް ހިންގާ ތަންފީޒުކުރާ އިދާރާތަކުގެ އެންމެ އިސްވެރިންނަށް
  3. ސިފައިންގެ ނުވަތަ މިނިސްޓްރީގެ ނިންމުމަކާ ގުޅޭ ގޮތުން ކުރާ ނުވަތަ ކުރެވޭ ދައުވާއަކާ ގުޅިގެން، އެ ދައުވާއެއް ހިންގާ ޝަރްއީ ކޯޓަކަށް

    އެ ކުދިންނަށް އެހެން އަމިއްލަ ފަރުދެއްގެ ގޮތުން ސިއްރު ޖަހާފައި އަންނަ ސިޓީއަކަށް ރައްޔިތުން މަޖިލީހަށް ހާޒިރުވެ އެ ކުދިން ފަރުދީ ގޮތުން ޖަވާބުދާރީވުން އެއީ އެމީހުންނަށް ފެންނަ ގޮތުން ގާނޫނީ ކުށަކަށް ވެދާނެތީ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

    މާރިޔާ ވިދާޅުވި ގޮތުގައި ހާޒިރުވާން އެންގި ސިފައިން އެކަމުގައި ލަފާއެއް ބޭނުންވުމުން ލީޑަޝިޕްގެ ބޭފުޅުން އެ މައްސަލަ ލަފާދޭ ކޮމިޓީއަށް ގެންދެވި ކަމަށެވެ. ޖެނަރަލުންނާއި ކާނަލުން ތިއްބަވާ އެ ކޮމިޓީން ނިންމާފައިވަނީ މާރިޔާ ވިދާޅުވި ގޮތުގައި، ޖަވާބުދާރީވާން ޖެހޭނީ މުއައްސަސާ ކަމަށެވެ.

    "އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން މަޖިލީހަށް މުއައްސަސާއިން ފުރިހަމައަށް ޖަވާބުދާރީވާނެ ކަމަށް، މިއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ވަރަށް ރަނގަޅު ކަމެއް އިންކުއަރީއެއް ހިންގުމަކީ،" މާރިޔާ ވިދާޅުވި އެވެ.

    މާރިޔާ ވިދާޅުވި ގޮތުގައި، މިހާތަނަށް ކޮމިޓީއަށް ހާޒިރުވުމަށް އޭނާއަށް އަންގާފައެއް ނުވެ އެވެ. ނަމަވެސް، ކޮމިޓީން ހާޒިރުވާން އަންގާފައިނަމަ، ވަޑައިގަންނަވާނެ ކަމަށާއި އެއީ އޭނާއަށް ގާނޫނުން ލާޒިމްކުރާ ކަމެއް ކަމަށް ވިދާޅުވި އެވެ.

    ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވަނީ ނަޝީދަށް ސެކިޔުރިޓީ ފޯރުކޮށްދިނުމަށް ފެއިލްވި ކަމަށް ބުނެ އެމްއެންޑީއެފް އަށެވެ. ވަކިވަކި ސިފައިން ހާޒިރުކުރަން ކޮމިޓީން ބޭނުންވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ.

    ނަމަވެސް، ކޮމިޓީއަށް ހާޒިރުކުރަން ލިސްޓު އެކުލަވާލަމުން ދިޔަ ދަނޑިވަޅުގައި އެމްއެންޑީއެފުން ވަނީ އެކަން ނުކުރެވޭނެ ކަމަށް ބުނެ ވަރުގަދަ ބަޔާނެއް ނެރެފަ އެވެ.

    އެ ދިގު ބަޔާނުގައި ބުނީ އެންކުއަރީއަށް ސިފައިން އެއްބާރުލުން ދޭނެ ކަމަށެވެ. އެކަމަކު ޖަވާބުދާރީވާނީ ސިފައިންގެ މުއައްސަސާ އެވެ. ގާނޫނު އަސާސީގެ އިތުރުން ސިފައިންގެ ގާނޫނާ ހަވާލާދީ، ވަކިވަކި ސިފައިން ކޮމިޓީއަށް ހާޒިރުކޮށް ސުވާލެއް ނުކުރެވޭނެ ކަމަށް ބުނެފައިވެ އެވެ.

    ނަމަވެސް، އެކަމުގައި މަޖިލީހުގެ ހިޔާލުތަފާތެވެ.

    މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރުކޮށް ސުވާލުކުރެވިދާނޭ ކަމަށް މަޖިލީހުން ދެކެނީ ގާނޫނު އަސާސީއަށާއި މަޖިލީހުގެ ގަވާއިދާއި ކުރީގެ ސުޕްރީމް ކޯޓުން މަޖިލީހަށް ދީފައިވާ އިސްތިރާޝީ ލަފައަކަށް ބިނާކޮށެވެ.

    އެ އިސްތިޝާރީ ލަފާގައި ބުނެފައި އޮންނަނީ، ސިފައިންނާއި ފުލުހުންނާއި ސަރުކާރުގެ ނުވަތަ ދައުލަތުގެ މަގާމެއްގައި ހުރި މީހަކު ވިޔަސް މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ކަމަށް ގާނޫނު އަސާސީ ގައި ބުނެފައި އޮންނަ ކަމަށެވެ.

    ޖުމްލަ 40 ސިފައިންގެ މީހެއް ހާޒިރު ކުރުމަށް ކޮމިޓީން ނިންމާފައިވާއިރު، އިންޓެލިޖެންސާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް ފުލުހުންގެ އިސް ބޭފުޅުން ވެސް ކޮމިޓީއަށް މިހާރު ވަނީ ހާޒިރުކޮށްފަ އެވެ.

    ކޮމެންޓް

    ފަހުގެ ޚަބަރު

    ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

    ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

    އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

    އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

    ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

    ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

    ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

    ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

    އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

    ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

    ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

    އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

    "މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

    ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

    Newsletter

    Get the latest news delivered straight to your inbox