އިޒްރޭލުގައި ބާރު ގަދަވަމުންދާ ނަފްތާލީ ބެނެޓްއަކީ ކާކު؟

ނަފްތާލީ ބެނެޓް.-- ފޮޓޯ: އީޕީއޭ

ނަފްތާލީ ބެނެޓް.-- ފޮޓޯ: އީޕީއޭ

އިޒްރޭލާއި ފަލަސްތީނުގެ މައްސަލައަކީ ހައްލެއް އޮތް މައްސަލައެއް ކަމަށް ނަފްތާލީ ބެނެޓް ގަބޫލެއް ނުކުރައްވަ އެވެ. އޭނާގެ އަމާޒަކީ މައްސަލަ "މެނޭޖުކޮށް" އިޒްރޭލުން ފަލަސްތީން ކޮންޓްރޯލް ކުރާނެ ދުވަހަކާ ހަމައަށް ދިޔުމެވެ.

ދީނީ އަދި ގައުމިއްޔަތު ކުރިއަރުވަން އިސްކަން ދެއްވާ ބެނެޓްއަކީ އެއް އިރެއްގައި ޔަހޫދީން އާބާދު ކުރަން ބާރު އެޅި ގްރޫޕެއްގެ ލީޑަރެވެ. މިހާރު އޭނާ ތައްޔާރުވެގެން ހުރީ އިޒްރޭލުގެ އާ ބޮޑު ވަޒީރުގެ މަގާމަށް އައުމަށެވެ. ކުރިމަގާ މެދު އޭނާ ދެކޭ ގޮތް ޔޫޓިއުބްގައި ހިއްސާ ކުރެއްވި ވީޑިއޯއަކުން ވަރަށް ސާފެވެ.

"ބައެއް ކަންކަމަކީ ދުވަހަކު ވެސް ނުވާނެ ކަންކަން. ދަ ސޮޕްރާނޯޒް (ޓީވީ ސީރީޒެއް) ގެ އާ ސީޒަނެއް ދެން ނާންނާނެ... ހަމަ އެގޮތަށް ފަލަސްތީނާއެކު ސުލްހައިގެ އެއްބަސްވުމެއް ވެސް ނުހެދޭނެ،" އެ ވީޑިއޯގެ ނެރޭޝަނުގައި ބުނެފައި ވެ އެވެ.

އެ މޭރުމުން ވީޑިއޯގައި ވާހަކަތައް ހުރި އިރު، ބެނެޓްގެ ތަސައްވުރު ހިއްސާކޮށްފައި ވެ އެވެ. ފުރަތަމަ ކަމަކީ އިޒްރޭލުން ވެރިވެ ގަނެފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ބައި ރަސްމީކޮށް އިޒްރޭލުގެ ސަރަހައްދެއް ގޮތުގައި ކަނޑައެޅުމެވެ. ބެނެޓް ވިދާޅުވާ ގޮތުގައި އެކަން ކޮންމެހެން ވެސް ކުރަން ޖެހެނީ ސަލާމަތީ ސަބަބުތަކަށްޓަކަ އެވެ. އަދި ޔަހޫދީން އެ ތަނުގައި އާބާދު ކުރުވާ، އެ ތަނުގެ ފެނުގެ ކޮންޓްރޯލް އިޒްރޭލަށް މުހިއްމު ކަމަށް ވިދާޅުވި އެވެ.

ކުރިމަގުގެ ތަސައްވުރުގެ ގޮތުގައި 2012 ވަނަ އަހަރު ބެނެޓް ނެރުއްވި އެ ވީޑިއޯގައި ވަނީ ހަތް ނުކުތާ ފާހަގަކޮށްފަ އެވެ. އެ ހުރިހާ ކަމެއްގެ ނަތީޖާއަކީ ވެސް ހުޅަނގު އައްސޭރީގައި ފަލަސްތީނު މީހުން އަޅުވެތިވުމެވެ. ފަލަސްތީނު މީހުންގެ ނަސްލު ނައްތާލަން އުޅޭ ކަމުގެ ތުހުމަތުގެ އަޑު މަޑު ކުރުމަށް އޭގެ ތެރެއިން މަދު ބަޔަކަށް އިޒްރޭލު ރައްޔިތުކަން ދޭން ބެނެޓްއަށް މައްސަލައެއް ނެތެވެ.

އޭގެ އިތުރުން ހުޅަނގު އައްސޭރި އާއި ގާޒާގައި އުޅޭ ފަލަސްތީނު މީހުންނަށް އެއްވެސް ގުޅުމެއް ބޭއްވުމުގެ ފުރުސަތު ނުދޭނެ އެވެ. އެއީ ހަމާސްއިން ކޮންޓްރޯލް ކުރާ ގާޒާގެ ހަމަނުޖެހުމާއި މައްސަލަތައް ހުޅަނގު އައްސޭރިއަށް ވަނުން ހުއްޓުވުމަށް ކަމަށް ބުނެ އެވެ.

އެ ހުށަހެޅުމުން ސާފުވާ ކަމަކީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމެވެ.

އިޒްރޭލަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ބެނެޓްގެ އެ ޕްލޭނަކީ މިހާރު ވެސް ފަލަސްތީނުގެ ހާލަތު އޮތް ގޮތެވެ. އަދި އެއީ ސުލްހައިގެ އެއްބަސްވުން ކަމަށް ބުނެ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ހުށަހެޅުއްވި އެއްބަސްވުމާ ދާދި އެއް ގޮތް ކަންކަމެވެ.

މި ވަގުތު ބޮޑު ވަޒީރު ކަމުގައި ހުންނެވި، ބެންޖަމިން ނަތަންޔާހޫ ވެސް ވިދާޅުވެފައި ވަނީ ހުޅަނގު އައްސޭރީގެ ބޮޑު ބައެއް އިޒްރޭލުގެ ދަށަށް ގެންނަން ބޭނުންވެ ވަޑައިގަންނަވާ ކަމަށެވެ. ބެނެޓްއަކީ ކުރިން ނަތަންޔާހޫގެ ޗީފް އޮފް ސްޓާފެވެ. އޭގެ އިތުރުން ނަތަންޔާހޫގެ ލިކޫދް ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި އިރު، އެޑިއުކޭޝަނާއި ޑިފެންސް މިނިސްޓަރުގެ ގޮތުގައި ސަރުކާރުގައި މަސައްކަތް ކުރެއްވި އެވެ.

އެހެންކަމުން ބެނެޓް އާއި ނަތަންޔާހޫގެ މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ބައިނަލްއަގްވާމީ ދުނިޔޭގައި ނަތަންޔާހޫ ވާހަކަ ދައްކަވަނީ ދެ ދައުލަތުގެ ހައްލެއް ބޭނުންވާކަން ދޭހަވާ ފަދަ މޭރުމަކުންނެވެ. އެއާ ހިލާފަށް ބެނެޓް ވާނީ އެކަމާ ދެކޮޅު ހަދާ ލީޑަރަކަށް ކަމަށް ބެލެވެ އެވެ.

ބެނެޓް އަދި ނަތަންޔާހޫ 2019 ގައި.-- ފޮޓޯ: އީޕީއޭ
ބެނެޓް އަދި ނަތަންޔާހޫ 2019 ގައި.-- ފޮޓޯ: އީޕީއޭ

ބެނެޓް އަދި ނަތަންޔާހޫ 2019 ގައި.-- ފޮޓޯ: އީޕީއޭ

އުމުރުން 49 އަހަރުގެ ބެނެޓް މީގެ ކުރިން ވެސް ވަނީ ފަލަސްތީނާއި ފަލަސްތީނުގެ ރައްޔިތުންނާ ގުޅޭ ގޮތުން ހަރުކަށި އިބާރާތްތަކުން ވާހަކަ ދައްކަވާފަ އެވެ.

އެގޮތުން 2013 ވަނަ އަހަރު އޭނާ ވިދާޅުވީ ފަލަސްތީނުގެ ޓެރަރިސްޓުން މިނިވަން ކުރުމުގެ ބޭނުމެއް ނެތް ކަމަށާއި އެ މީހުން ޖެހޭނީ މަރަން ކަމަށެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ބެނެޓް ވިދާޅުވީ އިޒްރޭލުގެ ސިފައިން ގެންގުޅެން ޖެހޭނީ، ކުޑަކުއްޖެއް ބޮޑު މީހެއް ބެލުމެއް ނެތި. ބަޑި ޖަހާ މެރުމުގެ ސިޔާސަތު ކަމަށެވެ.

"ގާޒާގެ ޓެރަރިސްޓުން ކޮންމެ ދުވަހަކު ބޯޑަރު ހުރަސްކޮށް އައުމުގެ ފުރުސަތެއް ނުދޭނަން. އެއީ ކުޑަކުދިންނެއް ނޫން. އެއީ ޓެރަރިސްޓުން. އަޅުގަނޑުމެން އަމިއްލަ ނަފްސުތަކަށް އޮޅުވާލުމުގެ ބޭނުމެއް ނެތް،" އޭނާ ވިދާޅުވެފައި ވެ އެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ ގޮތުގައި ހުންނެވިއިރު ބެނެޓް ވަނީ ސިފައިންނާއި އިޒްރޭލުގެ ދައުލަތަށް ފާޑުކިޔާ ގްރޫޕުތަކުން ސްކޫލުތަކަށް ވަނުމާއި ދަރިވަރުންނާ ވާހަކަ ދެއްކުން މަނާކޮށްފަ އެވެ.

ނަމަވެސް މިހާރު ފެންނަ މަންޒަރަކީ ސިޔާސީ ގޮތުން ކުރިއަށް ދިޔުމަށްޓަކައި އޭނާގެ ހަރުކަށި ވިސްނުން އެއް ފަރާތުގައި ބާއްވައިގެން އުޅޭ މަންޒަރެވެ.

ބޮޑު ވަޒީރަށް ވެވަޑައިގެންނެވުމަށް ބެނެޓް ކޯލިޝަން އެއްބަސްވުމެއްގައި ސޮއިކުރެއްވީ މައި އިދިކޮޅު ޕާޓީގެ ވެރިޔާ ޔެއާ ލެޕިދް އާ އެކު އެވެ. ލެޕިދްއަކީ ދެ ދައުލަތް ގާއިމް ކުރުމުގެ ވިސްނުމަށް ތާއީދު ކުރައްވާ ބޭފުޅަކަށް ވާތީ މީގެ ކުރިން ބެނެޓްގެ ފާޑުކިޔުން އަމާޒުވެފައި ވެ އެވެ. ފިކުރީ ގޮތުން ދެ ލީޑަރުން ތަފާތު ނަމަވެސް، ސަރުކާރެއް އެކުލަވާލުމަށް ޕާލިމެންޓުގައި ބެނެޓްގެ ޔަމީނާ ޕާޓީއަށް ލިބިފައިވާ ގޮނޑިތައް އިދިކޮޅު މައި ޕާޓީއަށް މުހިއްމެވެ. އެ ސިޔާސީ ޑީލުގެ ތެރެއިން އެކަކު އަނެކަކީ ގާތް އެކުވެރިންގެ ގޮތުގައި މިހާރު ދަނީ ސިފަ ކުރައްވަމުންނެވެ.

ނަމަވެސް އެ ޑީލާ މެދު ކަނާއަތު ފިޔައިގެ ވިސްނުމަށް ތާއީދު ކުރާ އާއްމުން މާ ހިތްހަމައެއް ނުޖެހެ އެވެ. އެއީ ގަބޫލު ކުރާ އުސޫލުތަކުގައި ކޮޅު ފައިން ޖެހުން ކަމަށް ބައެއް މީހުން ސިފަ ކުރެ އެވެ. އެ މީހުން ވަނީ ބެނެޓް އާއި އޭނާގެ އަންހެނުން އަދި ހަތަރު ދަރިން ދިރިއުޅޭ ގޭގެ ބޭރުގައި މުޒާހަރާ ވެސް ކޮށްފަ އެވެ. އެކަމާ ހެދި އޭނާގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފަ އެވެ.

ބެނެޓް ދިރިއުޅުއްވާ ގޭގެ ބޭރުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އީޕީއޭ
ބެނެޓް ދިރިއުޅުއްވާ ގޭގެ ބޭރުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އީޕީއޭ

ބެނެޓް ދިރިއުޅުއްވާ ގޭގެ ބޭރުގައި މުޒާހަރާ ކުރަނީ.-- ފޮޓޯ: އީޕީއޭ

އެމެރިކާގެ ސޭން ފްރެންސިސްކޯއިން އިޒްރޭލަށް ހިޖުރަ ކުރި ޔަހޫދީ ދެމަފިރިއެއްގެ ފިރިހެން ދަރި، ބެނެޓް ވަނީ އިޒްރޭލު ސިފައިންގެ މަތީ ޔުނިޓެއްގައި މަސައްކަތް ކުރައްވާފަ އެވެ. އޭގެ ފަހުން އޭނާ ވަނީ 2005 ވަނަ އަހަރު އެންޓި ފްރޯޑް ސޮފްޓްވެއާ ކުންފުންޏެއް 145 މިލިއަން ޑޮލަރަށް އެމެރިކާގެ ސެކުއިރިޓީ ކުންފުންޏަކަށް ވިއްކާލައިގެން މިލިއަނަރަކަށް ވެފަ އެވެ.

ބެނެޓްުގެ ސިޔާސީ ފިކުރުގެ މައިގަނޑު އަސާސަކީ އުރުދުންގެ ކޯރުން ފެށިގެން މެޑިޓެރޭނިއަން ކަނޑާ ހަމައަށް އޮތް މެދުއިރުމަތީގެ ސަރަހައްދަކީ އިޒްރޭލުގެ ފުރިހަމަ ކޮންޓްރޯލް ހިނގާ ތަންތަނަށް ހެދުމެވެ. ނަމަވެސް ލެޕިދްއާ އެކު އެކުލަވާލި ކޯލިޝަން އެއްބަސްވުމުގެ ދަށުން އެކަމާ ގުޅުން ހުރި ބޮޑު ނިންމުމެއް އަންނާނެ ކަމަކަށް ނުބެލެވެ އެވެ. އެއީ އޭރުން ކޯލިޝަން ރޫޅޭނެތީ އެވެ.

އެހެން ނަމަވެސް ޔަހޫދީން އާބާދު ކުރުން ޕްރޮމޯޓުކޮށް، ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތުމަށް ތާއީދު ކުރާތާ އެތައް އަހަރެއް ފަހުން، ބޮޑު ވަޒީރުގެ މަގާމު ލިބުމުން އަތް އުރާލައިގެން ގޮނޑީގައި އިންނަވާނެ ކަމަކަށް ވެސް ނުބެލެވެ އެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ގާޑިއަން ނޫހަށް ދެއްވި އިންޓަވިއުއެއްގައި ބެނެޓް ވިދާޅުވެފައި ވަނީ އޭނާގެ އަތުގައި ބާރު އޮތްހާ ހިނދަކު ފަލަސްތީނުގެ ދައުލަތެއް އުފެއްދުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.

"އެއީ ވާނެ ކަމެއް ނޫން. ފަލަސްތީނުގެ ދައުލަތެއް އުފެއްދުން ވާނީ ކުރިއަށް އޮތް 200 އަހަރަށް ބޮޑު މުސީބާތަކަށް،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox