އިޒްރޭލުން ހައްޔަރު ކުރި އަލް ޖަޒީރާގެ ނޫސްވެރިޔާ ދޫކޮށްލައިފި

އަލް ޖަޒީރާގެ ނޫސްވެރިޔާ ގިވާރާ ބުދެއިރީ.-- ފޮޓޯ: ސްކްރީންޝޮޓް/ އަލް ޖަޒީރާ

އަލް ޖަޒީރާގެ ނޫސްވެރިޔާ ގިވާރާ ބުދެއިރީ.-- ފޮޓޯ: ސްކްރީންޝޮޓް/ އަލް ޖަޒީރާ

އިޒްރޭލުން ވެރިވެގަނެފައިވާ އިރުމަތީ ގުދުސްގެ ޝެއިހް ޖައްރާ ސަރަހައްދުގައި އޮތް މުޒާހަރާއެއް ރިޕޯޓް ކުރަމުން ދިޔަ އަލް ޖަޒީރާގެ ނޫސްވެރިޔާ ގިވާރާ ބުދެއިރީ ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

އަލް ޖަޒީރާއިން ބުނީ ބުދެއިރީ ހައްޔަރު ކުރުމުގައި އިޒްރޭލް ފުލުހުން އޭނާއަށް އަނިޔާ ކުރި ކަމަށާއި އަދި އަލް ޖަޒީރާގެ މަސައްކަތަށް ބޭނުން ކުރާ ސާމާނަށް ގެއްލުން ދިން ކަމަށެވެ.

އިއްޔެ ބުދެއިރީ ހައްޔަރު ކުރުމުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަޑު އުފުލާ ފަރާތްތަކުން އޭނާ މިނިވަން ކުރުމަށް ގޮވާލާ ޕްރެޝަރު ކުރަން ފެށި އެވެ.

"އެ މީހުން [އިޒްރޭލް ފުލުހުން] ކުއްލިއަކަށް ހުރިހާ ފަރާތަކުން އައިސް ވަށާލީ. ނޭނގެ ކީއްވެ ކަމެއް، އެ މީހުން އަޅުގަނޑުގެ ގައިގައި ފައިން ޖަހައި ފާރަކަށް ކޮއްޕާލީ،" ރޭ ދޫކޮށްލުމުން އަލް ޖަޒީރާއަށް ދިން އިންޓަވިއުގައި ބުދެއިރީ ބުންޏެވެ.

"ކާރު ތެރޭގައި ވެސް އެ މީހުން ދިޔެއީ ފައިން ޖަހައި އަނިޔާ ކުރަމުން... ހުރިހާ ދިމާލަކުން ގައިގައި ތަޅަމުން ދިޔައީ."

ބުދެއިރީއަށް ހަމަލާ ދިން އިރު އޭނާ ރިޕޯޓު ކުރަމުން ދިޔެއީ ފަލަސްތީން މީހުން ކޮންމެ އަހަރަކު ފާހަގަކުރާ "ނަކްސާ" ގެ 54 ވަނަ އަހަރީ ދުވަހާ ގުޅިގެން ކުރިއަށް ދިޔަ އެއްވުމެކެވެ. "ނަކްސާ" އަކީ 1967 ގައި އިޒްރޭލުން އިރުމަތީ ގުދުސް، ހުޅަނގު އައްސޭރި އަދި ގާޒާ އަޅުވެތި ކުރުމަށް ދީފައިވާ ނަމެކެވެ.

އެކަމާ ގުޅޭ އެއްވުން ޝެއިހް ޖައްރާގައި ބޭއްވިއިރު، އެ ތަނުގައި ދިރިއުޅޭ ފަލަސްތީނު މީހުން ގެތަކުން ނެރުމަށް މަސައްކަތް ކުރާތީ ވެސް ހުއްޓުމެއް ނެތި ދަނީ މުޒާހަރާ ކުރަމުންނެވެ.

ބުދެއިރީ އަކީ 2000 ވަނަ އަހަރުން ފެށިގެން އަލް ޖަޒީރާގައި މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެކެވެ. އޭނާ ހައްޔަރު ކުރި ވަގުތު ހުރީ ނޫސްވެރިންކަން އަންގައިދޭ ޖެކެޓު ލައިގެން ޕްރެސް ކާޑު ހިފައިގެންނެވެ.

އިޒްރޭލް ފުލުހުން އޭނާއާ މެދު ކުށްވެރިއެއްގެ ގޮތުގައި އަމަލު ކުރީ އިޒްރޭލުގެ އަންހެން ފުލުހެއްގެ ގައިގައި އޭނާ ޖެހި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަން އޭނާ ދޮގުކުރެ އެވެ.

ބުދެއިރީ ދޫކޮށްލާފައި ވަނީ ކުރިއަށް އޮތް 15 ދުވަހު ޝެއިހް ޖައްރާ ސަރަހައްދަށް ނުދިޔުމަށް ޝަރުތު ކުރުމަށް ފަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox