އަރަބިންގެ ތާއީދާއެކު އިޒްރޭލުގެ އާ ބޮޑު ވަޒީރަކަށް ބެނެޓް

އިޒްރޭލުގެ އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް.-- ފޮޓޯ: އީޕީއޭ

އިޒްރޭލުގެ އާ ބޮޑު ވަޒީރު ނަފްތާލީ ބެނެޓް.-- ފޮޓޯ: އީޕީއޭ

އިޒްރޭލުގައި 12 އަހަރު ވަންދެން ވެރިކަން ކުރެއްވި ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމުމަކަށް ގެނެސް، އާ ބޮޑު ވަޒީރަކަށް ނަފްތާލީ ބެނެޓް ހަމަޖައްސަން އިދިކޮޅު ޕާޓީތަކުން އެއްބަސްވެއްޖެ އެވެ.

މައި އިދިކޮޅި ޔެޝް އަތީދް ޕާޓީގެ ލީޑަރު ޔެއާ ލެޕިދް އިއުލާނު ކުރެއްވި ކޯލިޝަން ސަރުކާރުގައި ހިމެނެނީ އަށް ޕާޓީ އެވެ. ޕާޓީތަކުގެ މެދުގައި އެކުލަވާލި އެއްބަސްވުމުގެ ދަށުން ދައުރުގެ ފުރަތަމަ ދެ އަހަރު ވެރިކަން ކުރައްވާނީ ޔަމީނާ ޕާޓީގެ ވެރިޔާ ނަފްތާލީ ބެނެޓް އެވެ. އޭގެ ފަހުން ބާކީ ދެ އަހަރު ބޮޑު ވަޒީރަކަށް ހުންނަވާނީ ލެޕިދް އެވެ.

އާ ސަރުކާރު ރަސްމީކޮށް ހުވާކުރުމުގެ ކުރިން ޕާލިމެންޓުގައި ވޯޓަށް އަހާ ރުހުން ހޯދަން ޖެހެ އެވެ.

ލެޕިދް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޕާޓީތަކުން ކޯލިޝަން ސަރުކާރެއް ހަދަން އެއްބަސްވުމަކަށް އައިކަން ރައީސް ރޫވެން ރިވްލިންއަށް އަންގަވާފައިވާ ކަމަށެވެ.

އިޒްރޭލުގެ މީޑިއާއިން ދައުރު ކުރަމުންދާ ފޮޓޯއަކުން ފެންނަނީ ލެޕިދް އާއި ބެނެޓް އަދި އަރަބި އިސްލާމިސްޓް ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރައްވަނިކޮށެވެ.

އައްބާސް ވިދާޅުވީ އެއްބަސްވުމަކަށް އައީ ވަރަށް ގިނަ ދެބަސްވުން ހުރި ކަންކަމާ މެދު މަޝްވަރާ ކުރުމަށް ފަހު ކަމަށާއި މި ކޯލިޝަނުގެ ސަބަބުން އިޒްރޭލުގެ އަރަބި ރައްޔިތުންނަށް ފައިދާވާނެ ކަމަށެވެ.

ރައީސް ރިވްލިން ވަނީ ވީ އެންމެ އަވަހަކަށް ޕާލިމެންޓުގެ ބައްދަލުވުމެއް ބާއްވާ ކޯލިޝަން ސަރުކާރަށް ރުހުން އޮތްތޯ ބެލުމަށް ވޯޓަށް އެހުމަށް އަންގަވާފަ އެވެ.

ޖުމްލަ 120 މެމްބަރުން ހިމެނޭ ޕާލިމެންޓު ނެއްސެތުން ރުހުން ނުލިބިއްޖެ ނަމަ އަނެއްކާވެސް ޖެހޭނީ އާއްމު އިންތިހާބެއް ބާއްވާށެވެ. އެ އިންތިހާބު ވެގެން ދާނީ ދެ އަހަރު ތެރޭ ބާއްވާ ފަސްވަނަ އިންތިހާބަށެވެ.

ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކަކީ ތަފާތު ވިސްނުންތަކުގެ ޕާޓީތައް ނަމަވެސް ހުރިހާ ޕާޓީއަކުން ވެސް އެއްބަސްވަނީ ނަތަންޔާހޫ މަގާމުން ދުރު ކުރަން ޖެހޭ ކަމަށެވެ. އަށް ޕާޓީގެ ބައިވެރިވުމާއެކު ޕާލިމެންޓުގެ މެޖޯރިޓީ ކޯލިޝަނަށް ލިބެ އެވެ.

މިދިޔަ މާޗް މަހު އޮތް އާއްމު އިންތިހާބުން އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނީ ނަތަންޔާހޫގެ ލިކޫދް ޕާޓީއަށެވެ. ނަމަވެސް ސަރުކާރެއް ހެދޭ ވަރަށް ގޮނޑި ކާމިޔާބު ނުވުމުން ކޯލިޝަން ހެދުމުގެ ފުރުސަތު ރައީސް ދެއްވި އެވެ. އެކަމަކު އެއްވެސް ޕާޓީއަކުން ނަތަންޔާހޫއާ ބައިވެރިއެއް ނުވި އެވެ.

އެހެންވެ، ރައީސް ރިވްލިން ވަނީ ކޯލިޝަން ހެދުމުގެ ދުރުސަތު ދެ ވަނައަށް އެންމެ ގިނަ ގޮނޑި ހޯދި ޔެޝް އަތީދް ޕާޓީއަށް ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox