ބެނެޓްއާއެކު ކޯލިޝަން ހެދުމުން އިޒްރޭލުގެ އަރަބި ޕާޓީއަށް ފާޑުކިޔުން

ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީގެ ލީޑަރު މަންސޫރު އައްބާށް.-- ފޮޓޯ: ރޮއިޓާޒް

ޔުނައިޓެޑް އަރަބް ލިސްޓް ޕާޓީގެ ލީޑަރު މަންސޫރު އައްބާށް.-- ފޮޓޯ: ރޮއިޓާޒް

ހުޅަނގު އައްސޭރިއަކީ އިޒްރޭލުގެ ބިމެއްގެ ގޮތުގައި ކަނޑައަޅަން ތާއީދުކުރާ ނަފްތާލީ ބެނެޓްއާއެކު ކޯލިޝަން ހެދުމަށް ޔުނައިޓެޑް އަރަބް ލިސްޓް (ޔޫއޭއެލް) ޕާޓީން ނިންމުމުން ފަލަސްތީން މީހުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޔޫއޭއެލްގެ ލީޑަރު މަންސޫރު އައްބާސް ވަނީ ހިޔާލު ތަފާތުވުންތައް އެއް ފަރާތްކޮށް، އުމުރުން 49 އަހަރުގެ ބެނެޓްއާއެކު ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރައްވާފަ އެވެ. ޔޫއޭއެލްއާއެކު ޖުމްލަ އަށް ޕާޓީ އެ ކޯލިޝަނުގައި ހިމެނެ އެވެ.

ޕާޓީތަކުގެ މެދުގައި ފިކުރީ ތަފާތުވުންތައް ހުރިއިރު، އެއްބަސްވާ ހަމައެކަނި ކަމަކީ މިހާރުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމެވެ.

ކޯލިޝަން އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ބޮޑު ވަޒީރުކަން ލިބިވަޑައިގަންނަވާ ބެނެޓްއަކީ ދާދި ފަހަކާ ޖެހެންދެން ނަތަންޔާޔޫއަށް ވަފާތެރި މީހެކެވެ. އޭނާއަކީ ފަލަސްތީނާ މެދު ހަރުކަށި ވިސްނުން ގެންގުޅޭ، މުޅި ބިމުގެ ސަރަހައްދަށް އިޒްރޭލުގެ ކޮންޓްރޯލް އޮންނަން ޖެހޭ ކަމަށް ގަބޫލުކުރާ މީހެކެވެ.

އިޒްރޭލުގައި ދިރިއުޅޭ އަރަބިން ނުވަތަ ފަލަސްތީން ރައްޔިތުން ހިމެނޭ ޔޫއޭއެލް ޕާޓީން އެފަދަ މީހަކާއެކު ކޯލިޝަން ހެދުން ދިފާއުކޮށް، ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގައި ދިރިއުޅޭ ފަލަސްތީން މީހުންގެ ދިރިއުޅުމަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

އިޒްރޭލުގެ ޖުމްލަ އާބާދީގެ ނުވަ މިލިއަންގެ ތެރެއިން 20 ޕަސެންޓަކީ ފަލަސްތީން މީހުންނެވެ. އެ ނިންމުން ދިފާއުކޮށް އައްބާސް ވާހަކަދެއްކެވި އިރު، ފަލަސްތީންގެ ގިނަ މީހުން ތިބީ ހިތްހަމަނުޖެހިފަ އެވެ.

އިޒްރޭލުގައި ފަލަސްތީން މީހުން ތަމްސީލް ކުރާ އެންމެ ބޮޑު ގްރޫޕަކީ ގިނަ ޕާޓީތައް އެކުލެވޭ ޖޮއިންޓް އަރަބް ލިސްޓް ކޯލިޝަނެވެ. މިދިޔަ މާޗް މަހުގެ އާއްމު އިންތިހާބުގެ ކުރިން އައްބާސް ވަނީ އެ ކޯލިޝަނާ ވަކިވެ ވަޑައިގެން ޔޫއޭއެލްގެ ނަމުގައި ޕާޓީއެއް އުފައްދަވާފަ އެވެ.

އޭގެ ސަބަބުން ގާނޫނު ހަދާ މަޖިލިސް ކަނޭސެތުގައި ފަލަސްތީން މީހުން ތަމްސީލް ކުރުމުގެ މަސައްކަތަށް ހީނަރުކަން އައެވެ. އައްބާސްގެ ޔޫއޭއެލްއަށް މަޖިލީހުން ހަތަރު ގޮނޑި ލިބުނު އިރު، ބެނެޓްއާ އެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ފަލަސްތީން މީހުން ދިރިއުޅޭ ހިސާބުތަކުގެ ތަރައްގީއަށް 16 ބިލިއަން ޑޮލަރު ލިބިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ހުއްދަ ނެތި އިޒްރޭލުގައި ދިރިއުޅެން އަޅާފައިވާ ފަލަސްތީން މީހުންގެ ގެތައް ސުންނާފަތި ނުކުރާނެ ކަމުގެ ޔަގީންކަން ވެސް އެއްބަސްވުމުގެ ދަށުން ދީފައިވެ އެވެ.

ނަމަވެސް ޔޫއޭއެލްގެ ނިންމުމަށް ފާޑުކިޔާ ފަރާތްތައް ބުނަނީ އިޒްރޭލުގައި އުޅޭ ފަލަސްތީން ރައްޔިތުންގެ ދައުރަކަށް ވާން ޖެހޭނީ އެ ތަނުގައި އަމަލުކުރާ ނިޒާމާ ދެކޮޅުހަދައި ފަލަސްތީން ރައްޔިތުންގެ ހައްގު ދިފާއު ކުރުން ކަމަށެވެ.

އޭގެ އިތުރުން ތަފާތު ގިނަ ފިކުރު ހިމެނޭ ކޯލިޝަން ވުޖޫދަށް އައިއިރު ވެސް ބަލިކަށި ކަމަށާއި އެފަދަ ކޯލިޝަނެއްގެ ތެރެއިން ލިބޭނެ ފައިދާއެއް ނެތް ކަމަށް ވެސް އެ މީހުން ބުނެ އެވެ.

އިޒްރޭލުގައި އުޅޭ ފަލަސްތީނު ރައްޔިތުންގެ ހައްގުގައި އަޑުއުފުލާ މުސާވާ ސެންޓަރުގެ ޑިރެކްޓަރު ޖައުފަރް ފަރާހް ވިދާޅުވީ އެއްބަސްވުމުގެ ދަށުން ކުށް މަދު ކުރުމާއި ބޯހިޔާވަހިކަން ފަދަ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިދާނެ ކަމަށެވެ.

"އެކަމަކު މި ކަންކަމަކީ ނަތަންޔާހޫގެ ސަރުކާރުން ވެސް ބަލަމުން އައި ކަންކަން. އެހެންވީމާ މިއީ އެއްބަސްވުމުގެ ސަބަބުން ލިބޭ އާ ކަންކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ކުދި މައްސަލަތަކަށް ފޯކަސް ކުރުމުގެ ބަދަލުގައި ފަލަސްތީނު މީހުންގެ ލީޑަރުން ބަލަންވީ އަޅުވެތިކަމުން ސަލާމަތްވެވޭނެ ގޮތްތައް ހޯދަން ކަމަށެވެ.

ފަލަސްތީނު މީހުންގެ ބަލާދް ޕާޓީގެ ލީޑަރު ސާމީ އަބޫ ޝެހާދޭ އަލް ޖަޒީރާއަށް ވިދާޅުވީ ކޯލިޝަން ހެދުމުން ފަލަސްތީނު މީހުންނާ އައްބާސްއާ އޮތް ގުޅުން ކެނޑިފައިވާ ކަމަށެވެ.

"ހަރުކަށި ސަރުކާރެއް، އެއީ އިޒްރޭލާއި އިޒްރޭލުން އަޅުވެތިކޮށްފައިވާ ސަރަހައްދުގައި އުޅޭ ފަލަސްތީނު ރައްޔިތުންގެ ހައްގުތަކާ ދެކޮޅު ސަރުކާރަކާ ބައިވެރިވާން އައްބާސް ނިންމެވި ނިންމުމަކީ ނުރައްކާތެރި ނިންމުމެއް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox