ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ދެ އަހަރަށް ސަސްޕެންޑުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.--

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.--

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ފޭސްބުކް އަދި އިންސްޓަގްރާމް އެކައުންޓު ދެ އަހަރަށް ސަސްޕެންޑު ކުރަން ފޭސްބުކް ކުންފުނިން ނިންމައިފި އެވެ.

މިދިޔަ ޖެނުއަރީ މަހު އެމެރިކާގެ ކެޕިޓަލްގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުމަށް ތާއީދުކޮށް ކުރެއްވި ޕޯސްޓުތަކާ ގުޅިގެން މުއްދަތެއް ނެތް ގޮތަށް އެކައުންޓްތައް ސަސްޕެންޑު މިދިޔަ ޖެނުއަރީ މަހު އެވެ.

ނަމަވެސް ފޭސްބުކްގެ އެފަދަ ނިންމުންތައް މުރާޖައާ ކުރާ ބޯޑުން މިދިޔަ މަހު ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރުމުން އެކަމަށް ފާޑުކިޔާފަ އެވެ.

ފޭސްބުކް އިން ބުނީ ޓްރަމްޕްގެ އަމަލުތަކަކީ "ގަވާއިދާ ހިލާފުވުން" ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ފޭސްބުކްގެ ނިންމުމަކީ އޭނާއަށް ވޯޓުދެއްކި އެތައް މިލިއަން މީހުންނަށް ކުރި "މަލާމާތެއް" ކަމަށެވެ.

ފޭސްބުކްގެ ނައިބު ރައީސް ނިކް ކްލެގް ވިދާޅުވީ ދެ އަހަރަށް ޓްރަމްޕްގެ އެކައުންޓުތައް ސަސްޕެންޑު ކުރާއިރު، ދުވަސް ގުނާނީ އެކައުންޓުތައް ސަސްޕެންޑު ކުރި ޖެނުއަރީ ހަތަކުން ފެށިގެން ކަމަށެވެ.

ސަސްޕެންޝަން ނިމޭއިރު، ޓްރަމްޕްގެ ފަރާތުން ގަވާއިދާ ހިލާފު އިތުރު އަމަލުތައް ފެންނާނެ ކަމަށް ބެލެވޭ ނަމަ ސަސްޕެންޝަން އިތުރު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާއިން ބްލޮކް ކުރުމުން ޓްރަމްޕްގެ ހާއްސަ ވެބްސައިޓެއް

ޓްރަމްޕްގެ ޕޯސްޓުތައް ފޭސްބުކާއި ޓްވިޓާގައި ޝެއާކުރެވޭ ގޮތަށް ހާއްސަ ވެބްސައިޓެއް މިދިޔަ މަހު ލޯންޗުކުރި އެވެ.

އެ ވެބްސައިޓުގެ ނަމަކީ "ފްރޮމް ދަ ޑެސްކް އޮފް ޑޮނަލްޑް ޖޭ ޓްރަމްޕް" އެވެ. ވެބްސައިޓުގައި ޓްރަމްޕް ލިޔުއްވާފައިވާ ޕޯސްޓުތަކުގައި ވަނީ 2020 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި މަކަރު ހެދި ކަމުގެ ތުހުމަތު ތަކުރާރު ކުރައްވާފަ އެވެ.

ޓްރަމްޕް ދައްކަވާ ސާބިތު ނުހިފޭ ވާހަކައިގެ މައްޗަށް ކުރައްވާ ޕޯސްޓުތައް ކަމަށް ބުނެ، ގިނަ ޕޯސްޓުތަކެއް މީގެ ކުރިން ފޭސްބުކާއި ޓްވިޓާއިން ރިމޫވްކޮށްފައި ވެ އެވެ.

އަލަށް ލޯންޗު ކުރި ވެބްސައިޓު މެދުވެރިކޮށް ޓްރަމްޕްގެ ޕޯސްޓުތައް ޝެއާކޮށް ލައިކް ކުރެވެ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުން ޓްރަމްޕަށް ލިބިވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ވެރިރަށް ވޮޝިންޓަނުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ފޭސްބުކް އާއި އިންސްޓަގްރާމުގެ އިތުރުން ޓްވިޓާ އާއި ޔޫޓިއުބުން ވެސް ޓްރަމްޕް ސަސްޕެންޑް ކުރި އެވެ.

އެ ހުރިހާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ބުނެފައި ވަނީ ފިޔަވަޅު އަޅަން ޖެހުނީ ހަމަނުޖެހުމަށް ހިތްވަރު ލިބޭ ފަދަ މޭރުމަކުން އަދި ދޮގު ހަބަރު ފެތުރުމުގެ ބޭނުމުގައި ޓްރަމްޕްގެ އެކައުންޓުތައް ބޭނުން ކުރައްވާތީ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox