ގުދުރަތީ ވެށި ހިމާޔަތްކުރަން 2030 އަށް މުހިއްމު އަމާޒެއް

މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ.

މިނިސްޓަ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އާމިނަތު ޝައުނާ.

ދިވެހިރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމަށް 2030 ވަނަ އަހަރާ ހަމަޔަށް އެންމެ ކުޑަވެގެން ކަނޑާއި، ކަނޑާ ގުޅިފައިވާ ސަރަހައްދުތަކުގެ 20 ޕަސެންޓް ހިމާޔަތްކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ތިމާވެށްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި "އަދަދު" އަށް ލިޔުއްވި މަޒުމޫނެއްގައި، ޝައުނާ ވިދާޅުވި ގޮތުގައި މިހާރު ވެސް ރާއްޖޭގެ 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ކަމަށާއި ހައްދުންމައްޗާއި، އަރިއަތޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެގޮތުން ހިމާޔަތްކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެބޮޑަށް ކުރާނީ އަދި ކުރަންވާނީ ވެސް ރައްޔިތުންނަށް ކަމަށާއި ހިމާޔަތް ކުރުމުގެ މާނައަކީ އެތަންތަނަށް ރައްޔިތުން ދިއުން މަނާވުމެއް ނޫން ކަމަށެވެ.

"އެތަންތަނުގެ އަސްލު ނުގެއްލި, ވެށި ދެމެހެއްޓެނިވި އުސޫލުން ބޭނުންކުރުމަކީ މުހިއްމު ކަމެކެވެ. އަދި އެކަމުގެ މަންފާ ރައްޔިތުންނަށް އިހުސާސްވުމަކީ ވެސް ހަމަ އެހާމެ މުހިއްމު ކަމެކެވެ. ލާމަރުކަޒީ ނިޒާމުގެ ތެރެއިން، ކަނޑައެޅޭ ވަކި ސަރަހައްދުތަކެއް ހިމާޔަތްކުރެވި އަދި، މިކަމުން ސީދާ ރައްޔިތުންނަށް ނަފާ ލިއްބައިދިނުމަށް އާ ވިސްނުމަކާ އެކު މަސައްކަތްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑު ދެކެމެވެ،" ރައީސް އޮފީހުގެ ކުރީގެ ޕޮލިސީ ސެކްރެޓަރީ ލިޔުއްވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދައިދިނުމަށް, ރާއްޖެ އަކީ އެހެން ގައުމުތަކަށް ނަމޫނާއަކަށް ވާންވާނެ ކަމަށް ބަހުސްކުރައްވައި މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގައިި ވީ އެންމެ ބޮޑު މިންވަރަކަށް ސާފު ހަކަތަ ބޭނުންކުރުމަކީ ސަރުކާރުގެ މުހިއްމު ލަނޑުދަނޑިއެއް ކަމަށެވެ. އެކަމަށްޓަކައި އާއްމު ގޭބިސީތަކުގައި ހޯމް ސޯލާ ޕްރޮގްރާމެއް ތަޢާރަފްކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.

އެގޮތުން ހއ. އަތޮޅުގެ 13 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ތ. އަތޮޅުގެ 12 ރަށަކާއި ރ. އަދި ބ. އަތޮޅުގެ 26 ރަށެއްގައި ސޯލާ ޕީވީ ހައިބްރިޑް ނިޒާމު ގާއިމް ކުރުމަށް ކުރަންޖެހޭ މަސައްކަތް ފެށުމުގެ ތައްޔާރީތައް ސަރުކާރުން އަންނަނީ ވަމުންނެވެ.

"ރާއްޖޭގެ ތިން ރަށެެއްގައި ދުވާލު ގަޑީގައި ކަރަންޓު ފޯރުކޮށްދެނީ ހަމައެކަނި ސޯލާ ޕީވީން އުފައްދާ ހަކަތައިންނެވެ. އަޅުގަނޑުމެންގެ އަމާޒަކީ 2030 އަންނަންވާއިރަށް ދިވެހިރާއްޖެއަކީ ނެޓް-ޒީރޯ ގައުމަކަށްވުމެވެ. ތަރައްގީ ދެމެހެއްޓޭނީ ސާފު ހަކަތައާއި, ވެށީގެ މުއްސަނދިކަން ދަމަހައްޓައިދޭނެ ސިޔާސަތުތަކުންނެވެ،" މިނިސްޓަރު ލިޔުއްވި އެވެ.

ދުނިޔެ އަށް އަންނަ ބަދަލުތައް މި ރާއްޖެ ވެސް ނަކަލު ކުރަމުން އައީ ބާރު ސްޕީޑްގަ ކަމަށާއި ދިވެހިންގެ ދިރިއުޅުމަށާއި, ހޭލުންތެރިކަމަށާއި, އާމްދަނީއަށާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތައް އައިސްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އިގްތިސާދު ވަރަށް ބޮޑަށް ފުޅާވެ, ގައުމީ އުފެއްދުންތެރިކަން އެތައް ގުނައެއް ކުރިއަރާފައިވާއިރު ކުރިއެރުންތައް ސީދާ ގުޅިފައިވަނީ ގުދުރަތީ ގޮތުން ލިބިފައިވާ ވެށީގެ މުއްސަނދިކަމާ ކަމަށެވެ.

"ތަރައްގީގެ އެކިއެކި އިންޑެކްސްތަކުގައި އަޅުގަނޑުމެން ހޯދަމުން އަންނަ ކުރިއެރުންތައް ދެމެހެއްޓޭނީ ވެށީގެ "ފަންވަރު" ދަމަހައްޓައިގެންނެވެ. އެއީ ތަރައްގީއަކީ ހަމައެކަނި ޖީބަށް ވަންނަ ފައިސާއެއް ނޫނެވެ. ތަރައްގީ ދެމެހެއްޓޭނީ އަޅުގަނޑުމެންނަށް ލިބިފައިވާ ވެށީގެ މުއްސަނދިކަން ދެމިއޮވެގެންނެވެ،" ޝައުނާ ލިޔުއްވި އެވެ.

ކޮންމެ ވިއްސާރަ މޫސުމެއްގައި ލިބޭ ގެއްލުންތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެކަމަށް މިހާރު އޮންނަ ހައްލަކީ ސަރުކާރުގެ އިދާރާތަކުން ޕަމްޕު ފޮނުވައި ވެލި ބަސްތާތައް ޖަހައި ރައްޔިތުންގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުން ކަމަށެވެ. އެކަމަކު އެއްވެސް ނަޒަރަކުން ބެލިކަމުގައިވީ ނަމަވެސް އެއީ ހައްލެއް ނޫން ކަމަށާއި ކޮންމެ ވިއްސާރަ މޫސުމެއްގައި ރާއްޖެ އޮންނާން ވާނީ ޑިޒާސްޓާ ހާލުގައި ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި ގެއްލުން އިތުރަށް ބޮޑުވަނީ އަޅުގަނޑުމެންގެ ވިސްނުމުގައި ތަރައްގީއަށް ކުރެވޭ ބައެއް މަސައްކަތްތަކާއި, ތިމާވެއްޓާ މެދު ހޭލުންތެރި ނަމަވެސް, އިސްކުރެވޭ ބައެއް އާދަކާދަތަކުގެ ސަބަބުންނެވެ. އެއް ސަރުކާރު އަނެއް ސަރުކާރަށް ބަދަލުވެގެންދާއިރު, މި ވެށި ބަދަލުނުވާނެ އެވެ. ވެއްޓަކީ އެއް ޖީލުން އަނެއް ޖީލަށް އަޅުގަނޑުމެން ފޯރުކޮށްދޭންޖެހޭ އަގުހުރި ތަރިކައެކެވެ،" ޝައުނާ ލިޔުއްވި އެވެ.

އެހެންވެ މި ސަރުކާރުގެ އަމާޒަކީ، ތިމާވެށި ހިމާޔަތްކުރުމާއި ތަރައްގީގެ ތިލަފަތް ހަމަހަކުރުން ކަމަށާއި އަޒުމަކީ، ތަރައްގީގެ ރޭވުންތަކުގައި ރިސްކް ކުޑަކުރުމަށް ފިޔަވަޅު އެޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ތަސައްވުރަކީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަށް ތަހައްމަލު ކުރެވޭފަދަ، ފަންވަރުހުރި އުމްރާނީ ތަރައްގީ މި ރާއްޖެއަށް ގެނައުމެވެ. މިކަންކުރުމަށް، މިއަށްވުރެ ރަނގަޅު ދަނޑިވަޅެއް ނާންނާނެ އެވެ،" މިނިސްޓަރު ލިޔުއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox