ޕޯޗުގަލް އާއި ސްޕެއިން އެއްވަރު، އިޓަލީގެ ރެކޯޑް ކުރިއަށް

Jun 5, 2021, 3:05 AM
ިއިޓަލީގެ ޖޯޖީނިއޯ (ކ) އާއި އިންސީނިއޭ އުފާފާޅުކުރަނީ.

ިއިޓަލީގެ ޖޯޖީނިއޯ (ކ) އާއި އިންސީނިއޭ އުފާފާޅުކުރަނީ.

މެޑްރިޑް (ޖޫން 5) - އަންނަ ހުކުރު ދުވަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަރިތަކުރުމުގެ ގޮތުން ރޭ ޕޯޗުގަލާއި ސްޕެއިން ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ފަސޭހަކަމާ އެކު 4-0 އިން ޗެކް ރިޕަބްލިކް ބަލިކޮށް އިޓަލީން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ 14،000 އަށް ވުރެ ގިނަ ސަޕޯޓަރުން ކުރިމަތީގައި ސްޕެއިން ކުޅުނު މެޗަކީ ދާދި ފަހުން އެ ޓީމަށް ރަށްވެހިކަން ބަދަލުކުރި ޑިފެންޑަރު އައިމެރިކް ލަޕޯޓް އެ ޓީމު ޖޯޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުން ސްޕެއިން މޮޅުކޮށްދޭން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ އަލްވާރޯ މޮރާޓާ އާއި ފެރާން ޓޮރޭޒް އަށެވެ. މެޗުގެ ފަހު ކޮޅު މޮރާޓާ އަށް މުޅިން ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ.

ސްޕެއިނުގެ ލަޕޯޓް (ކ) ޕޯޗުގަލްގެ ގޯލަށް ބޮލުން ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ
ސްޕެއިނުގެ ލަޕޯޓް (ކ) ޕޯޗުގަލްގެ ގޯލަށް ބޮލުން ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ސްޕެއިނުގެ ލަޕޯޓް (ކ) ޕޯޗުގަލްގެ ގޯލަށް ބޮލުން ބޯޅައެއް ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ

ޕޯޗުގަލް އިން ގޯލާ ސީދާކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އަކީ ޑަނީލޯ ޕެރޭރާ ބޮލުން ޖެހި ބޯޅައެވެ. ޕެރޭރާ ފޮނުވާލި ބޯޅަ އަމާޒުވީ ސްޕެއިންގެ ކީޕަރު އުނާއި ސިމޯން އަަތަށެވެ. ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރޭ މާ ރަނގަޅު ކުޅުމެއް ދެއްކޭގޮތެއް ނުވި އެވެ.

ޔޫރޯގެ ކުރިން އަދި ޕޯޗުގަލާއި ސްޕެއިނުން އިތުރު މެޗެއް ކުޅޭނެ އެވެ. ސްޕެއިން ބައްދަލުކުރާނީ ލިތުއޭނިއާއާ އެވެ. ޕޯޗުގަލް ނުކުންނާނީ އިޒްރޭލާ ދެކޮޅަށެވެ.

އިޓަލީން ރޭގެ މެޗުގައި ޗެކް ރިޕަބްލިކް ކޮޅަށް ގޯލުތައް ޖެހީ ޗީރޯ އިމޯބިލޭ، ނިކޯލޯ ބަރޭލާ، ލޮރެންޒޯ އިންސީނިއޭ އަދި ޑޮމެނިކޯ ބެރާޑީ އެވެ. އިންސީނިއޭގެ 30 ވަނަ އުފަން ދުވަހު އޭނާ ގޯލު ޖެހީ އިމޯބިލޭ ދިން ބޯޅައަކުންނެވެ.

ހުކުރު ދުވަހު ޔޫރޯ ފަށާ މެޗުގައި އިޓަލީ ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. ރޮބާޓޯ މަންޗިނީގެ ކޯޗުކަމުގައި ކުޅޭ އިޓަލީ 2018 ވަނަ އަހަރުގެ ފަހުން މެޗަކުން ބަލިނުވެ އެވެ. އަދި އެ ޓީމުން އެންމެ ފަހުން ކުޅުނު އަށް މެޗު ކާމިޔާބުކުރީ ބައިކޮޅަށް ގޯލެއް ނުވަދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox