ނައުޝާދުގެ ލެންސުން ރާއްޖޭގެ ރީތިކަން ފުޓްބޯޅަ ދުނިޔެ އަށް

ނައުޝާދުގެ ލެންސުން ރާއްޖޭގެ ރީތިކަން ފުޓްބޯޅަ ދުނިޔެ އަށް

ރަށުގެ ގިނަ މީހުން މުހައްމަދު ނައުޝާދު (ނަޓީ) ދަންނަނީ ކުޅިވަރަށް ޝައުގު ހުންނަ ހަރަކާތްތެރި ޒުވާނެއްގެ ގޮތުގަ އެވެ. ދިވެހި ފުޓްބޯޅައިގައި މަޝްހޫރު، އޭނާގެ އުފަން ރަށް، އދ. މަހިބަދޫގެ ފުޓްބޯޅަ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު 37 އަހަރުގެ މި ޒުވާނާގެ ވާހަކަ މިފަހަރު ދައްކަން މި އުޅެނީ އެކަމަކު ފުޓްބޯޅަ ކުޅޭތީ އެއް ނޫނެވެ.

މިއީ ނައުޝާދު އޭނާ ގެންގުޅޭ ޑީޖޭއައި މެވިކް 2 ޒޫމް ޑްރޯން އިން ނަގާ މާ ތަފާތު ފޮޓޯ ތަކަކާއި ވީޑިއޯތަކެއް ފުޓްބޯޅައިގެ ދުނިޔޭގައި މަގްބޫލުވެ، ރާއްޖޭގެ ރީތިކަމާއި ހިތްގައިމުކަން ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކޮމިއުނިޓީ ތަކާ ހަމައަށް ގެންގޮސްދިން ގޮތުގެ ވާހަކަ އެވެ.

Advertisement
ނައުޝާދު އޭނާގެ ޑްރޯން އާއި އެކު:  ފުޓްބޯޅަ އާއި ކުޅިވަރު  ތީމަކަށް ނަގައިގެން ރާއްޖޭގެ ރީތިކަން ފެންނަ ގޮތަށް އޭނާ ނަގާ ފޮޓޯ އާއި ވީޑިއޯތަކަށް ވަނީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައި
ނައުޝާދު އޭނާގެ ޑްރޯން އާއި އެކު: ފުޓްބޯޅަ އާއި ކުޅިވަރު ތީމަކަށް ނަގައިގެން ރާއްޖޭގެ ރީތިކަން ފެންނަ ގޮތަށް އޭނާ ނަގާ ފޮޓޯ އާއި ވީޑިއޯތަކަށް ވަނީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައި

ނައުޝާދު އޭނާގެ ޑްރޯން އާއި އެކު: ފުޓްބޯޅަ އާއި ކުޅިވަރު ތީމަކަށް ނަގައިގެން ރާއްޖޭގެ ރީތިކަން ފެންނަ ގޮތަށް އޭނާ ނަގާ ފޮޓޯ އާއި ވީޑިއޯތަކަށް ވަނީ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައި

"އަސްލު ފޮޓޯ ނަގަން ފެށީ ހޮބީއެއް ގޮތަށް. މިދިޔަ އަހަރުގެ ލޮކްޑައުން ފެށުނު ތަނާހެން ޑްރޯން އެއް ގަތީ. އެ ގަނެގެން އިންސްޓަގްރާމަށް ލާންވެގެން ރަށް މަތިން ފުޓްބޯޅަ ދަނޑު ފެންނަ ގޮތަށް ގަނޑެއް ނަގަން ވެގެން ދިޔައީ. ގޮއްސަ އިރު އޮއްސެމުންދިޔަ ވަގުތާ ވެސް ދިމާވީމަ ހިތަށް އެރީ ސަންސެޓާއި ބީޗާއި ދަނޑު އަރާ ގޮތަކަށޭ ނަގާނީ. އެންމެ ފުރަތަމަ ރާއްޖެއިން ބޭރުގެ ބަޔަކު ފީޗާކުރި ފޮޓޯ އަކީ އެއީ،" އިންސްޓަގްރާމާއި ޓުވިޓާ އަދި ފޭސްބުކް ފަދަ ޕްލެޓްފޯމްތަކުގައި މިލިއަނުން މީހުން ފޮލޯކުރާ ފުޓްބޯޅަ އާއި ކުޅިވަރު ޕޭޖުތަކާއި ހަމައަށް އޭނާގެ ފޮޓޯ އާއި ވީޑިއޯ އާންމުވެގެން ދިޔަ ގޮތް ނައުޝާދު ކިޔައިދިނެވެ.

އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓު ކުރި މި ފޮޓޯ އެއް ފުރަތަމަ ފާހަގަކުރީ އިންސްޓާގައި ސްޓޭޑިއަމްތަކުގެ ފޮޓޯ އާއި ވީޑިއޯ ފީޗާކުރާ ޕޭޖަކުންނެވެ. އޭގެ ދެ ދުވަސް ފަހުން ހަމަ އެ ފޮޓޯ ފީޗާ ކުރަން ބޭނުންވެގެން އޭނާ އަށް ކޮންޓެކްޓް ކުރީ ދުނިޔޭގެ އެކި ހިސާބުތަކުން އެތައް މިލިއަން މީހުންނެއް ފޮލޯކުރަމުން އަންނަ އިންސްޓަގްރާމްގައި މަޝްހޫރު "433" ފުޓްބޯޅަ ކޮމިއުނިޓީގެ އޮފިޝަލް ޕޭޖުންނެވެ. އެހާ ހިސާބުން ނައުޝާދުގެ ވީޑިއޯ ތަކާއި ފޮޓޯތަކަށް ބޮޑު ސަމާލުކަމެއް ލިބި ކުޅިވަރުގެ މަޝްހޫރު ބޮޑެތި ޕޭޖުތަކުގައި އޭނާ ނަގާ ފޮޓޯ އާއި ވީޑިއޯ ވައިރަލް ވާން ފެށި އެވެ.

ނައުޝާދު ބުނީ، 37.7 މިލިއަން ފޮލޯކުރާ "433" އިން އޭނާގެ ފޮޓޯ ތަކާއި ވީޑިއޯތައް ފީޗާކުރަން ފެށި ފަހުން ދުނިޔޭގެ އެންމެ ބޮޑެތި ފުޓްބޯޅަ ކޮމިއުނިޓީތަކުން ވެސް އެ ފޮޓޯތަކާއި ވީޑިއޯ ތައް ރީތިވެގެން ފީޗާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ޕޭޖާއި ބީއާރް ފުޓްބޯލް އާއި އޯމައިގޯލް ފަދަ މަޝްހޫރު ޕޭޖުތައް ވެސް ހިމެނެ އެވެ.

ދުނިޔޭގެ ކުޅިވަރު ކޮމިއުނިޓީތަކުން ރާއްޖޭގެ ރީތިކަމަށް އެތައް ތައުރީފެއް!

ނައުޝާދުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލްވެ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ އޮފިޝަލް ޓުވިޓާ އިން ވެސް ވަނީ ރާއްޖޭގެ ގުދުރަތީ ރީތި ކަމަށް ތައުރީފުކޮށްފައި އޭނާގެ ވީޑިއޯ އެއް ޓުވީޓުކޮށްފަ އެވެ.

"އަސްލު މީގެ އެންމެ ހާއްސަ ކަމަކީ މިއީ. މިއީ މިލިއަނުން މީހުން ފޮލޯކުރާ ޕޭޖުތަކަކަށް ވާތީ އެ ވީޑިއޯތައް އެގޮތަށް ފެނުނީމަ ވަރަށް ގިނަ މީހުން އެބަ އެޕްރޯޗްކުރޭ އަޅުގަނޑަށް ރާއްޖެއަށް އަންނަން ބޭނުންވެގެން. އަޅުގަނޑު ދެކޭ ގޮތުގަ މިއީ މަހިބަދޫ އަށް ވެސް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝާ އެއް. އަދި ހަމަ އެކަނި މަހިބަދޫ އަކަށް ނޫން. މުޅި ރާއްޖެއަށް ވެސް،" ނައުޝާދު ބުންޏެވެ.

އޭނާ ބުނީ ފޮޓޯ އާއި ވީޑިއޯތައް ލާން ފެށި ފަހުން ދުނިޔޭގެ ބޮޑެތި ކުޅިވަރު ކޮމިއުނިޓީ ތަކާއި ކުޅިވަރުގެ ދާއިތރާގައި އުޅޭ މީހުންނާއި ވަރަށް ގާތް ގުޅުމެއް އުފެދިއްޖެ ކަމަސެވެ. މިހާރުވެސް 433 އިން އޭނާ އަށް ކޮންޓެކްޓް ކޮށްގެން ރާއްޖެ އަށް އަންނަން ދަތުރެއް ޕްލޭންކޮށްފައި އޮތް ކަމަށް ވެސް ބުންޏެވެ.

"ހަމަ އެކަނި 433 އެއް ވެސް ނޫން. އެކަމަކު އެމީހުންގެ ޓްރިޕް މިހާރު ފައިނަލް. އެކަމަކު ސީދާ ޑޭޓެއް ނޭނގެ އަދި. މިނިސްޓަރު މަހުލޫފްގެ ސަމާލުކަމަށް ވެސް އެކަން ގެނެސްފަ ވާނެ މިހާރު. ދެން ޔޫރަޕްގެ ޓީމްތައް ތަންތަނަށް ފޮނުވާ ފަރާތްތަކުން ވެސް އަޅުގަނޑަށް ޑައިރެކްޓް ކޮންޓެކްޓް ކޮށްފަ އެބަހުރި ރާއްޖެއަށް އަންނަން."

އޭނާ ބުނީ އެގޮތަށް ރާޢްޖެ އަށް އަންނަން ބޭނުންވެގެން މީހުން މީހުން ކޮންޓެކްޓް ކުރަން ފެށުމުން ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި ފުޅާކުރެވިދާނެ ކަމަށް ގަބޫލުކުރެވެން ފެށި ކަމަށެވެ. އެހެންވެ މިހާރު މަސައްކަތް ކުރަނީ ވީހާވެސް ބޮޑަށް ކުޅިވަރު ކޮމިއުނިޓީ ރާއްޖެއަށް ޝައުގުވެރި ކުރެވޭނެ ކޮންޓެންޓް ކުރިއަށް އޮތް ތަނުގައި އުފެއްދުމަށް ކަމަށެވެ.

"މިހާރު ޓާގެޓަކީ ފުޓްބޯޅަ އާއި ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ރީތިކަން ވީހާވެސް ބޮޑަކަށް ދެއްކުން. މިހާ ބޮޑު ތަރުހީބެއް ލިބުނީމަ ޔަގީން ވެއްޖެ އެކަން ވެދާނެ ކަން،" މަހިބަދޫ ޓީމަށް ފުރަަތަމަ ޑިވިޝަނުގައި ކުޅެފައިވާ ނައުޝާދު ބުންޏެވެ.

އޭނާ ބުނީ ކުރިއަށް އޮތްތަނުގައި މަހިބަދޫގެ އިތުރުން ރާއްޖޭގެ އެކި ހިސާބުތަކުގެ ރީތި ތަންތަން ޝޫޓް ކުރަން ބޭނުންވާ ކަމަށެވެ. އަދި އެ ތަންތަނުގައި ކުޅިވަރަށް ޝައުގު ހުންނަ މީހުންގެ ސަމާލުކަން ދަމައިގަނެވޭ ގޮތަށް ރީތި ޝޮޓްތަކެއް ނަގަން އޭނާ ވިސްނަ އެވެ.

"އަމިއްލަ ލޯންޗެއް އޮންނާތީ އެކަން ތަންކޮޅެއް ފަސޭހަވާނެ ކަމަށް މި ބަލަނީ. މިހާރު ވެސް މަހިބަދޫ ކައިރީގައި ހުރި ބައެއް ތަންތަނުގައި ވީޑިއޯ ތަކެއް ނަގާފައި ހުންނާނެ،" ނައުޝާދު ބުންޏެވެ.

"މިވަގުތު ދަތި ކަމަކަށް އޮތީ ބޮޑު ޕެންޑެމިކެއްގައި އަޅުގަނޑުމެން ތާށިވެފައި އޮތް އޮތުން. އިރާދަކުރެއްވިއްޔާ މިހާރަށް ވުރެ ފުޅާކޮށް މިކަން ކުރުމުގެ އަޒުމް އެބަހުރި."

މަހިބަދޫ އަކީ، ގޯލްކީޕަރު އިމްރާން މުހައްމަދާއި ފޯވާޑް އަހުމަދު ތޯރިގް (ޓޮމް) ފަދަ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފައްދާފައިވާ ރަށެކެވެ. އެ ކުޅުންތެރިން ވަނީ ރާއްޖެ އަށް ފުޓްބޯޅައިން ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެ ރަށުން މިހާރު ވިދާލާފައިވާ ނައުޝާދު އެ އަންނަނީ ފުޓްބޯޅަ އާއި ކުޅިވަރުގެ ތެރެއިން ރާއްޖެ އަށް ބައިނަލްއަގްވާމީ މުޖުތަމައުގެ ސަމާލުކަން ހޯދައިދޭން ބުރަކޮށް މަސައްކަތްކުރަމުންނެވެ.

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox