އަފްގާނިސްތާނުން އެމެރިކާ ސިފައިން ފައިބާތީ ޕާކިސްތާނަށް ބިރުވެރިކަން

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން.-- ފޮޓޯ: ރޮއިޓާޒް

ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން.-- ފޮޓޯ: ރޮއިޓާޒް

އަފްގާނިސްތާނުން އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބަމުން ދާތީ ޕާކިސްތާނުގައި ނުތަނަވަސްކަމާއި ބިރުވެރިިކަން އިތުރުވެފައިވާ ކަމަށް އެ ގައުމުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 11 ގެ ކުރިން ބޭރުގެ ފައުޖުތައް އަފްގާނިސްތާން ދޫކޮށް ދާނެ ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އިއުލާނު ކުރައްވާފަ އެވެ.

ބޭރުގެ ސިފައިން އަފްގާނިސްތާނަށް އަރާފައިވަނީ ސެޕްޓެމްބަރު 11، 2001 ގައި އަލް ގައިދާއިން އެމެރިކާއަށް ދިން ހަމަލާތަކަށް ފަހު އެވެ. އޭރު އަފްގާންގައި އޮތް ތާލިބާނު ސަރުކާރުން އަލް ގައިދާއަށް ހިމާޔަތް ދޭ ކަމަށް ބުނެ، ތާލިބާނުންނާއި އަލް ގައިދާއަކީ އެއް ބައެއްގެ ގޮތުގައި އެމެރިކާއިން ދެކެ އެވެ.

އިމްރާން ވިދާޅުވީ އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފެށުމުގެ ނުރައްކާ ކުޑަ ކުރުމުގެ ގޮތުން ސިޔާސީ ހައްލުތަކެއް ހޯދަން ޕާކިސްތާނުން ބާރު އަޅަމުންދާ ކަމަށެވެ.

"މިހާރު ޕާކިސްތާނުގެ ބޮޑު ބިރުވެރިކަމެއް އެބަ އޮތް. އަޅުގަނޑު ޔަގީންކަން އަރުވަން، އެމެރިކާ ސިފައިން ދިޔުމުގެ ކުރިން ސިޔާސީ ހައްލެއް ލިބޭތޯ އަޅުގަނޑުމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް މި ދަނީ ކުރަމުން،" އިމްރާން ރޮއިޓާޒްއަށް ވިދާޅުވި އެވެ.

އަފްގާނިސްތާނުން އެމެރިކާ އާއި ނޭޓޯގެ ސިފައިން ފައިބާނެކަން އިއުލާނު ކުރުމާއެކު އެ ގައުމުގައި ހަމަނުޖެހުން ވަނީ އިތުރުވެފަ އެވެ. އެގޮތުން ބޮމުގެ ހަމަލާތަކުގައި ގިނަ ބަޔަކު ދަނީ މަރުވަމުންނެވެ.

އަފްގާން ސަރުކާރާއެކު ސުލްހަ ގާއިމް ކުރަން ތާލިބާނުންނަށް ޕްރެޝަރް ކުރިމަތިވެ، ދާދި ފަހުން ވަނީ ބައްދަލުވުމެއް ބާއްވަފަ އެވެ. ނަމަވެސް އެއްބަސްވުމަކާ ހަމައަށް ދިޔުމުގެ އުއްމީދު ކުޑަ އެވެ.

"އެމެރިކާ ސިފައިން ފައިބާނެ ތާރީހު އިއުލާނު ކުރުމާއެކު ތާލިބާނުންނަށް ހީވީ ހަނގުރާމައިން މޮޅުވީއޭ،" ރޮއިޓާޒްއަށް ދެއްވި އިންޓަވިއުގައި އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމަކަށް އައުމަކީ އުނދަގޫ ކަމެއް ކަމަށާއި އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ފަށައި، ރެފިއުޖީންގެ ކާރިސާއެއް އުފެދިއްޖެ ނަމަ ބޮޑު ނޭދެވޭ އަސަރެއް ޕާކިސްތާނަށް ކުރާނެ ކަމަށެވެ.

އަފްގާނިސްތާނަށް މުހިއްމު ދަނޑިވަޅެއް

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބާ ދަނޑިވަޅަކީ އެ ގައުމަށް މުހިއްމު ދަނޑިވަޅެކެވެ. މިއީ ސުލްހައަށް މަސައްކަތް ފަށާ ނުވަތަ އިތުރު ހަމަނުޖެހުމަށް މަގު ކޮށާ ދަނޑިވަޅަށް ވެދާނެ އެވެ.

"މި ދަނޑިވަޅުގައި ލިބޭނެ އެންމެ ރަނގަޅު ނަތީޖާއަކީ އަފްގާނިސްތާނުގެ އެކި ފަރާތްތަކުން ސެޕްޓެމްބަރުގެ ކުރިން ސިޔާސީ އެއްބަސްވުމަކަށް އައުން. އެހެން ނޫނީ ދެން އޮތް އަނެއް ގޮތަކީ ސީރިއާ ފަދަ ލޭއޮހޮރުވުން ބޮޑު ދާހިލީ ހަނގުރާމައަކަށް ވެއްޓުން،" އިންސްޓިޓިއުޓް އޮފް ވޯ އެންޑް ޕީސް ސްޓަޑީޒް އިން ކާބުލްްގެ އެގްޒެކްޓިވް ޗެއާމަން ތަމީމް އަސޭ ބީބީސީއަށް ވިދާޅުވި އެވެ.

އެމެރިކާ ސިފައިން އަފްގާނިސްތާނުގައި ހޭދަކުރި ދުވަސްތަކުގެ ނިމުން އަންނާނީ މިފަދަ ގޮތަކަށް ކަމެއް ކުރިން ހީވެފައެއް ނުވެ އެވެ. ސިފައިން ފައިބަން ރާވާފައި ވާއިރު، ހަނގުރާމަވެރި ތާލިބާނުން ތިބީ ބާރުވެރިކަމުގަ އެވެ. ކޮންމެ ވަގުތެއްގައި ވެސް ވެރިކަމަށް އަތުވެދާނެ ފަދަ ހާލަތެއްގައި ތާލިބާނުން އެބަ ހަރަކާތްތެރިވެ އެވެ.

އެހެން އެކަން އޮތް އިރު، އަފްގާނިސްތާނުގެ ގިނަ މީހުން މިހާރު އެންމެ ކަންބޮޑުވަނީ ދާހިލީ ހަނގުރާމައެއް ފެށުމުގެ ފުރުސަތު އޮތުމުންނެވެ.

"އަޅުގަނޑު ހިތަށް އަރާ ރައީސް ބައިޑެން އެކަން އިއުލާނު ކުރެއްވި އިރު، މޭ މަހާއި ސެޕްޓެމްބަރާ ދެމެދު އެއްވެސް ހަމަނުޖެހުމެއްގައި މީހަކު މަރައިގެން ނުވާނެ ކަމަށް ޝަރުތު ކުރެއްވި ނަމައޭ،" އަފްގާން ރިސާޗް އެންޑް އިވެލުއޭޝަން ޔުނިޓުގެ ޑިރެކްޓަރު އުރްޒަލާ ނިމަތު ބީބީސީ އަށް ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާގެ އޮފިޝަލަކު ބުނީ ސިފައިން ފައިބާނީ ޝަރުތެއްގެ މަތިން ކަމަށް ބުނެފި ނަމަ އެއީ ދުވަހަކު ވެސް ނުފައިބާ ތިބުން ފަދަ ކަމެއް ކަމަށާއި މިދިޔަ ވިހި އަހަރު ވެސް ދިމާވީ އެގޮތަށް ކަމަށެވެ.

މިހާރު މި ދަނޑިވަޅުގައި އެ މަސައްކަތް ދޫވެފައި އޮތީ އަފްގާނިސްތާނުގެ ލީޑަރުންގެ އަތް މައްޗަށެވެ. ސުލްހަ ގެނެވޭނީ އަފްގާނުގެ ލީޑަރުން ސީރިއަސްކޮށް ވިސްނާ، ސީރިއަސްކޮށް ފިޔަވަޅު އަޅައިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox