ޗިލީ އިން އާޖެންޓީނާއާ އެއްވަރުކޮށްފި

Jun 4, 2021, 3:30 AM
ޗިލީ ކުޅުންތެރިއަކު ކައިރިން މެސީ ބޯޅަ ހިފައިގެންދަނީ.

ޗިލީ ކުޅުންތެރިއަކު ކައިރިން މެސީ ބޯޅަ ހިފައިގެންދަނީ.

ސަންޓިއާގޯ، އާޖެންޓީނާ (ޖޫން 4) - ވޯލްޑް ކަޕް ކޮލިފައިންގެ ދެކުނު އެމެރިކާގެ މެޗުތަކުގައި ރޭ އާޖެންޓީނާ އިން ގޯލެއް ޖަހާފައިވަނިކޮށް 1-1 އިން ޗިލީން އެއްވަރުކޮށްފި އެވެ.

މި މެޗުން މޮޅުވެގެން ދެކުނު އެމެރިކާގެ ކޮލިފައިން ގްރޫޕްގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު އާޖެންޓީނާ އަށް އޮތެވެ. އެކަމަކު އެއްވަރުވުމުން އޮތީ ދެ ވަނައިގަ އެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެގެން ބްރެޒިލް އޮތީ އެއް ވަނައިގައި 12 ޕޮއިންޓާ އެކު އެވެ. އާޖެންޓީނާ އަށް ފަސް މެޗުން ލިބުނީ 11 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް އެކުއެޑޯ އަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެ ޓީމުން ކޮލިފައިންގައި ބްރެޒިލް އަތުން މޮޅުވެގެން ތާވަލުގެ ކުރިއަށް އެރޭނެ އެވެ.

އާޖެންޓީނާ އިން ލީޑުނެގީ މެޗުގެ 23 ވަނަ މިނިޓްގައި ލިއޮނަލް މެސީ ވައްދާލި ޕެނަލްޓީންނެވެ. މިއީ އޭރިއާތެރެއިން ޗިލީގެ ގިލެރްމޯ މަރިޕަން އާޖެންޓީނާގެ ލަޓާރޯ މާޓިނޭޒަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

Advertisement

ޗިލީން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ އާޖެންޓީނާ އިން ލީޑުނެގިތާ 12 މިނިޓް ފަހުންނެވެ. ޗިލީގެ ގޯލު ކާމިޔާބުކޮށްދިނީ އަލެކްސިސް ސަންޗޭޒް އެވެ. މިއީ ގެރީ މެޑަލް ދިން ބޯޅައަކުން ސަންޗޭޒް ޖެހި ގޯލެކެވެ.

މެޗުގެ ފަހު ވަގުތު މެސީ ވަނީ އާޖެންޓީނާ މޮޅުކޮށްދިނުމާ ގާތަށް ޖެހިލައިފަ އެވެ. އޭނާ ފޮނުވާލި ބޯޅަ ޗިލީގެ ތަޖުރިބާކާރު ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މަތަކޮށްފަ އެވެ. ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ޗިލީން މި މެޗު ކުޅުނީ އާޓޫރޯ ވިޑާލް ނުލަ އެވެ.

ކޮލިފައިންގައި ރޭ ހަތަރު ވަނައިގައި އޮތް ޕެރަގުއޭ އާއި ފަސް ވަނައިގައި އޮތް އުރުގުއޭ ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އުރުގުއޭ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. އުރުގުއޭގެ ޖޮނަތަން ރޮޑްރިގޭޒް ޖެހި ގޯލު އޮފްސައިޑް ކަމަށް ނިންމިއިރު، ލުއިސް ސުއަރޭޒް ހުސްކޮށް ހުރެފައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox