ވަކި މަޝްރޫއުތަކުން އިންކަމް ޓެކްސް ނުނެގުމުގެ ބާރު ރައީސަށް ދެނީ

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވަނީ. -ފޮޓޯ: ރައީސް އޮފީސް

ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނޫނީ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ އިބްތިދާއީ ބަހުސް ފަށައިފި އެވެ.

ސަރުކާރުގެ ފަރާތުން ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރު ހުށަހެޅުއްވި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ޖުމްލަ 53 އިސްލާހު ގެންނަން ހުށަހަޅާފައިވާ އެ ބިލުގައި އިސްތިސްނާވާ އާމްދަނީގެ މާއްދާގެ ދަށަށް ޓެކްސް ދެކުމުން ދެވޭ ހާއްސަ އިސްތިސްނާގެ މާއްދާއެއް އިތުރުކުރަން ވަނީ ހިމަނައިފަ އެވެ.

ވަކި ވިޔަފާރި މަޝްރޫއުތަކަކުން ނޫނީ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ނެގުމުން އިސްތިސްނާކުރުމުގެ އިހުތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށާއި އެ ދާއިރާތައް ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންކަމަށް ބަޔާންކޮށްފައިވެ އެވެ.

އަދި އެގޮތުން ކަނޑައެޅޭ މަޝްރޫއުތަކާއި ދާއިރާތައް، ޓެކްސް ނެގުމުން އިސްތިސްނާކުރާ މުއްދަތު ބަޔާންކޮށް ގެޒެޓު ކުރަންވާނެކަމަށް ބުނެފައިވެ އެވެ.

ނަމަވެސް، އެފަދަ އިސްތިސްނާއެއް ދިނުމުގެ ކުރިން، ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރާއި، އިގުތިސޯދީ އަދި އިޖުތިމާއީ ގޮތުން ލިބޭނެ ގެއްލުމާއި ފައިދާއަށް ރިއާއަތްކުރަންޖެހޭނެ ކަމަށް ބިލުގައިވެ އެވެ.

މީގެ އިތުރުން، އިސްތިސްނާ ހޯދުމަށް އެދި ހުށަހެޅުމާއި ފުރިހަމަ ވާންޖެހޭ ޝަރުތުތައް ހިމެނޭ އުސޫލެއް ފިނޭންސް މިނިސްޓްރީން ތައްޔާރުކުރަންޖެހޭއިރު، އެފަދަ އިސްތިސްނާއެއް ދެވޭ ފަރާތްތައް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އޮޑިޓު ކުރަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަދި އެގޮތަށް އިންކަމް ޓެކްސް މާފު ކޮށްދޭ ފަރާތަކުން ސައްހަ ނޫން މައުލޫމާތެއް ދިނުން، މަޝްރޫއު ހުއްޓާލުން ނޫނީ އެ ލުއި ދިން މަގުސަދު ހާސިނުވުން ފަދަ ހާލަތެއްގައި އެ ގޮތަށް ދެވޭ އިސްތިސްނާއެއް ބާތިލު ކުރުމުގެ އިހުތިޔާރު ރައީސަށް ލިބިގެންވާކަމަށް ބުނެފައިވެ އެވެ.

ރައީސް އާއި ނައިބު ރައީސްގެ އެހެން އިނާޔާތްތައް

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އެ އިސްލާހުގައި ގާނޫނުގެ އިސްތިސްނާވާ އާމްދަނީގެ ގޮތުގައި އިތުރު މާއްދާތަކެއް ހިމަނާފައިވެ އެވެ.

އެގޮތުން، އިތުރުކޮށްފައިވަނީ އުޖޫރައިގެ ގޮތުގައި ލިބޭ ފައިސާ ނޫން އެހެން އިނާޔަތްތަކާއި މަންފާ އެވެ.

އޭގެ ތެރޭގައި ރައީސާއި ނައިބު ރައީސަށް ދައުލަތުން ހަމަޖައްސައިދޭ ގެކޮޅަށް ދައުލަތުން ކުރާ ހަރަދު އެ ދެ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ އާމްދަނީގެ ގޮތުގައި ނުހިމަނަން ވެސް ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން، ރައީސަށް ހާއްސަކުރެވޭ ކ. އަތޮޅު އާ ރަށަށް ކުރާ ހަރަދު ވެސް އެ ގާނޫނުން އިސްތިސްނާކޮށްފައިވާ އިނާޔަތްތެއްގެ ގޮތުގައި އެ އިސްލާހުގައިވެ އެވެ.

ރައީސާއި ނައިބު ރައީސްގެ އިތުރުން ރާއްޖޭން ބޭރުގައި ވަޒީފާއަދާ ކުރާ ޑިޕްލޮމެޓުންނަށް މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ސަބަބުން ލިބޭ އިނާޔަތަށް ވެސް އިންކަމް ޓެކްސް ނުހިނގާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

އަދި ސަލާމަތީ ހިދުމަތްތަކުން ހިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭ ފަރާތަކަށް ސެކިޔުރިޓީ ދިނުމަށް ދާ ހަރަދަކީ އެ ބޭފުޅަކަށް ލިބޭ އިނާޔަތެއްގެ ގޮތުގައި ނުހިމަނަން ހުށަހަޅާފައިވެ އެވެ.

ބިލު ހުށަހަޅުއްވަމުން ޒާހިރު ވިދާޅުވީ މި ބިލްގެ ބޭނުމަކީ 2019 ވަނަ އަހަރު ފާސްކުރި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްލާހު ކުރުމަށާއި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތައް ދައްކަން ޖެހޭ ބޭންކް ކޮމިޝަނާއި އިންޓަކަނެކްޝަން ޗާޖާ އަދި ރީއިންޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުން އިސްތިސްނާ ކުރުން ކަމަށެވެ.

އަދި މިހާރު އޮތް ގާނާނުގެ ދަށުން ޓެކްސް ނެގުމުގައި ދިމާވާ ދަތިތައް ހައްލުކޮށް އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމުގައި ދިމާވާ ދަތިތައް ހައްލުކޮށް ނިޒާމު އިތުރަށް ހަރުދަނާކުރުމަކީ ވެސް އިސްލާހު ހުށަހެޅުއްވި ބޭނުމެއް ކަމަށް ޒާހިރު ވިދާޅުވި އެވެ.

ރާއްޖެއަށް އިންކަމް ޓެކްސްގެ ނިޒާމެއް ގެންނަން ގާނޫނެއް ވުޖޫދުކުރީ 2019 ވަނަ އަހަރުގެ ފަހު ކޮޅެވެ.

އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން، މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން އެ ޓެކްސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ.

އެގޮތުން މަހަކު 60،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ ލިބޭ މީހުން އެ އަދަދުގެ 5.5 ޕަސެންޓް ފައިސާ ދައުލަަތައް ދައްކަން ޖެހެ އެވެ. އަދި 100،000 ރުފިޔާއާއި 150،000 ރުފިޔާއާ މެދުގެ އާމްދަނީން އަށް ޕަސެންޓް ނަގާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox